މުނިފޫހިފިލުވުން / ބިންމާ އިބްރާހީމް ވަހީދު

ދެކޭހިތްވޭ ނިކަން

ބުދަ ދުވަހާ ގުޅޭ

އަހަރެން ވަރަށް ސަމާލުކަންދީގެން އަޑުއަހަން އިންދާ އަހްސަން ޖަވާބުދޭން ފެށިއެެވެ.

"މީހެއްގެ އެކަނިހުރި ދަރިއަކަށްވެފަ، ބޮޑު ގޯއްޗެއް އޮތީމަ، އުޅެން ފަސޭހަޔަކަށް އިން މީހެއް އެއީ،" އަހްސަން ބުންޏެވެ. "ކަލޭމެންނަކަށް ނޭނގޭނެ ކިހާ މަސައްކަތެއް އަހަންނަށް ކުރަންޖެހުނުކަމެއް."

އަހްސަން ވަރަށް ގިނަ ވާހަކަދެއްކިއެވެ. އެކަމަކު އަހަރެން ކަންފަތަށް އިނގިލިޖެހީމެވެ. ހިތަށްއެރިއެވެ. އަހްސަންގެ ޖަވާބު އަހަންނަށް އަޑުނީވުނު ނަމައެވެ. އިތުރަށް އަހަރެން ދެން ބޭނުންވާނީ ކޮން ހެއްކެއް ހެއްޔެވެ؟ ނާސިހާގެ ވާހަކައާއި، ނާދަންގެ ވާހަކައާއި، އެންމެ ފަހުން އަންސަންގެ ދުލުން ވެސް ޖަވާބުލިބުނީއެވެ. އަހަންނަށް ހައްޖަށް އާދެވުނީ އެ ޖަވާބު އަޑުއިވެންބާއެވެ؟ ނޫން ނަމަ އަރަބިކަރައިގެ ހަނަފަސް ސަރަހައްދެއްގައި އަހަރެން ކުރަންއޮތީ ކޮންކަމެއް ހެއްޔެވެ؟ ޖެހިލާ ހޫނު ވަައިރޯޅީގެ ބޫންއަޑާއި، ބޯމަތިވާ ވެލީގެ ތޫފާން ފިޔަވައި އެ ތަނުގައި އަހަންނަށް އޮތީ ކޯޗެއް ހެއްޔެވެ؟ އަހަރެންގެ ވަށައިގެންވަނީ އެކަނިވެރިކަމެވެ. ހިތްދަތިކަމެވެ. އުފަން ވަޒަނާ އެތަކެއް ހާސް މޭލެއްގެ ދުރުގައި އަހަންނަށް އަޅާލާނެ މީހަކު ނެތެވެ. އަނގައިން ބުނެލާނެ މީހަކު ނެތެވެ. ރޭގަނޑު އެހާ ދިގެވެ. ދުވާލު އެހާ ފޫއްސެވެ. އަހަރެންގެ ހަމައެކަނި އެކުވެރިޔަކީ ކެތްތެރިކަމެވެ.

ކޮންމެ ރެޔަކު ވެސް ނަމާދު ނިންމައިފައި އަހަރެން އަންނަނީ ކޮޓަރިއަށެވެ. އަހްސަން ކޮޓަރިއަކަށް ނާދެއެވެ. އޭނަ ދާތަނެއް އަހަންނަކަށް ނޭނގެއެވެ. އަނގައިން ބުނެލާނެ މީހަކު ނެތި، ބޭރު ގައުމެއްގެ ކުޑަކުޑަ ކޮޓަރިއެއްގައި އެކަނިމާއެކަނި އެތައް އިރަކު އިންނަންޖެހުމުން އަހަރެން އިންނަނީ ކޮންމެވެސް ގޮތެއްވެފައެވެ. ހާސްވެއެވެ. ބިރުގަނެއެވެ. ދެރަވެއެވެ. އެކަމަކު ނުރޮމެވެ. ހަޅޭކެއްނުލަވަމެވެ. ތެޅިފޮޅިއެއްނަހަދަމެވެ. އޮށޯވެލައިގެން ހަރަކާތް ހުއްޓިފައި އަހަރެން އޮންނަނީއެވެ. އެހެން އޮންނައިރު ވަރަށް ގިނަ ފިކުރުކުރެވެއެވެ. މާލެގޮސްފައި އަހަރެން ދެން ވަރިވާންވީ ހެއްޔެވެ؟ މާލެ ނުދާންވީ ހެއްޔެވެ؟ އަރަބިކަރައިގެ ހަރު ބިންގަނޑު އަހަރެންގެ ސަންދޯކަކަށް ހަދަންވީ ހެއްޔެވެ؟ މަރުވެފައި ވެސް އޮންނަން އަހަރެން ބޭނުންވަނީ އަހްސަން ނެތް ބިމެއްގައެވެ. އެހާ ވެސް ބޮޑަށް އަހްސަން ދެކެ އަހަރެން ފޫހިވިއެވެ. އަމިއްލައަށް މަރުވުމުން ކުފުރު ނުވާ ނަމަ އަހަރެންގެ ދެއަތުން ކަށްވަޅު ކޮނުނީމުހެވެ.

