ޓީ ސީރީޒްގެ ލޯގޯ އަދި ޕިއުޑިޕައި.
25 މާޗް 2019 - 07:11
ޔޫޓިއުބް ބޭނުންކުރާ މީހުން އެންމެ ގިނަ ޗެނެލްގެ މަގާމު ސްވިޑްންގެ ޒުވާން ޔޫޓިއުބާ ޕިއުޑިޕައި ބަލިކޮށް، އިންޑިއާގެ ފިލްމު ކުންފުނި ޓީ ސީރީޒުން ކަށަވަރުކޮށްފި އެވެ.
އެ މަގާމު ހޯދަން ވަރުގަދަ ކެމްޕޭނެއް ވެސް ހިންގާފައިވާ އިރު، ޓީ ސީރީޒް ފާހަގަ ކުރެވެނީ ޔޫޓިއުގްގައި އެންމެ ގިނަ އަދަދަކަށް މިއުޒިކް (ލަވަތައް) އާއި ފިލްމިގެ ޓްރެއިލާތައް ހުރި ޕްލެޓްފޯމްގެ ގޮތުގަ އެވެ. ޓީ ސީރީޒަކީ ކުރީގެ ޕްރޮޑިއުސަރު ގުލްޝަން ކުމާރު ޖުލައި، 11، 1983 ވުޖޫދަށް ގެނައި ކުންފުންޏެވެ. އެ ކުންފުނީގެ ޔޫޓިއުބް ޗެނެލް އުފެއްދީ މާޗް، 13، 2006 ގަ އެވެ. އަދި އެ ޓީ ސީރީޒްގެ ޔޫޓިންބަކީ އޭގެ ދަށުން 29 ގޮއްޕެއް ހުރި ވެސް ހުރި ޗެނެލެކެވެ.
މިހާރު އެ ކުންފުނީގެ އިސްވެރިޔަކީ ގުލްޝަންގެ ދަރިފުޅު އަދި ޕްރޮޑިއުސަރު ބުޝަން ކުމާރެވެ. އޭނާ މިހާރު އަންނަނީ ބައްޕަ ގުލްޝަން މިއުޒިކް ދާއިރާ އަށް ކޮށް ދިން އަގުހުރި ހިދުމަތްތަކުގެ ވާހަކަ ވެސް ކިޔައި ދޭން ގުލްޝަންގެ ބައޮގްރަފިކަލް ޑްރާމާއެއް "މޯގުލް" ގެ ނަމުގައި ހަދަން ތައްޔާރުވަމުންނެވެ.
Big ups for @TSeries nd @itsBhushanKumar g for becoming no. 1 on YouTube 👏🏻👏🏻👏🏻https://t.co/q4ooTY58MR
— Miss Pooja (@1MissPooja) March 23, 2019
ޕިއުޑިބައި ބަލިކޮށް، ޓީ ސީރީޒް ޔޫޓިއުބް ފަތަހަ ކުރި އިރު، އެ ޗެނެލްގެ ސަބްސްކްރައިބަރުންގެ އަދަދަކީ މި މަހުގެ 21 އާ ހަމަށް 90.5 58 މިލިއަނެވެ. އަދި އެ ތާރީހާ ހަމައަށް ޖުމްލަ ވިއުސްގެ އަދަދަކީ 65.27 ބިލިއަނެވެ.
ޕިއުޑިޕައިގެ ސަބްސްކްރައިބަރުންގެ އަދަދަކީ މި މަހުގެ 24 އާ ހަމަައަށް 91.1 މިލިއަނެވެ. އެކަމަކު ވިއުސްގެ ގޮތުން ޓީ ސީރީޒް ވަނީ ވަރަށް ބޮޑުތަން އޭނާ ފަހަަތަށް ޖައްސާލައިފަ އެވެ. އުމުރުން 29 އަހަރުގެ ޕިއުޑިޕައިގެ ވިއުސްއަކީ މި މަހުގެ 24 އާ ހަމައަށް 20.8 ބިލިއަނެވެ.
Youtube fathaha kuran bodu hanguraama eh
The most trusted news source in the Maldives
Mihaaru
ޔޫޓިއުބްގެ އެއް ވަނަ ހޯދަން ބޮޑު ކެމްޕޭނެއް ހިންގި.
ޓީ ސީރީޒުން #ބާރަތުވިންސްޔޫޓިއުބްގެ ނަމުގައި ހިންގި ކެމްޕޭން ވެސް ކާމިޔާބުވެ، އިންޑިއާ އަށް ޔޫޓިއުބް ފަތަހަ ކުރެވެމުން އެކަން މިހާރު އަންނަނީ އިންޑިއާގައި އަންނަނީ ފާހަގަ ވެސް ކުރަމުންނެވެ.
ބައެއް ރިޕޯޓްތައް ބުނާ ގޮތުން ޕިއުޑިޕައި އާއި ޓީ ސީރީޒްގެ ވާދަވެރިކަމުގެ ރޭހުގައި ވަރަށް ހަމަހަމަކޮށް އުޅެނިކޮށް، ޕިއުޑިޕައި ބޮޑުތަނުން ވެއްޓުނީ މި މަހުގެ 15 ވަނަ ދުވަހު ނިއުޒިލެންޑަށް ޓެރަރިސްޓް ހަމަލާއެއް ދީ މުސްލިމުންތަކެއް މަރައިލި މީހާ އެ ހާދިސާ ހިންގުމުގެ ކުރިން ޕިއުޑިޕައި ޗެނެލް ސަބްސްކްރައިބް ކުރަން ގޮވައިލުމުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ބްރޯ އާމީ
25 March 2019
މިހާރު އަނެއްކާ ކުރިޔަށް އަރައިފި ޕިއުޑީޕައި
ސުބްތާ
25 March 2019
މިހާރު އަނެއްކާ އެ ވެލިގަލައްދާ ސޮރު ވެއްޓިއްޖެ