01 ފެބުރުއަރީ 2019 - 07:23
މިހާތަނަށް އަދި ކައިވެންޏެއްކޮށްފައި ނުވާ، އިންޑިއާގެ ޓީވީ ސިލްސިލާތަކުގެ ރާނީގެ ގޮތުގައި ސިފަ ކުރާ މަޝްހޫރު ޕްރޮޑިއުސަރު އެކްތާ ކަޕޫރް ވެސް ސަރޮގޭޓްކޮށްގެން ދަރިއަކު ހޯދައިފި އެވެ.
ކުރީގެ މަޝްހޫރު އެކްޓަރު ޖީތެންދުރާގެ ދޮށީ އަންހެން ދަރިފުޅު އެކްތާ، 43، އަށް ލިބިފައި ވަނީ ފިރިހެން ކުއްޖެކެވެ. އެ ކުއްޖާ އުފަންވީ މިދިޔަ މަހުގެ 27 ވަނަ ދުވަހު އެވެ. އެކްތާ އަށް ދަރިއަކު ލިބުމުން ވަރަށް ގިނަ ފަންނާނުން އަންނަނީ ޓްވިޓާގައި ތަހުނިޔާ ވެސް ކިޔަމުންނެވެ.
އެކްތާ ސަރޮގޭޓްކޮށްގެން ދަރިއަކު ހޯދި އިރު، އޭނާގެ ކޮއްކޮ އަދި އެކްޓަރު ތުޝާރު ކަޕޫރްގެ ވެސް ސަރޮގޭޓް ދަރިއަކު އެބަ ހުއްޓެވެ. ކައިވެންޏެއް ނުކޮށް ހުރި، ތުޝާރު، 42، ގެ ދަރިފުޅު ލަކްޝިއާ ކަޕޫރުގެ އުމުރުން މިހާރު ދެ އަހަރެވެ.
އެކްތާ، ބައްޕަ ޖީތޭ އާއި ކޮއްކޮ ތުޝާރާ އެކު.
އެކްތާއަކީ ބެލުންތެރިން ޓީވީ ސިލްސިލާތަކުގައި ޖާދޫގައި ޖެއްސުވި މީހާ އެވެ. އޭނާ ވަނީ މިހާތަނަށް ކާމިޔާބު އެތައް ސިލްސިލާއެއް ގެނެސް ދީފަ އެވެ. އަދި މިހާރު ވެސް އެ މަސައްކަތުގައި އެންމެ ނަގާކިޔާ މީހަކީ އެކްތާ އެވެ.
ޓީވީ ސިލްސިލާތައް ހެދުމުގެ އިތުރަށް އާއިލީ ފިލްމު ކުންފުނި ބަލާޖީއަކީ ފީޗާ ފިލްމާއި ވެބް ސީރީޒް ވެސް ގެނެސްދޭ ސްޓޫޑިއޯއެކެވެ.
އިންޑިއާގެ މަޝްހޫރު ސެލެބްރިޓީންގެ ތެރޭގައި ސަރޮގޭޓްކޮށްގެން ދަރިން ހޯދާފައިވާ މީހުންގެ ތެރޭގައި އާމިރު ހާނާއި ޝާހްރުކް ހާނާއި ކަރަން ޖޯހަރު ފާހަގަކޮށްލެވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބީސް ރުޕީ
01 February 2019
ފައިސާއަށް ދަހިވެތިވެގެން މީހުންނާ ނުއިދެތިބެނީ. ޑައުރީ ދޭންޖެހިދާނެތީ. އަތުގަހުރި ފައިސާކޮޅުން ބައި އަޅަން ޖެހިދާނެތީ.
ހުސްނީ
01 February 2019
އެކަނިވެރި މަޔަކަށް ވީތާ! ދެރަކަމެއް?
ޝްރީ ޕަންޑިތު އަހައްމައިދީ
01 February 2019
އޭރޭންޖް މެރެޖް ގިނަ އިންޑިއާގަ އެވުރެޖުކޮށް ވަރަށް ރީތި މީހުން ގިނަ ސަރަހައްދު ހުރޭ. ރީތި ކުއްޖެއް ފެނިއްޖެއްޔާ ހިތައްއަރާ މީ އެރޭންޖު މެރެޖެއްގެ ޕްރަޑަކްޓެއް ބާވައޭ.. ހާދަ ރީއްޗޭ. ލަވް މެރެޖެއްނަމަ މިކުއްޖާއެއް ނުހުންނާނޭ އޮންނާނީ މުޅިން އެހެން އާބާދިކޭ!
ޑައުރީ
01 February 2019
މަސައްކަތުގަ އަވަދިނެތި ތިއްބާ ބައިލޮޖިކަލް ގަޑި ހުއްޓުނީމާ ދެންޖެހޭނީ މިކަގަލަ ކަމެއްދޯ ކުރަން.