19 މެއި 2020 - 12:42
ކައިވެނީގައި ބޮޑެތި މައްސަލަތަކެއް ޖެހިފައިވާތީ އެ ގުޅުން ދެމަހެއްޓޭނެ ގޮތެއް ނެތް ކަމަށް ބުނެ ބޮލީވުޑްގެ އެކްޓަރު ނަވާޒުއްދީން ސިއްދީގީގެ އަންހެނުން އާލިޔާ (އަންޖަލީ) ވަރިވާން ކޯޓަށް ހުށަހަޅައިފި އެވެ.
މިކަން އޭނާގެ ވަކީލު މީޑިއާތަކަށް ކަށަވަރުކޮށް ދެމުން ބުނީ މައްސަލަ ކޯޓަށް ހުށަހެޅީ މި މަހުގެ 7 ގައި ކަމަށާއި ވަރީގެ މައްސަލަ ނިންމައިދޭން އެދިފައި ވަނީ ބަދަލު ވެސް ނަގައިދޭން ޖެހޭ ގޮތަށް ކަމަށެވެ. ނަމަވެސް ވަކީލު ވަނީ އިތުރު ތަފުސީލެއް ދެވެން ނެތް ކަމަށް ވިދާޅުވެފަ އެވެ.
އާލިއާގެ ފަރާތުން ބައެއް ނޫސްތަކަށް ބުނެފައިވާ ގޮތުގައި އިންޑިއާގެ އެންމެ ހުނަރުވެރި އެކްޓަރުންގެ ތެރޭގައި ހިމެނޭ ނަވާޒުއްދީނު، 46، ގެ ގާތުން ވަރިވާ ނިންމީ ދިގުލައިގެން ދިޔަ ގިނަ މައްސަލަތަކަކާ ހެދި އެވެ. އެގޮތުން ނަވާޒުއްދީނާއި އޭނާގެ އާއިލާ އަށް ގިނަ ތުހުމަތުތަކެއް ކުރާ ކަމަށް ބުންޏެވެ. އެކަމަކު އެ ވާހަކަ މީޑިއާތަކުގައި ހިއްސާކުރަން ބޭނުން ނުވާ ކަމަށާއި ބޭނުން ވަނީ 10 އަހަރުވީ ކައިވެނި ވީހާ ވެސް އަވަހަކަށް ރޫޅައިލަން ކަމަށް ބުނެފައިވެ އެވެ.
އެ ކައިވެންޏަށް ދެ ކުދިން ވެސް ލިބިފައިވެ އެވެ.
މިހާތަނަށް ކާމިޔާބު އެތައް ފިލްމެއް ކުޅެފައިވާ ނަވާޒުއްދީންގެ ކުރިއަށް އޮތް ފިލްމަކީ މި މަހުގެ 22 ގައި ޒީ5 އިން ސްޓްރީމްކުރާ "ގޫމްކެޓޫ" އެވެ.
ރިލީޒްކުރަން އޮތް އޭނާގެ އަނެއް ފިލްމަކީ ކޮއްކޮ ޝަމަސް ނަވާބް ސިއްދީގީ ޑައިރެކްޓްކޮށްފައިވާ "ބޯލޭ ޗޫޅިޔާ" އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އާދަމް ބާއީ
19 May 2020
ތީތި ކަޑައޭ. ނާވާޒުއްދީން އިޒް ދަ ބެސްޓް.
ފޮނިޓައްޕު ހަސަނު
19 May 2020
އަވަހަށް ވަރިކޮށްލާ. އިންނާނެ މީހުން ލިބިދާނެ.