އެއްރެޔަކު އަހްސަން އައީ އަންހެނަކު ގޮވައިގެންނެވެ. އަހްސަން ބުނި ގޮތުގައި އެއީ އަހްސަންގެ ތިމާގެ މީހެކެވެ. އެކަމަކު އަހަރެން އޭގެ ކުރިން އޭނައެއް ނުދެކެމެވެ. އަހަރެން ގާތުގައި އޭނަ ބައިންދައިފައި އަހްސަން ދިޔައީއެވެ. އަލަށް ފެނުނު މީހެއްކަމުން އޭނަޔާ ދައްކާނެ ވާހަކައެއް އަހަންނަކަށް ނުވިސްނުނެވެ. ހުރިހާ ވާހަކައެއް ދެއްކީ އޭނައެވެ.

"މީ ހާދަހާ މާތް ބިމެކޭ!" އެކި ވާހަކަދައްކަމުން ގޮސް އޭނަ ބުންޏެވެ. "މި ބިމުން އެނބުރިދާއިރު ހިތް އޮންނާނީ ހުދު ފޮތިކޮޅެއްހެން. ދުނިޔެއަށް އުފަންވި ދުވަހެކޭ އެއްފަދަ. އަހަރެންގެ ފިރިމީހާއަކީ ކުރިން ވަރަށް ނުބައިކޮށް އުޅުނު މީހެއް. އެކަމަކު އޭނަ ވެސް ހައްޖުވެގެން އައިސް ދެން ވަރަށް ރަނގަޅު. އާ ފެށުމަކުން ފެށީ."

އަހަރެން ހިތަށްއެރިއެވެ. އަހަރެން ގާތުގައި އޭނަ އެ ވާހަކަތައް ދައްކަނީ ކީއްވެގެންބާއެވެ؟

"އޭނައަށް ވެސް ވިސްނުނީ ތައުބާވެ އިސްލާހުވާން މިއަށް ވުރެ ރަނގަޅު ފުރުސަތެއް ދެން ނުލިބޭނެކަން." އޭނަ ދައްކަންއައި ވާހަކަ ނިންމާލަމުން ބުންޏެވެ.

ކުރި ގޮތަކަށް ހައްޖުކޮށްގެން އަހަރެން މާލެއައީމެވެ. އެކަމަކު ހިތް އޮތީ ސުވާލުން ފުރިފައެވެ. ހައްޖުވުމަށް ޓަކައި މީހުން ދަސްކުރަނީ ކޯޗެއް ހެއްޔެވެ؟ އަހަރެން އެކައްޗެއް ވެސް ދަހެއް ނުކުރަމެވެ. އާ ކަމެއް ވެސް ނުކުރަމެވެ. އަހަންނަށް ހީކުރެވުނީ ހައްޖުގެ އަޅުކަން އަދާކުރާ ގޮތަކީ އެއީކަމަށެވެ. އަހަރެންގެ ހިތްއެދުނީ ރާޝިދާ ބައްދަލުކުރުމަށެވެ. ސިކުނޑި ބުނަނީ ދެން އެ ކަހަލަ ކަންތައްކުރަން ހެޔޮނުވާނެކަމަށެވެ. އަހަރެން ހުރީ ދެކަފި މަގެއްގެ ކަންމަތީގައެވެ. ރާޝިދާ ބައްދަލުކުރަން ބޭނުން ނަމަ އަހަރެން ކުރަންޖެހޭނެހާ ވެސް ކަމަކީ ނާސިހާއަށް އިޝާރާތެއްކުރުމެވެ. ހިތާމައަކީ އެ އިޝާރާތްކުރަން އަހަރެންގެ ދޫ އުޒުރުވެރިވިކަމެވެ. ހައްޖަށް ގޮސްފައި އައިސް ހިލޭ ފިރިހެނަކާ އެ ފަދަ ގުޅުމެއް ބާއްވަން އަހަންނަކަށް އެހާ ފަސޭހައެއް ނުވިއެވެ.

