ފަރުދީން ޚާން މީގެ ހަ އަހަރު ކުރިން (ވ) އަދި މިހާރު ހުރި ގޮތް
26 މެއި 2016 - 06:30
ފަރުދީން ޚާންގެ ބޮލީވުޑް ކެރިއަރުގައި އެއްވެސް އިރެއްގައި މާބޮޑު ކާމިޔާބެއް ހޯދިފައެއް ނެތެވެ. އެންމެ ފަހުން އޭނާގެ ތަރިން މަޑުމަޑުން ފަނޑުވަމުން ގޮސް ގެއްލުނީ އެވެ. އޭނާގެ އެންމެ ފަހުގެ ފިލްމަކީ 2010 ގައި ނުކުތް "ދުލްހާ މިލްގަޔާ" އެވެ. އޭގެ ފަހުން ފަރުދީން އެއްވެސް ފިލްމަކުން މިހާތަނަކަށް ނުފެނެ އެވެ.
Anant Ambani's loss is Fardeen Khan's gain. pic.twitter.com/N6zT9Z8Ctu
— HHBBC (@BabaBakChod) May 20, 2016
ފަރުދީން އަށް މަލާމާތްކޮށްފައި ކޮށްފައިވާ ޓުވީޓެއް
ހައެއްކަ އަހަރު މީހުންގެ ލޯތަކަށް ނުފެނި ހުރުމަށްފަހު ދާދިފަހުން ފަރުދީންގެ ފޮޓޯތަކެއް އާއްމުވުމާއެކު ސޯޝަލް މީޑިއާގައި އޭނާއާ ދިމާކޮށް މަލާމާތްކުރުމުގައި ބައެއް މީހުން ހައްދުން ނެއްޓުނެވެ. ސަބަބަކީ މީގެ ހަ އަހަރު ކުރިން ފެނުނު ފަރްދީން އާ އަޅާބަލާއިރު މިހާރު އޭނާ މާބޮޑަށް ފަލަވެ ސިފަ ހުތުރުވެފައި ވާތީ އެވެ.
ފަރްދީން، 42، އާ ދިމާލަށް މީހުން ތަފާތު މަލާމާތްތައް ކުރަން ފެށުމުން އެކަމާ ބަޔަކު ހިތްހަމަނުޖެހުނަސް އަނެއް ބަޔަކަށް ވީ ބޮޑު މަޖަލަކަށެވެ.
Why is everyone body shaming Fardeen Khan now? He put on weight. Big deal. Get over it.
— NRK (@PWNeha) May 20, 2016
ފަރުދީން އަށް ތާއީދުކޮށް ކޮމެންޓްކުރި މީހެއްގެ ޓުވީޓް
ގިނަ ބަޔަކު ފަރުދީން އަށް މަލާމާތުގެ ބަސްތައް ރައްކުރަމުން ދިޔައިރު ދަ ސައިލެންޓް އިންޑިއަންގެ ނަމުގައިވާ ޓުވިޓާ އެކައުންޓަކުން ޓުވީޓް ކުރި މީހާ ވަނީ ފަރްދީން އަށް މަލާމާތްކުރާ މީހުންނަށް ރައްދު ދީފަ އެވެ. އެމީހާ ބުނެފައިވާ ގޮތުގައި ވިހައިގެން ނުކުންނަ އަންހެނުންގެ ހަށިގަނޑު ހުންނަ ގޮތަށް މީހުން މަލާމާތް ނުކުރާއިރު ފަރުދީންގެ ހަށިގަނޑު ހުރި ގޮތަށް މަލާމަތްކުރަން ނުޖެހޭ ކަމަށާއި ޕިއްޒާ ކައިގެން ފަލަވުމަކީ އޭނާގެ އަމިއްލަ ކަމެއް ކަމަށެވެ.
މި ނޫނަސް ފަރުދީން އަށް ތާއީދުކޮށްފަޔާއި މަލާމާތްކޮށްފައި ގިނަ ބަޔަކު ޓުވީޓްތައް ކޮށްފައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy