ބަތަލާ ރަކުލް އާއިލާއާ އެކު ރާއްޖޭގައި ނަގާފައިވާ ފޮޓޯއެއް.
25 ނޮވެމްބަރ 2020 - 11:59
އިންޑިއާގައި އަދިވެސް ކޮވިޑް-19 ފެތުރުން އެކަށީގެންވާ ވަރަށް ކޮންޓްރޯލް ނުކުރެވިގެން ފިޔަވަޅުތައް އަޅަމުން ދިޔަ ނަމަވެސް އެ ގައުމުގެ ފިލްމީ ތަރިން ދިވެހިރާއްޖެ އަށް ޗުއްޓީ އަށް އަންނާތީ އެ ގައުމުގައި ފާޑުކިޔުންތައް އަމާޒުވެއްޖެ އެވެ.
އިންޑިއާގައި މާޗް މަހު އިއުލާންކުރި ލޮކްޑައުން އަށް ޖުލައި މަހުގެ ތެރޭގައި ލުއިދީ، ދަތުރުފަތުރުގެ ހިދުމަތް ފެށުމާ އެކު އެ ގައުމުގެ މަޝްހޫރު ފިލްމީ ތަރިން ރާއްޖެ އައުން ވަނީ ވަރަށް ބޮޑަށް އިތުރުވެފަ އެވެ.
މަޝްހޫރު ކޮމީޑިއަން އަދި އެކްޓަރު ވީރް ދާސް މި ހަފުތާގައި ކުރި ޓްވީޓެއްގައި މިކަމަށް ޖޯކު ވެސް ޖަހާފައިވެ އެވެ. އޭނާ ކުރި ޓްވީޓެއްގައި ބުނީ ފިލްމެއް ހަދާލެވޭ ވަރަށް ރާއްޖޭގައި މިހާރު އިންޑިއާގެ ތަރިން އެބަތިބި ކަމަށާއި ބޭނުންވަނީ ސްކްރިޕްޓަކާއި ކެމެރާއެއް ކަމަށެވެ.
There's enough film industry people in the Maldives right now where if you just sent them a camera and a script they could come back with a movie.
— Vir Das (@thevirdas) November 22, 2020
މަޝްހޫރު ތަރިންތަކެއް ރާއްޖޭގެ އެކި ރިސޯޓްތަކުގައި މިހާރު ވެސް ޗުއްޓީ ހޭދަކުރަމުން އަންނަ އިރު، ކުރިއަށް އޮތީ އާ އަހަރު ކަމަށް ވާތީ މި އަދަދު އިތުރުވާނެ ކަމަށް ބެލެވެ އެވެ.
With apology to #Maldives but I just cant bear to see one more sun-kissed, rippled water image from there while our COVID numbers surge & jobs plummet. Its sort of the November version of Banana Bread & Celebrities would be be well advised on the tone-deafness of it.
— barkha dutt (@BDUTT) November 23, 2020
ގައުމުގެ ކޮވިޑްގެ ހާލަތަށް ބެލުމެއް ނެތި ފިލްމީ ތަރިން ރާއްޖެ އައިސް އެ މީހުން ސޯޝަލް މީޑިއާގައި ދަތުރުގެ ފޮޓޯތައް ހިއްސާކުރަމުންދާތީ، އިންޑިއާގެ މަޝްހޫރު ނޫސްވެރިޔާ އަދި ކުރިން އެންޑީޓީވީގައި މަސައްކަތްކުރި ބަރްކާ ދަތު ވަނީ އެކަމަށް ވަރަށް ބޮޑަށް ފާޑުކިޔައިފަ އެވެ.
Absolutely. Then we r surprised at the suddenness of the backlash the movie industry receives for unrelated reasons. We r so self-absorbed &so oblivious to what's around us tht we appear unempathatic. Let me also assure it's not like they r heartless, none are.. just plain stupid https://t.co/cnTPnKk3tZ
— Nikhil Dwivedi (@Nikhil_Dwivedi) November 23, 2020
އޭނާ ކުރި ޓްވީޓެއްގައި ބުނީ ދޭ އިރުޝާދުތައް އަޑުނީވޭ ސެލެބްރިޓީންނަށް ތަންކޮޅެއް ބޮޑަށް ގައުމުގެ ކޮވިޑްގެ ހާލަތު އަންގައިދީ ނަސޭހަތްތެރިވާން ޖެހޭ ކަމަށެވެ.
ބަރްކާގެ ޓްވީޓަށް ތާއީދުކޮށް އެކްޓަރު/ޕްރޮޑިއުސަރު ނިކިލް ދިވެދީ ވެސް ތަރިންނަށް ފާޑުކިޔާފައިވެ އެވެ. އޭނާ ވަނީ ސެލެބްރިޓީންނަކީ ހިތެއް އޮތް ބަޔަކަށް ވިޔަސް "ބައެއް މީހުން ގަމާރު" ކަމަށް ބުނެފަ އެވެ. އަދި ފިލްމީ އިންޑަސްޓްރީ އަށް ފާޑުކިޔުންތައް އަމާޒު ވަނީ މިފަދަ ތާކުންތާކު ނުޖެހޭ ސަބަބުތަކާ ހެދި ކަމަށް ބުންޏެވެ.
