މުނިފޫހިފިލުވުން / ބޮލީވުޑް

ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް

ދިވްޔާ: އޭނާ މިހާރު ފާހަގަ ކުރެވެނީ ޑައިރެކްޓަރެއްގެ ގޮތުގައި.

ސޯނަމް ކަޕޫރްގެ ފިލްމު "ޒޯޔާ ފެކްޓާ" ރިލީޒްކުރާ ތާރީހު ތިން ވަނަ ފަހަރަށް ފަސްކޮށްފި އެވެ.

މި ފިލްމު އެންމެ ފުރަތަމަ ރިލީޒް ކުރާ ގޮތަށް ނިންމީ މިދިޔަ މަހުގެ 5 ގަ އެވެ. އޭގެ ފަހުން ތާރީހު ބަދަލު ކުރީ ޖޫން މަހުގެ 14 އަށެވެ.

ތާރީހަށް މިހާރު ގެނައި ބަދަލާ އެކު "ޒޯޔާ ފެކްޓާ" ބެލުންތެރިންނާ ހަމައަށް އަންނާނީ އަންނަ ސެޕްޓެމްބަރު މަހުގެ 20 ވަނަ ދުވަހު އެވެ. މި ފިލްމަކީ މިދިޔަ އަހަރު ޖޯން އަބްރަހަމްގެ "ޕަރުމަނޫ: ދަ ސްޓޯރީ އޮފް ޕޮކްކްރާން" ގެނެސް ދިން އަބީޝެކް ޝަރުމާ ޑައިރެކްޓް ކުރާ ފިލްމެކެވެ.

"ޒޯޔާ ފެކްޓާ" އަކީ ކްރިކެޓް ޓީމެއްގެ ނަސީބާ، އެޑްވަޓައިޒިން އެޖެންސީއެއްގައި މަސައްކަތް ޒުވާން އަންހެނަކާ ގުޅިފައި އޮންނަ ގޮތް ކިޔައިދޭ ފިލްމެކެވެ. މިއީ ލިޔުންތެރިޔާ އަނޫޖާ ޗޯހަން ހަމަ އެ ނަމުގައި 2008 ގައި ނެރުނު ވާހަކަ އަށް ބިނާކޮށް ހަދާ ފިލްމެކެވެ.

"ޒޯޔާ ފެކްޓާ" ގައި ސޯނަމާ އެކު ބަތަލުގެ ރޯލުން ފެނިގެން ދާނީ ސައުތު ފިލްމު އިންޑަސްޓްރީގެ މަޝްހޫރު އެކްޓަރު ދަލްގޫރް ސަލްމާނެވެ. އަދި ސޯނަމްގެ ބައްޕަގެ ރޯލުން އޭނާގެ ބޮޑުބޭބެ ސަންޖޭ ކަޕޫރު ފެނިގެން ދާނެ އެވެ.

"ބާރަތު" ގެ އިތުރު ލަވައެއް

ސަލްމާން ހާންގެ އާ ފިލްމު "ބާރަތު" ރިލީޒް ކުރާ ތާރީހު ގާތްވަމުން އަންނަ އިރު، ޕްރޮމޯޝަނުގެ ތެރެއިން އަނެއްކާ ވެސް ފިލްމުގެ އާ ލަވައެއް ދައްކާލައިފި އެވެ.

ފިލްމުގެ ފަސް ވަނަ ލަވައިގެ ގޮތުގއި ބެލުންތެރިންނަށް ދޫކޮށްލީ "ތުރުޕިޔާ" އެވެ. މި ލަވައިން ސަލްމާނާ އެކު ކެޓްރީނާ ކެއިފާއި ނޯރާ ފަތެހީ ވެސް ފެނިގެން ދެ އެވެ. ލަވަ ކިޔާފައި ވަނީ ސުކްވިންދަރު ސިންގް އާއި ވިޝާލް-ޝޭކަރެވެ.

ލަވައިގެ މިއުޒިކް އަބިޖީތު ނަލާނީ ހަދާފައިވާ އިރު، ލަވައިގެ ޅެން ލިޔުނީ އިރުޝާދު ކާމިލެވެ.

"ބާރަތު" ރިލީޒް ކުރާނީ އަންނަ މަހުގެ 5 ގަ އެވެ.

ޖޯންއާ އެކު ދިވްޔާ

މިދިޔަ އަހަރު ރިލީޒް ކުރި ޖޯން އަބްރަހަމްގެ ކާމިޔާބު އެކްޝަން ފިލްމު "ސަތިޔަމޭވް ޖަޔަތޭ" ގެ ދެވަނަ ބައިގެ ބަތަލާގެ ރޯލަށް ދިވްޔާ ކޯސްލާ ކުމާރު ސޮއިކޮށްފައިވާ ކަމަށް މުމްބާއީ މިރާ އިން ބުނެފި އެވެ.

އެ ނޫހުން ބުނި ގޮތުގައި "ސަތިޔަމޭވް ޖަޔަތޭ" ގެ ޕްރޮޑިއުސަރު ބުޝަން ކުމާރުގެ އަންހެނުން އަދި ޑައިރެކްޓަރު ދިވްޔާ ސޮއިކޮށްފައިވާ ފިލްމުގެ ދެވަނަ ބައިން އޭނާގެ ވަރަށް ވަރުގަދަ ރޯލެއް ފެނިގެން ދާނެ އެވެ. ދިވްޔާ ކުރިން ވެސް ފިލްމުތަކެއް ކުޅުނު ނަމަވެސް ކައިވެނި ކުރި ފަހުން އޭނާ ވަނީ ފިލްމު ކުޅުން ހުއްޓާލައިފަ އެވެ.

