އެމެރިކާގެ ފުރަތަމަ ހިޔާލީ އަންހެން ރައީސާގެ ވާހަކަ ކިޔައިދޭ ފިލްމް "ފަސްޓް ލޭޑީޒް" އަށް ޖެނިފާ އެނިސްޓަން ސޮއިކޮށްފި އެވެ.

ނެޓްފްލިކްސް އިން އުފައްދާ މި ސިޔާސީ ކޮމެޑީގައި އެނިސްޓަން ރައީސާގެ ރޯލުން ފެނިގެންދާ އިރު، މީގެ މުހިއްމު ރޯލެއް ފިލްމްގެ އެއް ލިޔުންތެރިޔާ ޓިގް ނޮޓާރޯ ވެސް ކުޅޭނެ އެވެ. "ފަސްޓް ލޭޑީޒް" ގެ ސްކްރީންޕްލޭ ލިޔަނީ މި ޑައިރެކްޓް ވެސް ކުރާ ޓިގް އާއި ސްޓެފެނީ އެލީން އެވެ.

އެނިސްޓަން އާއި ޓިގް އަދި އެލީން ޕްރޮޑިއުސަރެއްގެ ޒިންމާ ވެސް ނަގާ ފިލްމުގައި ގްލޯރިއާ ސަންޗޭޒް ޕްރޮޑަކްޝަނުން ވެސް ހިއްސާވެ އެވެ.

ނެޓްފްލިކްސްއާ ގުޅިގެން "ފަސްޓް ލޭޑީޒް" ގެނެސްދޭ އިރު، ޓިގްގެ އެގެން އުފެއްދުމެއް މި މަހުގެ 22 ފެށިގެން ނެޓްފްލިކްސް އިން ސްޓްރީމް ކުރަން ފަށާނެ އެވެ، އެއީ "ޓިގް ނޮޓާރޯ ހެޕީ ބީ ހިއާ" އެވެ. އޭނާ މިހާރު އަންނަނީ މަޝްހޫރު ޓީވީ ހޯސްޓް އެލެން ޑިޖެނެރެސްގެ ނެޓްފްލިކްސްގެ ކޮމެޑީ ޝޯއެއް ވެސް ޑައިރެކްޓް ކުރަން ތައްޔާރުވަމުންނެވެ.

މި އަހަރު ކުރީކޮޅު ކައިވެނި ރޫޅުނު އެނިސްޓަން ދާދި ފަހުން ވަނީ އެޑަމް ސޭންޑްލާ އެކު "މާޑާ މިސްޓްރީ" އަށް ސޮއިކޮށްފަ އެވެ. އޭނާ ދެން އެންމެ އަވަހަށް ފެނިގެން ދާނީ މިއުޒިކަލް ކޮމެޑީ "ޑަމްޕްލިން" އިންނެވެ.