ޝާހްރުކް: "ސާރޭ ޖަހާ ސެ އައްޗާ" ގެ މަސައްކަތް ފެބުރުއަރީގައި ފަށާނެ.
26 އޮކްޓޯބަރ 2018 - 06:39
ޝާހްރުކް ހާން ލީޑް ރޯލް ކުޅޭ އިންޑިއާގެ ކުރީގެ އެސްޓްރޮނޯޓް ރާކޭޝް ޝަރްމާގެ ބައޮގްރަފިކަލް ޑްރާމާގެ ނަމަކީ "ސާރޭ ޖަހާ ސެ އައްޗާ" ކަން ހާމަކޮށް، ފެބުރުއަރީ މަހުގެ ތެރޭގައި ފިލްމުގެ ޝޫޓިން ފަށަން ނިންމާފައިވާކަން އިއުލާންކޮށްފި އެވެ.
"ސެލިއުޓް" ގެ ނަން ދީފައިވާ ކަމަށް މީޑިއާތަކުން ކުރިން ބުނަމުން ދިޔަ މި ފިލްމަކީ ބަތަލާ ވިދިޔާ ބާލަންގެ ފިރިމީހާ ސިދާތު ރޯއި ކަޕޫރްގެ ފިލްމު ކުންފުނި ރޯއި ކަޕޫރް ފިލްމްސް (އާރްކޭއެފް) އިން ގެނެސްދޭން ނިންމާފައިވާ ފިލްމެކެވެ. ޕްރިޔަންލާ ޗޯޕްޅާ މިހާރު ކުޅެމުން އަންނަ "ދަ ސްކައި އިޒް ޕިންކް" އަކީ ވެސް އެ ކުންފުނީގެ ފިލްމެކެވެ.
"ސާރޭ ޖަހާ ސެ އައްޗާ" ޑައިރެކްޓް ކުރަނީ 1999 ގައި ރިލީޒް ކުރި "ބޯޕާލް އެކްސްޕްރެސް" ޑައިރެކްޓް ކުރި މަހޭޝް މަތާއީ އެވެ. އަދި ފިލްމުގެ ސްކްރީންޕްލޭ ލިޔެފައި ވަނީ އާމިރު ހާންގެ ގުލާމް އާއި އަޖޭ ދޭވްގަންގެ "ދަ ލެޖެންޑް އޮފް ބަގަތު ސިންގް" އާއި "ރާޖްނީތީ" ގެ ސްކްރީން ރައިޓަރު އަންޖުމް ރާޖަބާލީ އެވެ.
ރިޕޯޓްތައް ބުނާ ގޮތުން "ސާރޭ ޖަހާ ސެ އައްޗާ" ގައި ޝާހްރުކްއާ އެކު ބަތަލާގެ ރޯލުން ފެނިގެން ދާނީ ބޫމީ ޕެޑްނޭކަރް އެވެ. ނަމަވެސް މިކަން އަދި ކަށަވަރެއް ނުކޮށްދެ އެވެ.
އާރްކޭއެފް އާއި ޕްރޮޑިއުސަރު ރޮނީ ސްކްރޫވާލާގެ ފިލްމު ކުންފުނި އާރްއެސްވީޕީ ގުޅިގެން ގެނެސްދޭ ފިލްމު ސިނަމާތަކަށް ގެންނާނެ ތާރީހެއް އަދި އިއުލާނެއް ނުކުރެ އެވެ.
"Zero" ah fahu Shah Rukh Khan "Salute" ah
The most trusted news source in the Maldives
Mihaaru
"ސާރާ ޖަހާ ސެ އައްޗާ" އަކީ ބައޮޕިކެއް.
"ސާރޭ ޖަހާ ސެ އައްޗާ" ވެގެން ދާނީ އަންނަ ޑިސެމްބަރު މަހުގެ 21 ގައި ރިލީޒް ކުރާ "ޒީރޯ" އަށް ފަހު، ޝާހްރުކް ކުޅޭ ފުރަތަމަ ފިލްމަށެވެ. އޭނާގެ އެންމެ ފަހުގެ ފިލްމަކީ މިދިޔަ އަހަރު ރިލީޒްކޮށް، ފްލޮޕް ބޯޑް އަޅުވަން ޖެހުނު "ޖަބް ހެރީ މެޓް ސޭޖަލް" އެވެ.
އާރްކޭއެފުން އެންމެ އަވަހަށް ސިނަމާތަކަށް ގެންނަން ނިންމާފައިވާ ފިލްމަކީ އަންނަ މަހުގެ 16 ގައި ރިލީޒް ކުރާ "ޕިހޫ" އެވެ. މިއީ ވިނޯދް ކަޕްރީ ޑައިރެކްޓްކޮށްފައިވާ ސޯޝަލް ތުރިލާއެކެވެ. ފިލްމު ބިނާކޮށްފައި ވަނީ ކުޑަކުއްޖަކަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy