އަލް ޕަޗީނޯ: ޓެރަންޓީނޯގެ އާ ފިލްމުން އޭނާ ފެންނާނެ.
10 ޖޫން 2018 - 08:21
ތިން އަހަރަށް ފަހު ކްއެންޓިން ޓެރަންޓީނޯ ޑައިރެކްޓްކުރާ ފިލްމް "ވަންސް އަޕޮން އަ ޓައިމް އިން ހޮލީވުޑް" ގެ ލީޑް ކާސްޓަށް ވަރުގަދަ ދެ އެކްޓަރަކު ނެގުމަށް ފަހު، އަނެއްކާ ވެސް ހަމަ އެހާމެ މަޝްހޫރު، ތަޖުރިބާކާރު އެކްޓަރަކު ފިލްމްގެ ކާސްޓާ ގުޅިއްޖެ އެވެ.
ލިއޮނާޑޯ ޑި ކެޕްރިއޯ އާއި ބްރެޑް ޕިޓާ އެކު މި ފަހަރު ކާސްޓާ ގުޅުނު ތަރިއަކީ އަލް ޕަޗީނޯ އެވެ. އޭނާ ވަނީ ކުރިން ވެސް ޓެރެންޓީނޯއާ އެކު މަސައްކަތްކޮށްފަ އެވެ. އެއީ ޓެރެންޓީނޯގެ އަލަތު ފީޗާ ފިލްމް އަދި 1992 ގައި ރިލީޒް ކުރި ކާމިޔާބު ފިލްމް "ރިޒަވަޔާ ޑޮގްސް" ގަ އެވެ. "ގޯޑް ފާދާ" ފަދަ ކާމިޔާބު އެތައް ފިލްމެއް ކުޅެފައިވާ ޕަޗީނޯ، 78، އެންމެ ފަހުން ފެނިގެން ދިޔަ ފިލްމަކީ މިދިޔަ އަހަރު ރިލީޒް ކުރި "ހޭންގްމޭން" އެވެ.
"ވަންސް އަޕޮން އަ ޓައިމް އިން ހޮލީވުޑް" ގެ ކާސްޓުންގެ ތެރޭގައި މާގޯ ރޮބީ، ބާޓް ރެނޮލްޑްސް، ޒޯއީ ބެލް އަދި ޖޭމްސް މާޒްޑެން ވެސް ހިމެނެ އެވެ.
މިހާރު ޝޫޓިން ކުރިއަށްދާ ފިލްމް ސިނަމާތަކަށް އަންނާނީ އަންނަ އަހަރުގެ އޮގަސްޓް 9 ގަ އެވެ.
Quentin Tarantino ge film ga castah Brad Pitt
The most trusted news source in the Maldives
Mihaaru
"ވަންސް އަޕޮން އަ ޓައިމް އިން ހޮލީވުޑް" ގައި ލިއޮނާޑޯ އާއި ޕިޓް ވެސް ހިމެނޭ.
ސޮނީން ޕިކްޗާޒް އިން ގެނެސްދޭ "ވަންސް އަޕޮން އަ ޓައިމް އިން ހޮލީވުޑް" އަކީ 1969 ގައި ޗާލްސް މަންޝަންގައި ހިންގި ގަތުލުތަކަކަށް ބިނާކޮށް ހަދާ ފިލްމެކެވެ. މި ފިލްމްވެގެން ދާނީ އޮސްކާ ހޯދާފައިވާ ޓެރަންޓީނޯ، 55، ގެ 10 ވަނަ ޑައިރެކްޝަނަށެވެ.
އޭނާ އެންމެ ފަހުން ޑައިރެކްޓް ކުރި ފިލްމަކީ 2015 ގައި ރިލީޒް ކުރި "ދަ ހޭޓްފުލް އެއިޓް" އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy