04 ޖޫން 2019 - 06:46
ޔާޝްރާޖް ފިލްމްސް (ވައިއާރްއެފް) ގެ ކާމިޔާބު ފްރެންޗައިޒް "ދޫމް" ގެ ފިލްމަކުން ޝާހްރުކް ފެނިދާނެ ކަމަށް ބުނާ ވާހަކަ ދެކެވޭތާ މިހާރު ލައްކަ ދުވަސްވެއްޖެ އެވެ. އެ ސީރީޒްގެ ތިން ބައި މިހާތަނަށް ގެނެސް ދީފައިވާ އިރު، ރިޕޯޓްތައް މިހާރު ބުނަނީ ހަތަރު ވަނަ ފިލްމަކީ ޝާހްރުކްގެ ފަހަރު ކަމަށެވެ.
"ދޫމް" ކޮންމެ ފިލްމެއްގެ ވެސް އެންމެ ހާއްސަ ކެރެކްޓާއަކީ އެ ފިލްމުގެ ވިލަން އެވެ. އެ ރޯލް ކޮންމެ ފަހަރަކު ވެސް ކުޅެނީ މަޝްހޫރު އެކްޓަރެކެވެ. ދެހާސް ތޭރައިގައި ރިލީޒްކުރި "ދޫމް 3" ގެ ވިލަން އަކީ އާމިރު ހާނެވެ. ރިތިކް ރޯޝަންއަކީ 2006 ގެ "ދޫމް 2" ގެ ވިލަން އެވެ. ދެހާސް ހަތަރެއްގައި ރިލީޒް ކުރި "ދޫމް" ގެ ވިލަންއަކީ ޖޯން އަބްރަހަމް އެވެ.
ފާހަގަކޮށްލެވޭ އަނެއް ކަމަކީ "ދޫމް" ގެ ގެ ވިލަން އަބަދުވެސް ވަރަށް ސްޓައިލިޝްވެފައި، މަކަރާއި ހީލަތް ހަދަން ވެސް އެހާ މޮޅު ކަމެވެ. އެހެންވެ މިއީ ވަރަށް ގިނަ އެކްޓަރުން ޝައުގުވެރިވާ ރޯލެކެވެ.
ފިލްމީ ހަބަރުތައް ގެނެސްދޭ ނޫސްތަކުން ބުނި ގޮތުގައި މާ ލަހެއް ނުވެ ވައިއާރްއެފުން "ދޫމް 4" އިއުލާން ކުރާނެ އެވެ.
ޝާހްރުކަށް ފިލްމުގެ ނުބައިބައި ރޯލް ކުޅެން މިހާރު ހުށަހަޅާފައިވާ އިރު، ފިލްމު ޑައިރެކްޓް ވެސް ކުރާނީ އާ ޑައިރެކްޓަރެއް ކަމަށް މީޑިއާތަކުން ބުންޏެވެ.
"ދޫމް" ގެ ފުރަތަމަ ދެ ފިލްމު ޑައިރެކްޓް ކުރީ ސަންޖޭ ގަދުވީ އެވެ. އަދި ތިން ވަނަ ބައި ޑައިރެކްޓް ކުރީ ތިން ފިލްމުގެ ވެސް ސްކްރީންޕްލޭ ލިޔުނު ވިޖޭ (ވިކްޓާ) ކްރިޝްނާ އަޗާރިިއާ އެވެ. އޭނާ އަކީ މިދިޔަ އަހަރުގެ ވައިއާރްއެފްގެ ބޮޑު ފްލޮފް "ތަގްސް އޮފް ހިންދުސްތާން" ގެ ވެސް ޑައިރެކްޓަރެވެ.
"ދޫމް 4" ގެނެސްދޭ އިރެއް އަދި ނޭނގެ އެވެ. އަދި ފިލްމު ޝާހްރުކަށް ހުށަހަޅާފައިވާ ކަމަށް ބުނާ އިރު، މި ފަހުން ކުޅުނު ހުރިހާ ފިލްމުތަކެއް ފްލޮޕްވުމުން އޭނާ ވަނީ އެކްޓިން އިން ބްރޭކެއް ބޭނުންވާ ކަމަށް ބުނެފަ އެވެ. އެހެންވެ ސުވާލަކީ "ދޫމް 4" އިން ޝާހްރުކް ފެނިދާނެތޯ އެވެ؟
Yashraj Films foari kendifai
The most trusted news source in the Maldives
Mihaaru
ވައިއާރްއެފް މި ފަހުން ފެންނަނީ ވަރަށް ފަނޑުކޮށް.
މި ސީރީޒްގެ ވިލަން އާއި ބަތަލާ އިން ކޮންމެ ފަހަރަކު ބަދަލުވިޔަސް، ކޮންމެ ފިލްމެއްގައި ވެސް އުޅޭ ދެ އެކްޓަރުންނަކީ ފުލުހުންގެ ރޯލް ކުޅޭ އަދި ޖޭ ޑިކްސިޓްގެ ކެރެކްޓާ ކުޅޭ އަބީޝެކް ބައްޗަން އާއި އަލީގެ ކެރެކްޓާ ކުޅޭ އުދޭ ޗޯޕްޅާ އެވެ.
އުދޭއަކީ "ދޫމް" ގެ ޕްރޮޑިއުސަރު އަދިތިޔާ ޗޯޕްޅާގެ ކޮއްކޮ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy