ޖޫލާން: އޭނާގެ ވާހަކަ ބޮޑު ސްކްރީންގައި ކިޔައި ދޭން ވަނީ ނިންމާފައި.
20 މެއި 2018 - 08:00
އެކި މީސްމީހުންގެ ހަޔާތާ ގުޅޭ ފިލްމުތައް އުފެއްދުމުގެ ފޯރި ބޮލީވުޑްގައި ގަދަވެފައި ވާއިރު، އިންޑިއާގެ މަޝްހޫރު އަންހެން ކްރިކެޓް ކުޅުންތެރިއެއްގެ ހަޔާތަށް ބިނާކޮށް ވެސް ފިލްމެއް ހަދަން ނިންމައިފި އެވެ.
މި ފަހުން ކުޅިވަރު ޝަހުސިއްޔަތުންގެ މައްޗަށް ހެދި ފިލްމްތަކުގެ ތެރޭގައި ކްރިކެޓް ކުޅުންތެރިޔާ އެމްއެސް ދޯނީގެ ވާހަކަ ކިޔައި ދިން އަދި ސުޝާންތު ސިންގް ރާޖްޕޫތު ޓައިޓްލް ރޯލް ކުޅުނު "ދި އަންޓޯލްޑް ސްޓޯރީ" އާއި ޕްރިޔަންކާ ޗޯޕްޅާ އަންހެން ބޮކްސިން ތެޅުންތެރިޔާ "މޭރީ ކޮމް" ގެ ރޯލް ކުޅުނު ފިލްމާއި އިމްރާން ހާޝިމީ އިންޑިއާގެ ކުރީގެ ކްރިކެޓް ކެޕްޓަން މުހައްމަދު އަޒްހަރުއްދީންގެ ރޯލް ކުޅުނު "އަޒްހަރް" ފާހަގަކޮށްލެވެ އެވެ.
މި ފަހަރި ބޮޑު ސްކްރީނަށް ގެންނަން ނިންމާފައިވާ އަންހެން ކްރިކެޓް ކުޅުންތެރިޔަކީ ޖޫލާން ގޮސްވާމީ އެވެ. އޭނާ އަށް ބިނާކޮށް ފިލްމެއް ހަދާކަން މަޝްހޫރު ފިލްމް ކްރިޓިކް ތަރަން އަދާޝް ކުރި ޓްވީޓެއްގައި ވަނީ ހިއްސާކޮށްފަ އެވެ. އެ ޓްވީޓްފގައި އޭނާ ބުނީ ޖޫލާންގެ ބައޮޕިކް ހަދަނީ ދުނާމިސް އެންޓަޓައިންމަންޓާއި ސޮނީ ޕިކްޗާޒުން ކަމަށެވެ.
Fresh from the success of #PadMan and #102NotOut, Sony Pictures International Productions India acquires rights for a biopic on legendary cricketer Jhulan Goswami... Sony will develop and produce #JhulanBiopic in partnership with Dunamis Entertainment. pic.twitter.com/CwW0nqIetF
— taran adarsh (@taran_adarsh) May 17, 2018
ތަރަންގެ ޓްވީޓް.
އެކަމަކު ފިލްމާ އިތުރު ތަފުސީލެއް ހާމައެއް ނުކުރެ އެވެ. ގިނަ ބަޔަކު މިހާރު އެންމެ ބަލަން ބޭނުން ވާނީ ޖޫލާންގެ ރޯލް ކުޅެނީ ކޮން ބަތަލާއަކުތޯ އެވެ.
ބާބުލްގެ ނަމުން މަޝްހޫރު އުމުރުން މިހާރު 35 އަހަރުގެ ޖޫލާންއަކީ 2007 ގައި ބޭއްވި އައިސީސީގެ އަންހެން ކްރިކެޓް މުބާރާތުގައި ވިމެންސް ޕްލެޔާ އޮފް ދި އިޔާގެ މަގާމާއި 2011 ގައި ބޭއްވި ޗިދަންބަރަމް ކްރިކެޓް މުބާރާތުގެ އެންމެ މޮޅު އަންހެން ކުޅުންތެރިޔާ ވެސް މެ އެވެ.
އިންޑިއާގެ އަންހެން ކްރިކެޓަށް ޖޫލާން ކުރަމުން އަންނަ ހިދުމަތްތަކުގެ އަގު ވަޒަންކޮށް އިންޑިއާ ސަރުކާރުން ވަނީ 2012 ގައި އޭނާ ޕަދްމާ ޝްރީ އެވޯޑް ވެސް ދީފަ އެވެ.
ބޮލީވުޑްގައި ކުރިއަށް ހުރި ކުޅިވަރު ބައޮޕިކްތަކުގެ ތެރޭގައި އިންޑިއާ އަށް 1947 ގައި މިނިވަންކަން ލިބުމަށް ފަހު، 1948 ގައި ބޭއްވި ކްރިކެޓް ވޯލްޑް ކަޕް ކާމިޔާބު ކުރި ހާދިސާ ކިޔައިދޭ ފިލްމް "ގޯލްޑް" އާއި 1983 ގައި އިންޑިއާ އިން ކްރިކެޓް ވޯލްޑް ކަޕް ކާމިޔާބު ކުރި ހާދިސާ ހިމަނައިގެން ގެނެސްދޭ ފިލްމް "83" އާއި މަޝްހޫރު އަންހެން ބެޑްމިންޓަން ކުޅުންތެރިޔާ ސައިނާ ނެހްވާލްގެ ރޯލް ޝްރަދާ ކަޕޫރް ކުޅޭ ފިލްމާއި އަނިލް ކަޕޫރާއި އޭނާގެ ފިރިހެން ދަރިފުޅު ހާޝްވަރްދަން އިންޑިއާގެ ކުރީގެ ޝޫޓަރު އަބިނާވް ބިންދްރާގެ ވާހަކަ ކިޔައިދޭ ފިލްމް ހިމެނެ އެވެ.
ރީމާ ކަތުގީ ޑައިރެކްޓްކޮށް މި އަހަރު ގެނެސްދޭ "ގޯލްޑް" ގައި ލީޑް ރޯލް ކުޅެފައި ވަނީ އަކްޝޭ ކުމާރެވެ. ކުރީގެ ކެޕްޓަން ކަޕިލް ދޭވްގެ ރޯލް، ރަންވީރް ސިންގް ކުޅޭ "83" އަކީ ކަބީރް ހާން ޑައިރެކްޓް ކުރާ ފިލްމެކެވެ. މިއީ އަންނަ އަހަރު ރިލީޒް ކުރާ ފިލްމެކެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy