20 ފެބުރުއަރީ 2019 - 20:37
އެމެރިކާގެ މަޝްހޫރު ލަވަކިޔުންތެރިޔާ/ބަތަލާ ލޭޑީ ގާގާ އާއި ލޯބިވެރިޔާ ކްރިސްޓިއަން ކެރީނޯގެ އެންގޭޖްމަންޓް ރޫޅާލައިފި އެވެ.
އެ ދެ މީހުން އެންގޭޖްވީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ ތެރޭގަ އެވެ.
ގާގާ އާއި ކެރީނޯގެ އެންގޭޖްމަންޓް ރޫޅައިލިކަން އެ ދެ މީހުންގެ ތަރުޖަމާން މީޑިއާތަކަށް ކަށަވަރުކޮށް ދެމުން ބުނީ ވަކިވާން ނިންމީ ދެ މީހުންގެ ގުޅުން ކުރިއަށް ގެންދެވޭނެ ކަމަށް ގަބޫލު ނުކުރެވޭތީ ކަމަށެވެ. އަދި މިކަމުގެ ފަހަތުގައި "މާ ބޮޑު ޑްރާމާގަނޑެއް ނެތް" ކަމަށް ވެސް ބުންޏެވެ.
ގާގާ އާއި ކެރީނޯގެ ގުޅުމުގައި ކުނި ޖެހިފައިވާ ކަމަށް ބުނެ ފުރަތަމަ ވާހަކަތައް ފެތުރެން ފެށީ މި މަހުގެ 11 ވަނަ ދުވަހު ބޭއްވި 61 ވަނަ ގްރެމީ އެވޯޑްސް ހަފުލާގައި ބައިވެރިވި އިރު، ގާގާގެ އެންގޭޖްމަންޓް އަނގޮޓި އިނގިލީގައި ނެތްކަން ފާހަގަ ކުރެވިގެން ފޭނުން ވެސް އެ ވާހަކަ ދައްކަން ފަށާފައި ވަނިކޮށެވެ.
މިދިޔަ އަހަރު ރިލީޒް ކުރި ބްރެޑްލީ ކޫޕާގެ "އަ ސްޓާ އިޒް ބޯން" ހޮލީވުޑަށް ވެސް ތައާރަފުވި ގާގާ ލޯބީގެ ގުޅުން ނިމުމަކަށް ގެނައި ކެރީނޯ، 49، އަކީ މީގެ ކުރިން ކައިވެންޏެއްކޮށް ދަރިއަކު ވެސް ލިބިފައިވާ މީހެކެވެ.
Lady Gaga engagevejje
The most trusted news source in the Maldives
Mihaaru
ގާގާ އާއި ކެރީނޯ އެންގޭޖްވީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހު.
މިއީ ގާގާ، 32، ގެ އެންގޭޖްމަންޓް ރޫޅައިލި ދެވަނަ ފަހަރެވެ. އޭނާ ވަނީ ކުރިން "ޝިކާގޯ ފަޔާ" ގެ އެކްޓަރު ޓޭލާ ކިނީއާ ވެސް އެންގޭޖްވެފަ އެވެ. އެކަމަކު އެންގޭޖްމަންޓް ވެސް ފަހުން ވަނީ ރޫޅާލައިފަ އެވެ.
މިހާތަނަށް ނުވަ ގްރެމީ އެވޯޑް ހާސިލުކޮށްފައިވާ ގާގާ ވަނީ އާދީއްތަ ދުވަހު ބާއްވާ 91 ވަނަ އޮސްކާ އެވޯޑްސްގެ އެންމެ މޮޅު ބަތަލާގެ މަގާމަށް "އަ ސްޓާ އިޒް ބޯން އިން" ނޮމިނޭޓްވެފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
hikandhi
21 February 2019
ތީހަމަ ކޫޕާގެ ޖާދޫގަ ޖެހިގެން ވީކަމެއް!
ގާގާ
20 February 2019
އޭނަ ދެކެ ފޫހިވާތީ