ދިވްޔާ ކުޅުނު ފިލްމުތަކުގެ ތެރެއިން އެންމެ ފާހަގަކޮށްލެވޭ ފިލްމަކީ އަކްޝޭ ކުމާރާއު ބޮބީ ޑިއޯލް އާއި އަމީތާބް ބައްޗަންއާ އެކު 2004 ގައި ކުޅުނު "އަބް ތުމާރޭ ހަވާލޭ ވަތަން ސާތިޔޯ" އެވެ.

ދިވްޔާ ފަހުން ފާހަގަ ކުރެވުނީ ޑައިރެކްޓަރެއްގެ ގޮތުގަ އެވެ. އޭނާ މިހާތަނަށް ދެ ފިލްމު ޑައިރެކްޓްކޮށްފައިވެ އެވެ. އެއީ 2016 ގެ "ސަނަމް ރޭ" އާއި 2014 ގެ "ޔާރިޔާން" އެވެ.

"ސަތިޔަމޭވް ޖަޔަތޭ 2" ވެސް ޑައިރެކްޓް ކުރާ ފުރަތަމަ ފިލްމު ވެސް ޑައިރެކްޓް ކުރި މިލަޕް މިލަން ޒަވޭރީ އެވެ. އެ ފިލްމުގެ ބަތަލާއަކީ އަލަށް ތައާރަފު ކުރި އައިޝާ ޝަރުމާ އެވެ. އެކަމަކު "ސަތިޔަމޭވް ޖަޔަތޭ" އިން އެންމެ ވިދާލީ އެ ފިލްމުގެ އައިޓަމް ލަވަ "ދިލްބަރު" ކުޅުނު ނޯރާ ފަތެހީ އެވެ.

"ސުޕަ 30" ޖުލައި 12 ގައި ރިލީޒްކޮށްފާނެ

އަންނަ ޖުލައި 26 ގައި ރިތިކް ރޯޝަންގެ ފިލްމު "ސުޕަ 30" ރިލީޒް ކުރަން ތާވަލުކޮށްފައި އޮއްވައި ކަންގަނާ ރަނާވަތުގެ "މެންޓަލް ހޭ ކިޔާ" އެ ތާރީހުގައި ރިލީޒް ކުރަން ނިންމުން ފަސްކުރި ރިތިކްގެ ފިލްމު ޖުލައި 12 އަށް އަވަސްކޮށްފައިވާ ކަމަށް ބައެއް ރިޕޯޓްތައް ބުނެފި އެވެ.

ނަމަވެސް މިކަން އަދި އެ ފިލްމުގެ ޓީމުން ކަށަވަރުކޮށެއް ނުދެ އެވެ. އެކަމަކު ބޮލީވުޑްގެ ހަބަރުތައް ގެނެސްދޭ ގިނަ ނޫސްތަކުން ބުނީ "ސުޕަ 30" ޖުލައި 12 ގައި ރިލީޒް ކުރަން ފިލްމުގެ ޓީމުން މިހާރު އެއްބަސްވުމަކަށް އައިސްފައިވާ ކަމަށެވެ.

އެހެންވެއްޖެ ނަމަ އެ ފިލްމު އަނެއްކާ ވެސް ވާދަ ކުރަން ޖެހޭނީ ޕްރޮޑިއުސަރު އެކްތާ ކަޕޫރުގެ ފިލްމަކާ އެވެ. އެއީ ޕަރިނީތީ ޗޯޕްޅާ އާއި ސިދާތު މަލްއުތުރާގެ "ޖަބަރިޔާ ޖޯޅީ" އެވެ. "މެންޓަލް ހޭ ކިޔާ" އަކީ ވެސް އޭނާ ޕްރޮޑިއުސްކޮށްފައިވާ ފިލްމެކެވެ.

"ސުޕަ 30" އަކީ އެންމެ ފުރަތަމަ މިދިޔަ ޖެނުއަރީ މަހުގެ 25 ގައި ރިލީޒް ކުރަން އުޅުނު ފިލްމެކެވެ. އެކަމަކު ފިލްމުގެ ޑައިރެކްޓަރު ވިކާސް ބާލްގެ މައްޗަށް ޖިންސީ ގޯނާގެ ތުހުމަތުތަކެއް ކުރެވުމުން ފިލްމުގެ ޕޯސްޓް ޕްރޮޑަކްޝަން މަސައްކަތްތައް ހުއްޓި، އެ ތާރީހަށް ފިލްމު ނުނިންމުނީ އެވެ.

މިހާރު "ސުޕަ 30" އާ ހަވާލުވެގެން ހުރީ އަނޫރާގް ކެޝަޕެވެ.

0 ކޮމެންޓް, 2 ރިއެކްޝަންސް

icon happy icon happy 100%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454

Share your opinion about "Mihaaru" new website

"މިހާރު"ގެ އާ ވެބްސައިޓާ ބެހޭ ގޮތުން ހިޔާލު ފޮނުވުމަށް

ނަން އަދި ޚިޔާލު ޖައްސަވާ!
Please fill in name and opinion.
ތިޔަ ޚިޔާލު ލިބިއްޖެ. ޝުކުރިއްޔާ!
We have recieved your message. Thank You!