ވާށޭ މަށާއެކީ: ޓައިޓްލް ލަވައިގެ ވީޑިއޯ

ފިލްމް "ވާށޭ މަށާއެކީ" ނުބަލާ ތިބި މީހުން ނުވަތަ އެ ފިލްމް އަދިވެސް ބަލާލަން ބޭނުންވާ މީހުންނަށް މިހާރު މިއޮތީ އަނެއްކާ ވެސް އާ ފުރުސަތެކެވެ. މި މަހުގެ 25 އިން ފެށިގެން ޝްވެކް ސިނަމާގައި އެ ފިލްމު ދައްކަން ފަށާނެ އެވެ.


ފިލްމްގެ ޓިކެޓް މިހާރު އަންނަނީ ވިއްކަމުންނެވެ.

"ވާށޭ މަށާއެކީ" ލަވަތަކަކީ ވެސް ބެލުންތެރިންގެ މެދުގައި ވަރަށް މަގުބޫލް ލަވަތެކެވެ. އެގޮތުން ފިލްމުގައި ހިމެނޭ ޑި ޓިއުން ބޭންޑްގެ "ނޫން ނޫން ނުދޭ" އާއި މީރާ މުހައްމަދު މާޖިދާއި ޔާމީން ރަޝީދު ކިޔާފައިވާ "ޔާރާ ހިނިތުންވީމާ" ފާހަގަކޮށްލެވެ އެވެ.

މީގެ އިތުރުން ވަކިން ހާއްސަ އެއް ލަވައަކީ ފިލްމްގެ ޓައިޓްލް ލަވަ "ވާށޭ މަށާއެކީ" އެވެ. މި ލަވައިގެ އެކޮސްޓިކް ވާޝަން ވަނީ ފިލްމް އެޕްރީލް 5 ގައި ރިލީޒް ކުރުމުގެ ކުރިން ބެލުންތެރިންނަށް ދޫކޮށްލައިފަ އެވެ. އެމަމަކު އެއީ ސޯލޯ ލަވައެއްގެ ގޮތުގައި ހަމައެކަނި ފަތޯގެ އަޑުންނެވެ.

މި ފަހަރު މިއޮތީ ފިލްމުގައި ހިމެނޭ ވާޝެނެވެ. ލަވައަކީ ޑުއެޓެކެވެ. އަޑުގެ ވެރިންނަކީ ފަތޯ އާއި ރިޒޫ އެވެ. މި އަވަސް އަދި ރީތި ލަވައިން ފެނިގެން ދާނީ ފިލްމުގެ ދެ ތަރިން ކަމަށްވާ ޖުމައްޔިލް ނިމާލާއި މަރިޔަމް މަޖުދާ އެވެ.

"ވާށޭ މަށާއެކީ" ލަވަ

މުޅި ލަވައިގައި ފެނިގެން ދާނީ ގޭތެރޭގައި ތިބެގެން އެ ދެ މީހުން ޖަހާ ސަކަރާތެވެ.

މި އަހަރުގެ މިހާތަނަށް އެޅުވި އެންމެ ކާމިޔާބު ފިލްމް "ވާށޭ މަށާ" އަކީ އަކީ އަލީ ޝިފާއު (ޗިއްޕެ) ޑައިރެކްޓްކޮށްފައިވާ ފިލްމެކެވެ.

މި ރޮމޭންޓިކް ކޮމެޑީގެ ސްކްރީންޕްލޭ ލިޔުނީ މަހުދީ އަހުމަދެވެ. "ވާށޭ މަށާއެކީ" އަކީ ދެ ގަޑި އިރާއި 30 މިނިޓްގެ ފިލްމެކެވެ.