14 ސެޕްޓެމްބަރ 2019 - 09:01
ގޯވިންދާ އަކީ ކުރިން ބޮލީވުޑްގެ ވަރަށް މަގުބޫލު އެކްޓަރަކަށް ވިޔަސް އޭނާގެ ޖާދޫއެއް މިހާރަކު ނެތެވެ. އަނެއްކޮޅުން ގޯވިންދާގެ ލެގަސީ ދަމަހައްޓައިދޭނެ ފެންވަރެއް ވެސް އޭނާގެ ދަރިންގެ ފަރާތަކުން މިހާތަނަށް ފެނިފައެއް ނެތެވެ.
ގޯވިންދާގެ ދެ ކުދިންގެ ތެރެއިން ދޮށީ އަންހެން ދަރިފުޅު ޓީނާ އަހޫޖާ، 30، ބޮލީވުޑްގެ ކެރިއާއެއް ބިނާކުރަން މަސައްކަތްކުރި އެވެ. އެގޮތުން 2015 ވަނަ އަހަރު "ސެކަންޑް ހަޒްބެންޑް" ކިޔާ ފިލްމެއް ކުޅުނަސް، އެއީ ބެލުންތެރިންނަށް އެއްގޮތަކަށް ވެސް ކަމުދިޔަ ފިލްމެއް ނޫނެވެ. އަދި އެ ފިލްމުން ޓީނާ އަށް ދެއްކުނު ޖާދޫއެއް ވެސް ނެތެވެ.
Hey guys my new song "milo na tum" is out now !!! Featuring Tina Ahuja.
— Gajendra Verma (@ivermagajendra) September 12, 2019
Check it out!!!https://t.co/lWGuCZrYkR
އެހެންވެ "ސެކަންޑް ހަޒްބެންޑް" އަށް ފަހު އޭނާ ގެއްލުނީ އެވެ. އެކަމަކު އަހަރުތަކެއް ފަހުން މިހާރު މިއޮތީ ޓީނާ ފެންނަ ވީޑިއޯ ލަވައެކެވެ. މި ވެސް އެހާ މަޝްްހޫރު ނޫން ލަވަކިޔުންޔެރިއެއްގެ ލަވައެކެވެ. ގަޖެންދުރަ ވަރުމާގެ އާ ސިންގަލް "މިލޯ ނާ ތުމް" ގައި އޭނާއާ އެކު ފެނިގެން ދަނީ ވަރަށް ގްލެމެރަސްކޮށް އަދި އެހާމެ ޒަމާނީކޮށް ޓީނާ އެވެ.
ލަވަ ޑައިރެކްޓްކޮށްފައި ވަނީ އަމަން ޕްރަޖަބަތެވެ. ލަވައިގެ މިއުޒިކާއި ޅެން ހަދައި، ލަވަކިޔާފައި ވަނީ ގަޖެންދުރަ އެވެ.
"މިލޯ ނާ ތުމް" ލޯންޗްކުރަން ބޭއްވި އިވެންޓްގައި ގޯވިންދާ އާއި އަންހެނުން ސުނީތާ ވެސް ބައިވެރިވެ، ދަރިފުޅުގެ އުފަލުގައި ހިއްސާވި އެވެ.
ޓީނާގެ އިތުރުން ގޯވިންދާގެ ދެން ހުންނަނީ ޔާޝްވަރުދަން އަހޫޖާ، 22، އެވެ. އޭނާއަކީ ވެސް ބޮލީވުޑަށް ތައާތަފުވާން ފުރުސަތެއް ނުލިބު ހުރި ޒުވާނެކެވެ. ދޭތެރެއަކުން ޔާޝް ފިލްމު ކުޅެން ފަށައިފާނެ ކަމުގެ އަޑުތަކެއް ވެސް އަރަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy