ބޮލީވުޑްގެ ތަރި ސުނިލް ޝެޓީގެ ދަރިފުޅު އަހާން ޝެޓީ، ބިރުވެރި ފިލްމު ފްރެންޗައިޒް "1920"ގެ އާ ފިލްމު "1920: ކޯލްޑް ވިންޓާ"ގެ މަސައްކަތަށް ތައްޔާރުވަމުން އަންނަ ކަމަށް ރިޕޯޓުތައް ބުނެފި އެވެ.
މިއީ އަހާން ބިރުވެރި ފިލްމެއް ކުޅޭނެ ފުރަތަމަ ފަހަރެވެ.
ފިލްމްފެއާގެ ރިޕޯޓެއްގައި ބުނީ މަޝްހޫރު ޑައިރެކްޓަރު ވިކްރަމް ބަޓް ޑައިރެކްޓްކުރާ އަދި އާނަންދު ޕަންޑިތު ޕްރޮޑިއުސްކުރާ މި ފިލްމުގެ ޝޫޓިން ވަރަށް އަވަހަށް ފެށުމަށް ހަމަޖެހިފައިވާ ކަމަށެވެ.
އެ ފިލްމުގެ މަންޒަރުތައް އިންޑިއާގެ ޝިމްލާގެ އިތުރުން ސްކޮޓްލޭންޑް ކަހަލަ ގައުމުތަކުގައި ނެގުމަށް ނިންމާފައިވާ ކަމަށް ވެސް އެ ރިޕޯޓުގައި ބުންޏެވެ.
އަހާން ބޮލީވުޑަށް ތައާރަފުވީ ލޯބީގެ އެކްޝަން ފިލްމު "ތަޑަޕް" އިންނެވެ. އޭގެ ފަހުން އޭނާ ވަނީ "ބޯޑަރު 2" ކަހަލަ ބޮޑެތި އެކްޝަން ފިލްމުތަކުގައި މަސައްކަތްކޮށްފަ އެވެ.
ރިޕޯޓުތައް ބުނި ގޮތުގައި، އަހާން ބޭނުންވަނީ އެއް ވައްތަރެއްގެ ރޯލުތައް ކުޅުމުގެ ބަދަލުގައި، ތަފާތު ޖޯންރާތަކުގެ ފިލްމުތަކުން އޭނާގެ އެކްޓިންގެ ހުނަރު ދައްކާލުމަށެވެ.
މި ފިލްމަކީ 2008 ވަނަ އަހަރު ފެށި ކާމިޔާބު "1920" ފްރެންޗައިޒްގެ ހަވަނަ ފިލްމެވެ.
ފިލްމުގެ ޓީމުން މިހާރު އަންނަނީ އަހާންއާ އެކު ލީޑު ރޯލު ކުޅޭނެ އެކްޓްރެސްއަކު ހޯދުމުގެ މަސައްކަތް ވެސް ކުރަމުންނެވެ.