12 ސެޕްޓެމްބަރ 2019 - 08:15
މި މަހުގެ 18 ގައި ބާއްވާ އައިފާ އެވޯޑްސްގެ ގިނަ ނޮމިނޭޝަންތައް ޑައިރެކްޓަރު މެގްނާ ގުލްޒާރުގެ "ރާޒީ" އަށް ލިބިއްޖެ އެވެ.
ކަރަން ޖޯހަރު ޕްރޮޑިއުސްކޮށް، އާލިއާ ބަޓާއި ވިކީ ކޯޝަލް ލީޑް ރޯލް ކުޅުނު މި ފިލްމަށް ލިބުނު ބޮޑެތި ނޮމިނޭޝަންތަކަކީ އެންމެ މޮޅު ފިލްމު، އެންމެ މޮޅު ޑައިރެކްޓަރު (މެގްނާ)، އެންމެ މޮޅު ބަތަލާ (އާލިއާ)، އެންމެ މޮޅު އެކްޓަރު (ވިކީ)، އެންމެ މޮޅު މިއުޒިކް ޑައިރެކްޓަރު (ޝަންކަރް-އިހުސާން-ލޯއި)، އެންމެ މޮޅު ވާހަކަ (ހަރިންދަރު އެސް ސިއްކާ)، އެންމެ މޮޅު ޅެން (ގުލްޒާރު)، އެންމެ މޮޅު ފިރިހެން ލަވަކިޔުންތެރިޔާ (އަރިޖިތު ސިންގް) އަދި އެންމެ މޮޅު އަންހެން ލަވަކިޔުންތެރިޔާ (ސުނީދީ ޗޯހަން) އެވެ.
* އެންމެ މޮޅު ފިލްމު: ރާޒީ، އަންދާދުން، ބަދާއީ ހޯ، ޕަދުމާވަތު، ސަންޖޫ
* އެންމެ މޮޅު ޑައިރެކްޓަރު: މެންގާ (ރާޒީ)، ސަންޖޭ ލީލާ ބަންސާލީ (ޕަދުމާވަތު)، ރާޖްކުމާރު ހިރާނީ (ސަންޖޫ)، ބަދާއީ ހޯ (އަމިތު ޝަރުމާ)، ސްރީރާމް ރަގްވަން (އަންދާދުން)
* އެންމެ މޮޅު ބަތަލު: އަޔޫޝްމަން ކުރާނާ (އަންދާދުން)، ރާޖްކުމާރު ރާއޯ (އިސްތިރީ)، ރަންބީރު ކަޕޫރް (ސަންޖޫ)، ރަންވީރު ސިންގް (ޕަދުމާވަތު)، ވިކީ ކޯޝަލް (ރާޒީ)
* އެންމެ މޮޅު ބަތަލާ: އާލިއާ (ރާޒީ)، ދީޕިކާ ޕަދްކޯން (ޕަދުމާވަތު)، ނީނާ ގުޕްތާ (ބަދާއީ ހޯ)، ރާނީ މުކަރްޖީ (ހިޗްކީ)، ތައްބޫ (އަންދާދުން)
* އެންމެ މޮޅު ސަޕޯޓިން އެކްޓަރު: އަނިލް ކަޕޫރް (ރޭސް 3)، ޖިމް ސަރްބް (ޕަދުމާވަތު)، މަނޯޖް ޕަހްވާ (މުލްކް)، ޕަންކަޖް ތުރިޕަތީ (އިސްތިރީ)، ވިކީ ކޯޝަލް (ސަންޖޫ)
* އެންމެ މޮޅު ސަޕޯޓިން ބަތަލާ: އަދިތީ ރާއޯ ހައިދަރީ (ޕަދުމާވަތު)، ނީނާ ގުޕްތާ (މުލްކް)، ރާދިކާ އަޕްޓޭ (އަންދާދުން)، ސުރޭޚާ ސިޚްރީ (ބަދާއީ ހޯ)، ސްވަރާ ބާސްކަރް (ވީރޭ ދީ ވެޑިން)
* މޮޅު މިއިޒިކް ޑައިރެކްޓަރު: ބަންސާލީ (ޕަދުމާވަތު)، އަމިތު ތުރިވެދީ (މަންމަރުޒިޔާ)، އަމިތު (އަންދާދުން)، ޝަންކަރު-އެހްސާން-ލޯއި (ރާޒީ)، ސޯނޫ ކީ ޓިޓޫ ކީ ސްވީޓީގެ ޓީމް
