އައްޑޫ މިއުޒިކް ބޭންޑް "ބްލެކް ޕާލް" ޖަރުމަނަށް ފުރައިފި

އައްޑޫގެ މިއުޒިކް ބޭންޑެއް ކަމަށްވާ "ބްލެކް ޕާލް" ޖަރުމަންގައި ބާއްވާ އިވެންޓެއްގައި ފަމޯމް ކުރަން މިއަދު ފުރައިފި އެވެ.


ފަސް މެމްބަރުން ހިމެނޭ ބޭންޑް ޕަފޯމްކުރަން ހަމަޖެހިފައި ވަނީ އެ ގައުމުގެ ރެމާލްސް ކިޔާ ކުންފުންޏެއްގެ 50 ވަނަ އަހަރީ ދުވަސް ފާހަގަކުރުމަށް ބާއްވާ ހަފުލާ އިން ލިބުނު ދައުވަތެއްގަ އެވެ. އެގޮތުން އަންނަ ހުކުރު ދުވަހު ބްލެކް ޕާލް ފަފޯމްކުރާނެ އެވެ.

ދެހާސް ނުވައެއްގައި ވުޖޫދަށް އައި މި ބޭންޑަކީ އައްޑު އާއި ހުވަދު އަތޮޅުގެ ރިސޯޓްތަކުގައި މިއުޒިކް ކުޅެމުން އަންނަ ބޭންޑެކެވެ. އަދި އައްޑޫގައި ބާއްވާ އެކި އިވެންޓްތަކުގައި ވެސް "ބްލެކް ޕާލް" ފަފޯމް ކުރެ އެވެ.

މިއުޒިކްގެ ހުރިހާ ޖޯންރާއަކަށް ވެސް ފަރިތަ އަދި ހިތަދޫ ޒުވާނުންތަކެއް ހިމެނޭ ބޭންޑްގެ މެމްބަރުންނަކީ އަހުމަދު ހަމްދާން (ޑްރަމް/ވޯކަލްސް)، އިބްރާހީމް ޝާހް (ބޭސް ގިޓާ/ވޯކަލްސް)، މުހައްމަދު މަންޒޫމް (ލީޑް ގިޓާ/ވޯކަލްސް)، އަހުމަދު އަބްދުﷲ (ގިޓާ/ވޯކަލްސް) އަދި ނަސްރުލް އަމީ (ކީ/ވޯކަލްސް) އެވެ.

ޖަރުމަންގައި ބްލެކް ޕާލް ޕަފޯމް ކުރާ އިރު، މިއީ ރާއްޖޭން ބޭރުގައި އެ ބޭންޑް މިއުޒިކް ކުޅޭ ފުރަތަމަ ފަހަރެވެ.