މުނިފޫހިފިލުވުން / އައިޝަތު ޝިރާނީ

ޝިރާނީގެ ކެރިއަރުން ފަސް ފިލްމެއް

ނަހުލާއާ އެކު ޝިރާނީ.

ކުރީގެ ބަތަލާ އައިޝަތު ޝިރާނީ އަކީ ދިވެހި ފިލްމީ ދާއިރާގައި ފަނޑުވުމެއް ނެތް ނަމެކެވެ. އޭނާގެ ކެރިއަރުގައި ވަނީ އެތައް ފިލްމަކާއި ޑްރާމާ އާއި ވީޑިއޯ ލަވަތަކެއް ކުޅެފަ އެވެ.

ޝިރާނީ ކުޅުނު ކުޅުނު ފިލްމުތަކުގެ ތެރެއިން ބައެއް ފިލްމުތަކަކީ އޭރު ދިވެހި ސިނަމާގެ އެންމެ ކާމިޔާބު ފިލްމުތަކެވެ. ގިނަ ބަޔަކު ގަބޫލުކުރާ ގޮތުގައި މި ބަތަލާގެ އެންމެ ހާއްސަ ކަމަކީ ހިތާމަވެރި ރޯލްތަކަށް ވަރަށް މޮޅުކަމެވެ.

ހާއްސަކޮށް ރޯން ޖެހޭ ކަހަލަ ރޯލްތައް ކުޅެގެން ޝިރާނީ ވަނީ އެތައް ބައެއްގެ ލޮލުން ވެސް ކަރުނަ ހިލުވާލައިފަ އެވެ. މީގެ އިތުރުން ނެށުމަކީ ވެސް ޝިރާނީގެ ހާއްސަ ހުނަރެކެވެ. އޭނާ ކުޅުނު ގިނަ ވީޑިއޯ ލަތަކެއްގެ ތެރޭގައި ނަށާ ލަވަތައް ގިނަ އެވެ. އޭގެ ތެރެއިން ވެސް އެންމެ ފާހަގަކޮށްލެވޭ އެއް ލަވައަކަށް "މަ ހޭނެތިދާނޭ" ވާނެ އެވެ.

ފިލްމީ ދާއިރާ އަށް ދޫކޮށްލައި ގެވެހި އަންބެއްގެ ގޮތުގައި ޝިރާނީ މިހާރު ހަޔާތުގެ ދުވަސްތައް ހޭދަކުރަމުން އަންނަ ޝިރާނީ އަލުން ފިލްމީ ދާއިރާ އަށް އަންނާނެކަމުގެ އުންމީދެއް ނެތަސް، ޝިރާނީ ކުޅުނު ފަސް ފިލްމެއްގެ މަތިން ހަނދާން އާކޮށްލަށް ހިނގާށެވެ.

އެ ތޫފާނީ ރޭ

"އެ ތޫފާނީ ރޭ" އަކީ ޝިރާނީ އާއި ހުސައިންގެ ސޮބާހް ޖޯޑު އެކީގައި ފެނިގެން ދިޔަ ފިލްމުތަކުގެ ތެރެއިން ބެލުންތެރިންގެ ވަރަށް މަގުބޫލު ފިލްމެކެވެ.

ފާތުމަތު ނަހުލާއަކަށް ވާހަކައަކަށް ހެދި އެ ފިލްމަކީ "ފަހުން އުމުރަށް" އާއި "މަލިކާ" ފަދަ ފަދަ ފިލްމުތައް ގެނެސްދިން އަލީ މުސްތޮފާ (ސެމީ) ގެ އަލަތު ޑައިރެކްޝަނެވެ.

ލައިލާ

ފާތުމަތު ނަހުލާގެ ވާހަކައަކަށް 1997 ގައި ގެނެސްދިން މި ފިލްމަކީ ޝިރާނީގެ ވަރަށް މޮޅު އެކްޓިންއެއް ފެނިގެން ދިޔަ ފިލްމެކެވެ. އަބްދުﷲ ޝުޖާއު ޑައިރެކްޓްކުރި "ލައިލާ" ގައި ހުނަރުވެރި ބަތަލާ ކުޅެފައި ވަނީ ލޯފަން އަންހެނެއްގެ ރޯލެވެ.

މުއްސަނދި ވިޔަފާވެރިއެއްގެ ހަމައެކަނި ދަރިފުޅެވެ. ލޯބިވެވެނީ ބައްޕަގެ ކުންފުނީގައި އާދައިފެ ވަޒީފާއެއް އަދާކުރާ ޒުވާނެއް ދެކެ އެވެ. "ލައިލާ" ގައި ފެނިގެން ދަނީ މި ގުޅުމުގެ ތެރެއިން ލައިލާގެ ހަޔާތަށް އަންނަ ބަދަލުތަކެވެ. މި ފިލްމުގެ ބަތަލަކީ މޫސާ ޒަކަރިއްޔާ އެވެ.

