ބައެއް ފިލްމުތަކާއި ގިނަ އަދަދެއްގެ ޓީވީ ސިލްސިލާތައް ކުޅެފައިވާ އިންޑިއާގެ އެކްޓަރު ކުޝާލް ޕަންޖާބީ ރޭ މަރުވެއްޖެ އެވެ.
މީޑިއާ އިން ބުނީ އުމުރުން 37 އަހަރުގެ އެކްޓަރު މަރުވީ އަމިއްލަ އަށް ކަމަށެވެ. އަދި އެކަން މިހާރު ފުލުހުން ތަހުގީގު ކުރަމުން އަންނަ ކަމަށް މީޑިއާ އިން ރިޕޯޓު ކޮށްފައި ވެ އެވެ.
އޭނާގެ މަރާ ގުޅިގެން އެކީގައި މަސައްކަތް ކުރި ވަރަށް ގިނަ ފަންނާނުން ވަނީ ޓްވިޓާގައި ހިތާމަ ފާޅުކޮށްފަ އެވެ.
ކުޝާލް ސަޕޯޓިން ރޯލްތަކެއް ކުޅުނު ފިލްމުތަކުގެ ތެރޭގައި އަންދާޒް (2003) އާއި ލަކްޝް (2004) އަދި ކާލް (2005) ގެ އިތުރުން 2007 ގެ "ސަމާލޭ އިޝްގް" އާއި "ދޭ ދަނާ ދަން ގޯލް" ހިމެނެ އެވެ. އޭނާ ކުޅެފައިވާ ސިލްސިލާތަކުގެ ތެރޭގައި "އިޝްގް މޭ މަރުޖާވާ" އާއި "ކިޔާ މޭ މިސްޓަރު ޕަންޗަލް" އަދި "ރާޖާ ކީ އާއޭގީ ބާރާތު" ހިމެނެ އެވެ.
ވަރަށް ގިނަ ރިއަލިޓީ ޝޯތައް ވެސް ކުޝާލް ހޯސްޓް ކޮށްފައި ވެ އެވެ. އޭނާ މަރުވި އިރު އަންބަކާއި ދަރިއަކު ދުނިޔޭގައި އެބަތިއްބެވެ.