އެމެރިކަން އައިޑޮލް ސީޒަން 16 ޕްރިމިއާ ކުރާނީ މާޗް 11 ގައި

މި ފަހަރު ޖަޖުންގެ ތެރޭގައި ހިމެނެނީ ކޭޓީ، ލައިނަލް ރިޗީ އަދި ލޫކް ބްރަޔަން.

އާންމުންގެ މެދުގައި ވަރަށް މަގުބޫލު ޝޯއެއް ކަމަށްވާ އެމެރިކަން އައިޑޮލްގެ ސީޒަން 16 މާޗް މަހުގެ 11 ގައި ފަށާނެކަން އިއުލާނުކޮށްފި އެވެ.


ޝޯގެ ހޯސްޓް ރަޔަން ސީކްރެސްޓް ބުނީ މާޗް 11 ގައި ޝޯ ދައްކަން ފެށުމުގެ އެންމެ ފަހުގެ ތައްޔާރީތައް މިހާރުވަމުން އަންނަ ކަމަށާއި ޝޯއާ އެކު އަނެއްކާ ވެސް ބެލުންތެރިންނާ ބައްދަލު ކުރެވޭތީ ވަރަށް އުފަލުން ހުރި ކަމަށެވެ.

ފްރެމެންޓަލް މީޑިއާގެ ރިއަލިޓީ ޝޯ އެމެރިކަން އައިޑޮލް މިހާތަނަށް ގެނެސް ދިނީ ފޮކްސް އިން ކަމަށް ވިޔަސް 16 ވަނަ ސީޒަނާ އެކު ކުރިއަށް އޮތް އަނެއް ސީޒަން ވެސް ބެލުންތެރިންނާ ހަމައަށް ގެނެސް ދޭނީ އޭބީސީ ނެޓްވާކުންނެވެ. އެހެންވެ ކުރިއާ ހިލާފަށް ޝޯއިން ބެލުންތެރިން ގަޔާވާނެ ކަހަލަ ބައެއް ބަދަލުތައް ފެންނާނެ ކަމަށް ގަބޫލުކުރެވެ އެވެ.

އެމެރިކަން އައިޑޮލް 16 ގަ ޖަޖުންގެ ތެރޭގައި ހިމެނެނީ ކޭޓީ ޕެރީ، ލައިނަލް ރިޗީ އަދ ލޫކް ބްރަޔަން އެވެ. މިދިޔަ އަހަރު ބޭއްވި ސީޒަން 15 ގެ ޖަޖުންނަކީ ޖެނިފާ ލޮޕޭޒް، ކެއިތު އާބަން އަދި ހެރީ ކޮނިކް ޖޫނިއާ އެވެ.

އެމެރިކަން އައިޑޮލްގެ ސީޒަން 15 ކާމިޔާބުކޮށްފައި ވަނީ ޓްރެންޓް ހާމަން އެވެ.

އައިޑޮލް ފްރެންޗައިޒް މިހާރު ދުނިޔޭގެ ވަރަށް ގިނަ ގައުމުތަކުގައި ބާއްވާ އިރު، އޭގެ ތެރޭގައި ރާއްޖެ ވެސް ހިމެނެ އެވެ. ރާއްޖޭން މިހާރު ތައްޔާރުވަމުން އަންނަނީ މޯލްޑިވިއަން އައިޑޮލް ސީޒަން ތިނެކަށެވެ.