ހޮހޮޅައިގައި ތާށިވި ކުދިންތަކެއް: އެންމެން މިހާރު ވަނީ ސަލާމަތްކޮށްފައި.
12 ޖުލައި 2018 - 06:51
ތައިލެންޑް ފުޓްބޯޅަ ޓީމެއްގެ 12 މެމްބަރުންނާއި ޓީމްގެ ކޯޗް އެ ގައުމުގެ ތަމް ލުއާން ހޮހަޅައިގެ ތެރޭގައި ތާށިވެ، އެ މީހުން ސަލާމަތް ކުރަން ހިންގި ކާމިޔާބު ބޮޑު އޮޕަރޭޝަނެއް ބިނާކޮށް ފިލްމެއް ހަދަން ނިންމައިފި އެވެ.
މިކަން އިއުލާން ކުރި އަދި ތައިލެންޑްގައި ދިރިއުޅެމުން އަންނަ ޕިޔޯ ފްލިކްސް އެންޓަޓައިންމަންޓްގެ މެނެޖިން ޑިރެކްޓަރު މައިކަލް ސްކޮޓް ބުނީ އެ ހާދިސާ ބޮޑު ސްކްރީނަށް ގެންނަން އެކަމުގެ ހުއްދަ ތައިލެންޑްގެ ކަމާބެހޭ ފަރާތްތަކުން ހޯދަން މިހާރު ވާހަކަ ދައްކަމުން އަންނަ ކަމަށެވެ.
އިންދަ ބްލިންކް އޮފް ދި އައި (2009) އާއި ގޯޑް އިޒް ނޮޓް ޑެޑް (2018) ފަދަ ފިލްމްތައް ގެނެސްދިން މައިކަލް ގޮތުގައި ހޮހަޅައިގައި ތާށިވި މީހުން ސަލާމަތްކުރަން ކުރި މަސައްކަތަކީ އާދަޔާހިލާފު އަދި މުޅި ދުނިޔޭގެ ސަމާލުކަން ހުއްޓުނު ވަރަށް އަސަރުގަދަ ހާދިސާއެކެވެ.
Pure Flix joins the rest of the world in thanking God for answering prayers for the successful rescue of those trapped in the cave in Thailand.
— Pure Flix (@PureFlix) July 10, 2018
Managing partner Michael Scott, from his home in Thailand, has been helping at the cave rescue in Chiang Rai the past 4 days. pic.twitter.com/htt1vN9oU1
ޕިޔޯ ފްލިކްސްގެ ޓްވީޓެއް.
"މިއީ ވަރަށް ވެސް އިންސްޕިރޭޝަނަލް އަދި އެހާމެ ޖަޒުބާތީ ހާދިސާއެއް. މި ހާދިސާ ވަރަށް ގާތުން ފޮލޯކުރަމުން ދިޔަ މީހެއްގެ ހައިސިއްޔަތުން އަހަންނަށް ލިބޭނެ ވަރަށް ބޮޑު އުފަލަކަށް ވާނެ ހޮހޮޅަ ހާދިސާ އަށް ފިލްމެއް ހަދަން ފުރުސަތު ލިބުން،" މައިކަލް ބުންޏެވެ.
މިދިޔަ މަހުގެ 23 ވަނަ ދުވަހު ހޮހޮޅައިގައި ތާށިވި އެންމެން ސަލާމަތްކޮށް ނިމުނީ މިދިޔަ އަންގާރަ ދުވަހު އެވެ. ބާރަ ކުދިންނާއި ކޯޗު 17 ދުވަސް ފަހުން ހޮހޮޅައިގެ ތެރެއިން ސަލާމަތް ކުރެވުމާ އެކު މި މަސައްކަތުގައި ހަރަކާތްތެރިވި މީހުންނަށް މުޅި ދުނިޔެއިން ވެސް ވަނީ ވަރަށް ބޮޑަށް ތައުރީފުކޮށްފަ އެވެ.
ފުޓްބޯޅަ ޓީމްގެ ކުޅުންތެރިންނާއި ކޯޗް ހޮހަޅަ އަށް ވަނީ 23 ވަނަ ޕްރެކްޓިސް ނިންމައިލުމަށް ފަހު އެވެ. އެކަމަކު ކުދިން ހޮހަޅަ އަށް ވަން ފަހުން ބޯކޮށް ވާރޭ ވެހި ހޮހަޅަ ތެރެއަށް ފެންގަނޑު ދަމައިގަތުމުން ނުކުމެވޭނެ ގޮތެއް ނެތި ތާށިވެފައިވާ ތިބޭތާ 9 ދުވަސް ފަހުން އެ ކުދިން ހޯދީ އިނގިރޭސިވިލާތުގެ ދެ ޑައިވަރުންނެވެ.
މި ހާދިސާއާ ގުޅިގެން ކުދިން ސަލާމަތް ކުރަން އުޅުނު ތައި ނޭވީގެ ކުރީގެ ޑައިވަރަކު މި މަހުގެ 6 ވަނަ ދުވަހު މަރު ވެސް ވެފައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޝުތޮ
12 July 2018
ނަހޫ "ޢެ ހޮހޮޅަ" ކިޔާ ފިލްމެއް ހަދާފާނެ.
މަމެން ތަމެން ޑާޑާ
12 July 2018
ނަހޫ ކީކޭ ބާ ބުނަނީ؟ "އެ ހޮހޮޅަ"
ނަހުލާ
12 July 2018
ކީއްކުރަންތަ؟ ދެން ބޮޑު ވެއްޖެ ކަމެއް
ޑިމޮކްރަޓިސްޓް
12 July 2018
ވަރަށްދެރަކޮށްމިވީ.. ނަހުލާއަށްވުރެ ކުރިން މިކަމާ އުޅުން ބަލައެއް ނުގަނެވޭނެ..