ގޭގައި ފާތިހާއަކަށް ކެއްކި ދުވަހެކެވެ. ރޫސިހާބަތާއި، ކަނޑުކުކުޅާއި، ހަލުވިދާ ވެސް ހުއްޓެވެ. އެ ހުރިހާ އެއްޗެއް ވެސް ރާޝިދަށް ވަރަށް މީރުވާނެއެވެ. ކަޅިމަތިބަލައިފައި ރާޝިދު ގެއަށް ގެންނަން ތަކުރާރުކޮށް އަހަރެންގެ ހިތް އެދެމުންދިޔައެވެ. އޭރު ރާޝިދު ނުދެކޭތާ ދެ މަސް ވެދާނެއެވެ. ހިތް ބުންޏެވެ. ފާތިހާއަށް ކައްކައިފައި މީހަކަށް ކާންދިނުމަކީ ގޯސްކަމެއް ނޫނެވެ. ޞަލަވާތްފުޅު ކިޔަވަން ބަޔަކު ގެނެވެންޏާ ރާޝިދު ނުގެނެވެންވީ ކީއްވެގެން ހެއްޔެވެ؟ އަރައިރުންވީ ސިކުނޑިއެވެ. ސިކުނޑި އަހަންނަށް ވިސްނައިދިން ގޮތުގައި ރާޝިދަކީ ތަފާތު މީހެކެވެ. އެހެން ނޫން ނަމަ ރާޝިދު ގެއަށް ގެންނަން ކަޅިމަތިބަލާކަށް ނުޖެހޭނެއެވެ.

"އަހަރެން ހީކުރީ މިއަދު ރާޝިދު ކާން އަންނާނެކަމަށް. ނުގެންނަން ދޯ؟" އަހްސަންގެ ފަހަރި ބުންޏެވެ. "ތީ އަހްސަން ބޭނުންވި ގޮތް. އަހަރެން ބުނިން މޫނި ހައްޖަށް ގެންދާށޭ އޭރުން ބަސްއަހާފާނޭ."

ކުއްލިއަކަށް އަހްސަން ހައްޖަށް ފުރި ސަބަބު އަހަންނަށް އޮޅުންފިލަން ފެށިއެވެ. އަހަންނާއި ރާޝިދުގެ ވާހަކަ ފަހަރިޔަށް އެނގޭކަމަކަށް އަހަރެން ހިޔެއްނުކުރަމެވެ. ހިތަށްއެރިއެވެ. ހާދަހާ ހިސާބަކަށް އެ ވާހަކަ ދަތުރުކޮށްފިއެވެ.

"އަހަރެން ބަސްނާހައިގެން ކީއްކުރީ؟" އަހަރެން އެހީމެވެ. "ހައްޖަށް ފޮނުވައިގެން ރަނގަޅުކުރަންޖެހޭ ވަރުގެ ނުލަފާ ކޮންކަމެއްބާ އަހަންނަށް ކުރެވުނީ؟"

"އަހްސަން އެ ވާހަކަދެއްކީ ވަރަށް އެހެން ކަހަލަ ގޮތަކަށް،" ފަހަރި ބުންޏެވެ. "މޫނި މީހަކާ ހިތާވެގެންނޭ މި އުޅެނީ، މި ކަން ހުއްޓުވާނީ ކިހިނެއްހޭ އެހީ. އޭނަ ހުރީ ހަދާނެ ގޮތް ހުސްވެފަ. އެހެންވެ އަހަރެން ބުނީ އޭނަ ގޮވައިގެން ހައްޖަށްދޭބަލާށޭ. އެޔޭ ދެން އޮތްގޮތަކީ. ހައްޖަށް ދިޔައިމަ މީހުން ވަރަށް އިސްލާހުވެޔޭ!"

