25 މާޗް 2020 - 08:04
އަންނަ މަހު، އުފަން ދުވަސް ފާހަގަކުރަން މަންމަ ގޮވައިގެން ރާއްޖެ އަށް އަންނަން އޮތް ދަތުރު ކެންސަލްކޮށްފައިވާ ކަމަށް އިންޑިއާގެ ބަތަލާ އާރްތީ ސިންގް ބުނެފި އެވެ.
ކަލާޒުން މިދިޔަ މަހު ނިންމައިލި "ބިގް ބޮސް" ސީޒަން 13 ގައި ވާދަކޮށް، ފަސް ވަނަ އަށް ދިޔަ އާރްތީ އެޗްޓީ ކެފޭ އަށް ދިން އިންޓަވިއުއެއްގައި ބުނީ އަންނަ މަހުގެ 5 ވަނަ ދުވަހު އޭނާގެ 35 ވަނަ އުފަން ދުވަސް ފާހަގަކުރަން ރާއްޖެ އަށް އަންނަން އޮތް ދަތުރު ކެންސަލްކުރީ ކޮރޯނާވައިރަހުގެ ބަލިމަޑުކަމާ ހެދި ކަމަށެވެ. އަދި މި ވަގުތަކީ ދަތުރުފަތުރުކުރުން ރައްކާތެރި ވަގުތަކަށް ނުވާތީ ދަތުރު ކެންސަލްކުރީ ކަމަށް ބުންޏެވެ.
"އަހަރެން އަބަދު ވެސް ހިތުލައިގެން ހުންނަ ކަމެއް މަންމަ ގޮވައިގެން ޗުއްޓީއަކަށް ދިވެހރާއްޖެ އަށް ދިއުމަކީ. އެހެންވެ އަންނަ މަހު އުފަން ދުވަސް ރާއްޖޭގައި މި އަހަރު ފާހަގަކުރަން ކުރިން ރޭވި ނަމަވެސް ހާލަތު ނިޔާކުރި ގޮތުން އެކަން މި ފަހަރު ކުރެވޭނެ ގޮތެއް ނެތް،" އާރްތީ ބުންޏެވެ.
އޭނާ ބުނީ މި އަހަރުގެ އުފަން ދުވަސް ރާއްޖޭގައި ފާހަގަނުކުރެވުނަސް ފަހަރުގައި މި އަހަރުގެ އެހެން ދުވަސްވަރެއްގައި ޗުއްޓީއަކަށް ދިއުމުގެ ވިސްނުން އެބަހުރި ކަމަށެވެ.
މަޝްހޫރު އެކްޓަރު ގޯވިންދާގެ އާއިލާ އަށް ނިސްބަތްވާ އާރްތީ އަކީ ސޮނީ ޓީވީން ދައްކާ "ދަ ކަޕިލް ޝަރުމާ ޝޯ" ގައި ސަޕްނާގެ ކެރެކްޓާ އިން ފެންނަ ކުޅަދާނަ ކޮމީޑިއަން ކުރުޝްނާ އަބީޝެކްގެ ކޮއްކޮ އެވެ.
އާރްތީ އަކީ ސިލްސިލާތަކެއް ވެސް ކުޅެފައިވާ ބަތަލާއެކެވެ. އޭގެ ތެރޭގައި "އުޅާން" އާއި "ސަސުރާމް ސަިމްރަން ކާ" ގެ އިތުރުން "އުތާރަން" ހިމެނެ އެވެ. އާރްތީ "ބިގް ބޮސް 13" އިން ބެލުންތެރިންގެ ލޯބި ވަރަށް ބޮޑަށް ހޯދާފައިވާ އިރު، އެ ޝޯ މިދިޔަ ހޯމަ ދުވަހުގެ ރެއިން ފެށިގެން ކަލާޒުން ވަނީ އަލުން ދައްކަން ފަށައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މައިޒާން
25 March 2020
ފަހުން އާދޭ މަންޖޭ، ފަހުން