ފުންއަސަރު

މިއީ ޝިރާނީގެ ކެރިއަރުގެ އެންމެ ފާހަގަކޮށްލެވޭ އެއް ފިލްމެކެވެ. އަނެއްކާ ވެސް ހަމަ ނަހުލާގެ ވާހަކައަކަށާް ހެދި ފިލްމެކެވެ. ގޭގައި ނޯކަރެއްގެ ގޮތުގައި ގެންގުޅޭ ޒުވާނެއް ދެކެ ލޯބުވެވި، އެ ގުޅުމާ އާއިލާ އިން ގަބޫލުނުވެ، ކައިވެނިކުރަން ޖެހުމުން ދިމާވާ ހާދިސާތައް "ފުން އަސަރު" ހައި ވަރަށް ހިތްދަތި ގޮތަކަށް ދައްކުވައި ދީފައިވެ އެވެ.

މި ފިލްމުގައި ދެން ފެނިގެން ދަނީ ކައިވެންޏަށް އަންހެން ދަރިއަކު ލިބޭ ފަހުން ޝިރާނީ ކެންސަރުގެ ޝިކާރައަކަށްވެފައިވާ އެނގުމުން ކުރިމަތިވާ ހިތްދަތިކަމެވެ. އާމިލާ އާދަމާއި އައިޝަތު ލީލާގެ އިތުރުން އެމާޒް އަބުދުލް ޝުކޫރް ޑައިރެކްޓްކޮށްފައިވާ "ފުން އަސަރު" ގެ ބަތަލަކީ ހުސައިން ސޮބާހެވެ. އަދި ފިލްމުގެ އެންމެ ހާއްސަ އެއް ރޯލަކީ ޝިރާނީ އާއި ސޮބާގެ ދަރިފުޅުގެ ރޯލް ކުޅުނު ޝެލީ އެވެ.

ޒަލްޒަލާ

"ޒަލްޒަލާ" އަކީ ޝިރާނީ ކުޅުނު ހަމައެކަނި ބިރުވެރި ފިލްމެކެވެ. ދެހާސް ވަނަ އަހަރު ރިލީޒްކުރި މި ފިލްމަކީ ބެލުންތެރިންނަށް ވަރަށް ކަމުދިޔަ ފިލްމެކެވެ.

އަހުމަދު ނިމާލް ޑައިރެކްޓްކުރި ފިލްމުގެ ކާސްޓުންގެ ތެރޭގައި ނިއުމާ މުހައްމަދާއި އަލީ ޝަމީލާއި އިބްރާހީމް ވިސާން (ކަނޑި) އާއި ނީނާ ސަލީމް އަދި ނިމާލު ވެސް ހިމެނެ އެވެ.

ކަޔާލާނުލާ

މި ފިލްމަކީ ކެރިއަރުގެ އެންމެ ފަހު ފިލްމެވެ. ނަހުލާ 2003 ގައި ގެނެސްދިން "ކަލާޔާނުލާ" ގެ ލީޑް ތަރިންނަކީ ޝިރާނީ އާއި ނިއުމާ އާއި ޔޫސުފް ޝަފީއު (ޔޫއްޕެ) އެވެ. ޝިރާނީ އާއި ޔޫއްޕެ އެކީގައި ކުޅުނު ހަމައެކަނި ފިލްމަކީ ވެސް މި އެވެ.

ބެލުންތެރިންގެ ވަރަށް ބޮޑު ތަރުހީބެއް ލިބުނު "ކަލާޔާނުލާ" ގައި ޝީރާނީ ކުޅުނު ލީނާގެ ކެރެކްޓާ އަކީ ބެލުންތެރިން ވަރަށް ލޯބިވި ރޯލެކެވެ.

ޝިރާނީގެ ކެރިއަރުގައި ކުޅުނު އިތުރު ފިލްމުތަކުގެ ތެރޭގައި "ނަފުރަތު"، "ރިހުން"، "ކުލުނު"، "ސަބަބު" އަދި "ހީލަތް" ފަދަ ފިލްމުތައް ހިމެނެ އެވެ.

3 ކޮމެންޓް, 59 ރިއެކްޝަންސް

icon happy icon happy 90%
icon sad icon sad 3%
icon angry icon angry 7%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ފޮނިޓައްޕު ހަސަނު

04 May 2020

ޝިރާނީ އަކީ ވަރަށް އަބުރުވެރިކޮށް އުޅުނު ދިވެހި ފިލްމްސްޓާރެއް. މީހާރު މިއުޅޭ ފިލްމު ކުޅޭ މީހުން ގޮތަށް ވިޔާނުދާކޮށް ހައްޕުޑަށް ވެގެން ނޫޅޭ.

The name is already taken The name is available. Register?

ކުމުންދޫއަލީ

04 May 2020

ސިރާނީ އަކީ ލެޖެންޑެއް. 'މަހޭނެތިދާނޭ' ލަވައިން ކަމަނާ ވަނީ ދިވެހި ފިލްމް އިންޑަސްޓްރީ އޭ މިކިޔާ ޕްލެޓްފޯމް އަންތަރީސް ކޮއްލައިފަ

The name is already taken The name is available. Register?

ލޫޅާފަތި

04 May 2020

އަދިވެސް މިއުޅޭ ކުދިންނަށް އެ ސުޓެޕް އާއި ކައިރިޔަށްވެސް ޖެހިނުލެވޭ

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454