ދެބަސްވެވޭކަށް ނެތެވެ. ރާޝިދު ދެކިލަން ބޭނުންވިޔަސް އެ ކަމަށް މަގުފަހިކުރަން އެއްވެސް ކަމެއް ކުރާކަށް އަހަންނަކަށް ނުކެރުނެވެ. ހީކުރީމެވެ. އެއީ ރަނގަޅެކެވެ. ކެތްކޮށްލާނީއެވެ. އަހްސަން ކިތަންމެ ނުބަޔަސް އަހަރެންނަށް ކީއްހެއްޔެވެ؟ އޭނަ ކުރިކަމެއް އޭނަޔަށެވެ. ރާޝިދުގެ އެއްވެސް ޚަބަރެއް ނުވެއެވެ. އޭނަ ބޭނުން ނަމަ ނާސިހާ މެދުވެރިކޮށް އަހަންނަށް ސިޓީ ފޮނުވުނީހެވެ. ހާލުއަހުވާލު ބެލުނީހެވެ. އެ ކަހަލަ ކަމެއް ރާޝިދު ނުކުރެއެވެ. އެއީ ކީއްވެގެން ހެއްޔެވެ؟ އެ ސުވާލުގެ ޖަވާބު އަހަރެން ބޭނުންވިއެވެ. އަހަރެން މަތިން ރާޝިދު ހަނދާންނައްތައިލީ ހެއްޔެވެ؟ ރާޝިދުގެ ހިތް އެހެން މީހަކަށް ހަދިޔާކުރީ ހެއްޔެވެ؟ ވީގޮތް އަހަންނަށް އެނގެން ބޭނުންވިއެވެ. ހިތަށް ކެތްނުވެގެން ރާޝިދާ ބައްދަލުކުރާނެ ބަހަނާއެއް ހޯދަނީކަމެއް އޭރަކު ނުވިސްނެއެެވެ. އެންމެ ފަހުން ކެތްނުކުރެވިގެން އަހަރެންގެ ފައި ކައްސައިލިއެވެ.

"ތިހެން އުޅޭއިރު ރާޝިދާ ދިމައެއް ނުވޭތަ؟" ނާސިހާ ގާތުގައި އަހަންނަށް އެހުނެވެ.

"މޫނި ތި ކަހަލަ އެއްޗެއް އަހަންދެން މަޑުކޮށްލައިގެން މިހިރީ،" ނާސިހާ ހުރީ ކެތްމަދުވެފައެވެ. "އަހަރެން ނުވާނެއްނު އިބިލީހަށް ވާކަށް. ރާޝިދު ކީއްކުރަން ރާޝިދުގެ ހިޔަނި ވެސް މޫނިޔަކާ ދެން ވަޔެއްނޭޅޭނެ."

ހިތުގައި ސުވާލުތަކެއް އުފެދި، އޭގެ ޖަވާބު ނުލިބިފައި ހުރި މީހަކު ދެން ހަނުހުންނާނީ ކިހިނެއް ހެއްޔެވެ؟ އަހަރެން ތެޅިފޮޅިގަތީމެވެ.

"އެއީ ކީއްވެ؟" އަހަރެން އެހީމެވެ.

"މޫނި ގޮވައިގެން އަހްސަން ފުރީ ރާޝިދު މައިތިރިކުރަން މީހަކާ ހަވާލުކޮށްފަ،" ނާސިހާ ކިޔައިދިނެވެ. "އެ މީހާ ރާޝިދު ގޮވައިގެން މިސްކިތެއް ކައިރިއަށް ގޮސް ރާޝިދު ލައްވާ ބޮޑު ހުވައެއްކުރުވީ. ދެން ދުވަހަކު ވެސް ރާޝިދު މި ގެއަކަށް ނާންނާނެ."

އަހްސަނަކީ އަހަރެން ދަންނަ މީހެކެވެ. ކޮންމެ މީހަކު ލައްވާ ކޮންމެ ފަދަ ކަމެއް ވެސް އޭނަ ކުރުވަފާނެއެވެ. އަހަރެންނަށް ސިހުރުހަދުވާ މީހަކު ނުކުރާނީ ކޮންކަމެއް ހެއްޔެވެ؟ ނާދަން ބުނި ގޮތުގައި އަހްސަން ބޭނުމީ ގޯއްޗެވެ. ވީއިރު އަހަންނާ ރާޝިދު ދުރުކުރުވަން އަހްސަން އުޅެނީ ކީއްވެގެން ހެއްޔެވެ؟ އެ ސުވާލު ނާހައެއް އަހަންނަކަށް ކެތެއް ނުކުރެވުނެވެ. އަހްސަންގެ އިންތިޒާރުގައި ދެކޮޅަށް ހިނގާލަހިނގާލާ ހުއްޓައި އަހްސަން ގެއަށް ވަނެވެ. އަހަރެން ޒުވާބެއް ނުކުރަމެވެ.

