"މުލާން"ގެ ބަތަލާ ދެއްކި ވާހަކަޔަކުން ފިލްމު ބޮއިކޮޓްކުރަން ގޮވަނީ

ހޮންކޮންގުގައި ކުރަމުން އަންނަ މުޒާހަރާގެ ބައިވެރިންނާ ދެކޮޅަށް ފުލުހުން ހިންގާ ހަރަކާތްތަކަށް ތާއީދުކޮށް، ޑިޒްނީގެ ފިލްމު "މުލާން" ގެ ބަތަލާ ވާހަކަ ދެއްކުމުން އެ ފިލްމު ބޮއިކޮޓްކުރަން ގޮވާލަން ފަށައިފި އެވެ.


އެމެރިކާގެ ރަށްވެހިކަން ވެސް އޮންނަ ޗައިނާގެ ބަތަލާ ލިއު ޔިފީ ޗައިނާ ސަރުކާރުގެ ނޫހެއް ކަމަށްވާ ޕީޕަލްސް ޑެއިލީގެ އާޓިކަލެއް، އެ ގައުމުގެ މަޝްހޫރު ސޯޝަލް ޕްލެޓްފޯމް ވެއިބޯގައި ޝެއާކުރަމުން ބުނީ "ފުލުހުންނަށް ތާއީދު" ކަމަށާއި "އެހެންވީމާ އަހަރެންގެ ގައިގައި ވެސް ތަޅައިގަންނަންވީ" ކަމަށެވެ.

އޭނާގެ މި ވާހަތަކާ ގުޅިގެން ވަރަށް ގިނަ ބަޔަކު ރުޅި އައިސް، ލިއުގެ ފިލްމު ބޮއިކޮޓްކުރަން ދަނީ ގޮވައިލަމުންނެވެ.

ބައެއް މީހުން ޓްވިޓާގައި ބުނީ ލިއު ފުލުހުންނަށް ތާއީދުކުރާ ކަމަށް ބުނުމަކީ މުޒާހަރާގެ ބައިވެރިންނަށް ފުލުހުން ކުރާ އަނިޔާ އަށް ތާއީދުކުރުން ކަމަށެވެ. އެހެންވެ މިވަރުގެ ބަތަލާއެއްގެ ފިލްމެއް ބަލަން ރައްޔިތުންގެ ފައިސާ ހޭދަކުރުމަކީ އެއްގޮތަކަށް ވެސް ހެޔޮވާނެ ކަމެއް ނޫން ކަމަށް ބައެއް މީހުން ބުންޏެވެ.

"މުލާން" އަކީ އަންނަ އަހަރުގެ މާޗް 27 ގައި ރިލީޒް ކުރަން ތާވަލުކޮށްފައިވާ ފިލްމެކެވެ. މިއީ 1998 ގައި ޑިޒްނީން ހަމަ އެ ނަމުގައި ގެނެސް ދިން އެނިމޭޓެޑް ފިލްމުގެ ލައިވް-އެކްޝަން ފިލްމެވެ.