* އެންމެ މޮޅު ވާހަކަ: އަންދާދުން، ސަންޖޫ، ބަދާއީ ހޯ، ރާޒީ، ޕެޑްމޭން
* އެންމެ މޮޅު ޅެން: އަމީތާބް ބަޓަޗަރިއާ (ދަޅަކް)، ގުލްޒާރު (ރާޒީ)، އިރުޝާދު ކާމިލް (ޒީރޯ)، ޖެއިދީޕް ސާނީ (އަންދާދުން)، ޝެލީ (މަންމަރުޒިޔާ)
* އެންމެ މޮޅު ފިރިހެން ލަވަިޔުންތެރިޔާ: އަރިޖިތު ސިންގް (ރާޒީ/ސޯނޭ ކޭ ޓިޓީ ކީ ސްވީޓީ)، އަމިތު ތުރިވޭދީ (އަންދާދުން)، އަބްދޭ ޖޯދުޕުރްކާރް (ޒީޒޯ)، ސުކްވިންދަރު ސިންގް (ސަންޖޫ)
* އެންމެ މޮޅު އަންހެން ލަވަކިޔުންތެރިޔާ: ސުނީދީ (ރާޒީ/ސަންޖޫ)، ޝްރެޔާ ގޯޝަލް (ޕަދުމާވަތު)، ތުލްސީ ކުމާރު (ސަތިޔަމޭޖް ޖަޔަތޭ)، ހަޝްދީޕް ކޯރް/ވިބާ ސަރަފް (ރާޒީ)
Book your tickets right away because this is the only place you need to be on the 18th of September, 2019. https://t.co/RAoETZ6xdG#iifa20 #iifahomecoming #nexaexperience pic.twitter.com/nWidDAMThx
— IIFA Awards (@IIFA) September 10, 2019
މި އަހަރު ބާއްވާ 20 ވަނަ އައިފާ އެވޯޑަކީ މުޅިން އަލަށް އިންޑިއާގައި މި އެވޯޑް ހަފުލާ ބާއްވާ ފަހަރެވެ. އައިފާ މީގެ ކުރިން މުޅިން ވެސް ބޭއްވީ ދުނިޔޭގެ އެކި ގައުމުތަކުގަ އެވެ. މުމްބާއީގައި އެވޯޑް ހަފުލާ އޮންނާނީ ޑޯމް އެންއެސްސީއައި އެސްވީޕީ ސްޓޭޑިއަމްގަ އެވެ.
މި އަހަރުގެ އެވޯޑް ހަފުލާ އަޔޫޝްމަން ކުރާނާ އާއި އަރުޖުން ކަޕޫރް ހޯސްޓްކުރާ އިރު، ހަފުލާގައި ފަފޯމްކުރާ ތަރިންގެ ތެރޭގައި މަދޫރީ ޑިކްސިޓް، ސަލްމާން ހާން، ކެޓްރީނާ ކެއިފް، ރަންވީރު ސިންގް، ވިކީ ކޯޝަލް އަދި ސާރާ އަލީ ޚާން ހިމެނެ އެވެ.
އައިފާ އެވޯޑް އާންމުންނަށް ޓީވީން ބަލައިލަން ތަންކޮޅެއް ފަހުން ލިބުނަސް، މި އެވޯޑް ހަފުލާގެ ރަސްމީ ޗެނެލް ކަލާޒްގެ ޑިޖިޓަލް ޕްލެޓްފޯމް ވޫޓުން 18 ވަނަ ދުވަހު ލައިވް ސްޓްރީމްކުރާނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy