އެޗްބީއޯގެ މަޝްހޫރު ސީރީޒް "ހައުސް އޮފް ދަ ޑްރެގަން"ގެ ތިންވަނަ ސީޒަން ރިލީޒްކުރާ ތާރީހު އިއުލާންކޮށް، ޓްރެއިލާ އިއްޔެ އާންމުކޮށްފި އެވެ.
އެ ސީރީޒްގެ ތިންވަނަ ސީޒަން ސްޓްރީމް ކުރަން ފަށަނީ އަންނަ ޖޫން މަހު 21 ވަނަ ދުވަހު އެވެ. އަދި ޖުމްލަ އަށް އެޕިސޯޑު ގެނެސްދޭނެ އެވެ.
ރިޕޯޓްތައް ބުނި ގޮތުގައި، މި ސީޒަން ސިފަކޮށްފައި ވަނީ ކުރީގެ ސީޒަންތަކަށް ވުރެ ބޮޑު އަދި ވަރުގަދަ ކުރިމަތިލުންތަކެއް ފެންނާނެ ސީޒަނެއްގެ ގޮތުގަ އެވެ. އަދި ވާހަކަ ކުރިއަށް ގެންދާނީ ރާނީ ރެނޭރިއާ ޓާގޭރިއަން އާއި އޭމަންޑް ޓާގޭރިއަންއާ ދެމެދު އޮތް ބާރުތައް ހޯދުމުގެ ބޮޑު ހަނގުރާމަ ނުވަތަ "ޑާންސް އޮފް ދަ ޑްރެގަންސް"ގެ ތެރެއިންނެވެ.
މި ސީޒަނުގައި އަލަށް ފެންނާނެ މުހިންމު އެކްޓަރުންގެ ތެރޭގައި އޯމަންޑް ހައިޓަވާގެ ރޯލުން ޖޭމްސް ނޯޓަން އާއި ސަ ލޫތާ ލާޖެންޑުގެ ރޯލުން ޓޮމް ކަލަން ހިމެނެ އެވެ.
މި ސީޒަންގެ ޝޫޓިން ކުރިއަށް ގެންގޮސްފައި ވަނީ މިދިޔަ އަހަރު މާޗު މަހުން ފެށިގެން އޮކްޓޯބަރުގެ ނިޔަލަށެވެ. އަދި މިހާރު ވަނީ ހަތަރުވަނަ ސީޒަންގެ މަސައްކަތްތައް ވެސް ފަށައިފަ އެވެ.
ތިންވަނަ ސީޒަންގެ މުހިންމު ރޯލުތަކުން ފެންނާނީ އެމާ ޑާސީ، މެޓް ސްމިތު، އޮލިވިއާ ކުކް، ސްޓީވް ޓޫސަންޓް، ރީސް އިފާންސް، ފޭބިއަން ފްރޭންކަލް، އީވާން މިޗެލް، ޓޮމް ގްލިން-ކާނީ، ސޮނޯޔާ މިޒޫނޯ، ހެރީ ކޮލެޓް، ބެތަނީ އެންޓޮނިއާ، ފީބީ ކޭމްޕްބެލް، ފިއާ ސަބަން، ޖެފަސަން ހޯލް، މެތިއު ނީދަމް، ޓޮމް ބެނެޓް، ކިއެރަން ބޭވް، ކާޓް އެޖިއަވަން، ފްރެޑީ ފޮކްސް، ކްލިންޓަން ލިބަޓީ، ގޭލް ރެންކިން އަދި އަބޫބަކުރު ސަލީމެވެ.
މި ސީރީޒަކީ އިނގިރޭސި ވާހަކަ ލިޔުންތެރިޔާ ޖޯޖް އާރު އާރު މާޓިންގެ "ފަޔާ އެންޑް ބްލަޑް" ވާހަކައިގެ މައްޗަށް ބިނާކޮށް އުފައްދާފައިވާ، "ގޭމް އޮފް ތްރޯންސް"ގެ 200 އަހަރު ކުރިން ހިނގި ކަންކަން ދައްކާ ސީރީޒެކެވެ.