"ރާޝިދު ލައްވާ ކޮން ހުވައެއްކުރުވީ؟" އިސްޖަހައިލައިގެން ހުރެ، އަދަބުވެރިކަމާ އެކުގައި އެހީމެވެ. "އަހަންނަށް އެނގޭ އަހަރެން ދެކެ އަހްސަން ލޯބިނުވާކަން. ދެން ކީއްކުރަން އަހަރެން ތި ހިފާއްޓަނީ؟ އަހަރެން މަރާނުލާ ދޫކޮށްލިއްޔާ މާ ރަނގަޅެއްނު! ގެއެއްނު ބޭނުންވެގެން ތިއުޅެނީ. އަހަރެން މި ގޯތި ހަމަޔަށް ބައިކޮށްފަ އެއްބައި ދީފާނަން. ކުޑައެއް ނުވާނެއްނު!"

އަހަރެން ދެއްކި އެއްވެސް ވާހަކައަކަށް އަހްސަން ޖަވާބެއް ނުދިނުމުން އަހަރެން އިސްއުފުލައިލީމެވެ. އަހްސަނާ ހަތަރުކަޅި ހަމަކުރީމެވެ. އަހްސަން ހުރީ ކޮންމެވެސް ގޮތެއްވެފައެވެ. އޭނަ ބަލަހައްޓައިގެންހުރި ގޮތުން ހީވަނީ އަހަރެން ކުރިމަތީގައި އަހްސަން ހުރި ނަމަވެސް އޭނަ ހުރީ އެ ތާކު ނޫންހެންނެވެ. ނިތްކުރީގައި ރޫތައް ގިނަވެ، ދެ ލޯ ބޮޑުވެ، އަހްސަންގެ އަނގަ ހުރީ ކުޑަކޮށް ހުޅުވިފައެވެ.

"ކިހިނެއްވީ؟" އަހަރެން އެހީމެވެ.

އަހްސަން ކުރީ ހަރަކާތެކެވެ. ބުނަންއުޅުނުހެން ހީވަނީ އޭނަގެ އެތެރެހަށިން އުދާހެއްއަރާ ވާހަކައެވެ. މޭއަންދާ ވާހަކައެވެ. އަހަރެން ބަލަހައްޓައިގެން ހުއްޓައި އަހްސަން އަރިއަޅައިލިއެވެ. އެކަމަކު ނުއެއް ވެއްޓެއެވެ. ތެދަށް ހުންނަން މަސައްކަތްކުރަމުން ގޮސް އަހްސަން އެނދުގައި އިށީނެވެ. މަޑުމަޑުން އެނދުގައި އޮށޯވެލިއެވެ. އެއީ އަހްސަންގެ ފައިތިލަ އޭނަގެ އަމިއްލަ ބާރުގައި ތަޅުންގަނޑުގައި ޖެހުނު އެންމެ ފަހު ދުވަހެވެ. އޭގެ ފަހުން އަހްސަނަކަށް އެނދަކުން ނުފޭބެއެވެ.

އެންމެ ފުރަތަމަ އަހްސަނަށް ޖެހުނީ ރޯގާއެވެ. އޭގެ ފަހުން ހުންއައެވެ. ބޭރަށްހިންގުން ޖެހުނެވެ. ހީކަރުވަން ފެށިއެވެ. ވާހަކައެއް ނުދެއްކެއެވެ. އަރުން އެއްޗެއް ދިރުވަން އެތައް އިރެއް ނަގައެވެ. ޖެހޭ އެއްވެސް ބައްޔެއް ރަނގަޅެއް ނުކުރެވެއެވެ. މާލޭގައި ތިބި އެއްވެސް ޑަކުޓަރަކަށް އަހްސަނަށް ވާގޮތެއް ނޭނގެއެވެ. ރާއްޖެއިން ބޭރަށް ފުރޭ ވަރަށް ވުރެ އަހްސަން ބައްޔެވެ. އަހްސަން ހިކެން ފެށީ ހައިރާންވާހާ އަވަހަށެވެ. ބޭނުން ނަމަ އަހަންނަށް ޝަކުވާކުރެވުނީހެވެ. އެތައް ކަމެއް އަހްސަނަށް ހަނދާންކޮށްދެވުނީހެވެ. ވާނީ ކޮން ފައިދާއެއް ހެއްޔެވެ؟ އަހްސަންގެ މަރާއި ދިރިހުރުން ގުޅިފައިވާ ވާފަށް ބޮނބިނަރަކަށް ވުރެ ހިމައެވެ. ސިކުންތުކަށި ހުރީ ފަހު ފަހަރަށް ބާރަޔާ ދިމާއަށް މިސްރާބުޖަހައިފައެވެ.

ނުނިމޭ

27 ކޮމެންޓް, 58 ރިއެކްޝަންސް

icon happy icon happy 90%
icon sad icon sad 7%
icon angry icon angry 3%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ހޭއި

14 October 2019

އެއިޑްސް؟ އަހުސަނު؟ މޫނި ވެސް އެއިޑްސް؟

The name is already taken The name is available. Register?

ާއާ މިނާ

13 October 2019

އަދި ކިރިޔާ ރަނގަޅުދި މަލަކަށް ދާހެން މި ހީވަނީ. މިއަޙްސަނުގެ ނި މުން ވ. ހިތިވާންޖެހޭނެ .ޢާއިލާއެއް ފަނާކޮށްލައިފައި އޭނައަށް އުފަލުގައި އުޅެވިގެން ނުވާނެ މޫނުވެސް .ގަ މާރުކަން ހަ މަ ބޮޑީ

The name is already taken The name is available. Register?

ާާިޮޒަން

13 October 2019

މީ ކޮންކަހަލަ ވާހަކަ އެއް ....

The name is already taken The name is available. Register?

ކުރުނީސް

13 October 2019

އަސްލުވެސް ކުރީގަ މީހުން އެހާ ހޭލުންތެރި އެއްނުވާނެ ދީނީ ކަންތަކަށް ....ހައްޖުވަނީ ކިހިނެއްކަމެއް ނޭނގޭ މީހުން ވަރަށް ގިނަވާނެ މޫނިވެސް އެމާތް ބިމަށް ދެވުނީތީ ވެސް ނުބައެއް ނުކުރަން ނިންމައިގެން އެ ހުންނަނީ މ މީ އަސްލު ހިގާފައޮތް ހާދިސާއެއް ހެން ހާދަހީވެޔޭ

The name is already taken The name is available. Register?

ކުލް

16 October 2019

މަވެސް ވަރަށް ތިހެން ހިތައް އަރަ އަރާ މިހުންނަނީ، މީ އަނެއްކާ ޙަޤީޤީ ހާދިސާއެއްބާއޭ

The name is already taken The name is available. Register?

އާމިނަތު1

13 October 2019

އަހަންނަށް ރާޝިދު ދެކެ ލޯބިވެވުނު ފަހުން އޭނަގެ ހަބަރެއް ނުވޭ. ހާދަ ދެރައޭ.

The name is already taken The name is available. Register?

އިންސާނާ

13 October 2019

މޫނި މާ ބޮޑަށް މީހުން ދަށުވެފަ ހުންނަނީ. ކޮން ބަސްނާހާ ވާހަކައެއްތަ އެއީ މިހާރު ބޮޑު މީހެކޭ އަޖައިބެއް

The name is already taken The name is available. Register?

ޑެބް

13 October 2019

ހުވާ އަކީ މޫނި އާ ވައިވެސް ނޭޅުން ޢަޙްސަން މަރުވިއަސް ދެން ރާޝިދު އެއް ނުލިބޭނެ. ރާޝިދުވެސް މޫނިވެސް ދެން ނިމިދާނީ ހުސްހަށިބަޔާ

The name is already taken The name is available. Register?

ސަލީލް

13 October 2019

މި ވާހަކައިގެ ނަމާއި(ދެކޭހިތްވޭނިކަން) އަހަރެންގެ އިހްސާސްއާއި ވަރަށް ގުޅޭ. މި ވާހަކަ ދެކޭހިތްވެ ކިޔާހިތުން ހުންނަނީ ކެތްމަދުވެފަ. ޝުކުރިއްޔާ ބިންމާ.

The name is already taken The name is available. Register?

ގުރައިދޫ މަންޖެ

13 October 2019

ގޭގެ ބޭނުމުގަ އުޅެނީ ނާސިހާ ކަމަށް ވަރަށް ބެލެވޭ

The name is already taken The name is available. Register?

ރުމޭ

13 October 2019

އައި މިސް ރާޝިދު. ރާޝިދު ނެތް ތާކު ދިރުމެއްވެސް ލޯތްބެއްވެސް ނެތް.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454