އިންޑިއާ އަކީ މިހާރު ރާއްޖެ އަށް ޓޫރިސްޓުން އެންމެ ގިނައިން އަންނަ އެއް ގައުމެވެ. ވަކިން ހާއްސަކޮށް ބޮލީވުޑް ތަރިންގެ މެދުގައި ރާއްޖެ ވަރަށް މަގުބޫލު މަންޒިލަކަށްވެފައިވާ އިރު، މި ފަހުން އިންޑިއާގެ ދެކުނު ފިލްމު އިންޑަސްޓްރީގެ ތަރިން ވެސް ރާއްޖެ އަށް ޒިޔާރަތްކުރާ މިންވަރު ވަރަށް ބޮޑަށް އިތުރުވެފައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ނަލަވައި ބީހިލާޖައްވަކީ
26 November 2020
ހަސަދަވެރިންގެ މިއަޅާގެ ގައުމު ރައްޖާތެރި ކުރައްވާންދޭވެ، އާމީން
އަލީ ޖގގ
26 November 2020
މިހާރު ތިން ގުނަ އަގުހެޔޮވީމަ މިއިންޑިއާ މީހުން އަންނަނީ ރެސޯޓްތަކުގެ މުވައްޒަފުންނަށް ކެއްތެރިކަން ދެއްވާށި ޔޫރޮޕް 6 ގެސްޓުންނާ މީގެން އެންމެ މީހެއްނުބައްދަލުވާނެ ސާރވިސް ދޭންޖެހޭނީ ހަމައެކަނި މިމީހުނަށް
ހާމިދު ޝާހިދު
25 November 2020
އިންޑިއާއަކަށް ބަރޯސާ ކުރެވޭކަށެއް ނެތް. ހަގީގަތުގައި އިންޑިއާގެ ސަރުކާރުތަކުން އަވަށްޓެރި ގައުމުތައް އަޅުވެތި ކުރުމަށް ހިންގާ ނުރައްކާތެރި އަދި ނާތަހުޒީބު މަސައްކަތްތަކާ ހުރެ، ދިވެހި ރާއްޖެ އެކަންޏެއްނޫން، ނޭޕާލް، ބަންގްލަދޭޝް އަދި ޕާކިސްތާނު ފަދަ ގައުމުތަކުގެ މީހުންވެސް އިންޑިއާދެކެ ރުޅި އާދޭ.
ހަކީމް
25 November 2020
އިންޑިޔާ ލަންކާ އަކީ އަބަދުވެސް ރާއްޖެދެކެ ހަސަދަ ވެރިވާ ބަޔެއް.
1828
25 November 2020
މިދުވަސްކޮޅު އިންޑިއާގެ ފިލްމީ ތަރިން ފަތުރުވެރިންގެ ގޮތުގައި ރާއްޖެއަށް އަންނަ އެއްސަބަބަކީ އަގު ހެޔޮވުން. އެމީހުން ހަމަ ދިވެހިރާއްޖެވީމައި އަންނަނީކީ ނޫން.
އަހުމަދު މު ހައްމަދު
25 November 2020
ޙަޖަމް ނުވަނީ?
ޙަމީދުބޭ
25 November 2020
ކޮޗިންފެރީގަ ތީންއެއްޗަކު އައިއްސިތަ ކާމިޔާބީއޭ ތިޔަބުނީ ޗާލޭފެރީ ލޮލް
ައަހުމަދު
25 November 2020
އިންޑިއާގެ ވެރިން ހިތުގައި ކޮންމެ އެއްޗެއްއޮތަސް މިޤައުމަށް ފާއިދާވަނީ ބަނގްލަދޭޝް އަށްވުރެ ބޮޑަށް އިންޑިއާއިން އަހަރެމެން ބަލިވިޔަސް ފުރައިގެން މިދަނީ އިންދިއާ އަށް ބޭސްކުރަން ހާލުގްއި ޖެހުނީމަ ގިނައިން އެހީވަނީވެސް އިންޑިއާ، ޗައިނާއިން . ދެން މިޤައުމަށް ޤަވާއިދާއި ޚިލާފަށް ވެރިވެގަނެގެން މިޤައުމުން ނުދާންއޫޅެބަންގާޅިން ފަރަތުން މިޤައުމަށް ލިބެމުންދާ ގެއްލުން މާބޮޑު އެބައިގަނޑު މިޤައުމުން ބޭރުކުރަން ވީނުން ވަގުވިޔަފާރިކޮށް ދޮލަރުކޮޅުބޭރުކުރަނީ.
ކަކުނިބޯ
25 November 2020
އެމީ ހުން ޝީޝެލްސް ގައި އަޅާފަ މިއޮއްހހ ހާދުވަ ހު އުޅުނީ ކީއްވެ އެއްޗެއްނުލިޔުނީ އަދި ބުނަން އިންޑިޔާގަ ކޮވިޑް ކޮންޓްރޯލްވާނެ ޒަމާނެއްނޭންގޭތީ އެމީ ހުން ރާއްޖެއަންނަނީ މިއީ އިންޑިޔާއަށްވުރެ އެތަށްގުނައެއް ރައްކާތެރިތަނެއް ޕޮލިޔޝަނަށްބެލިޔަސް މާ ހައުލަށްބެލިޔަސް. ޖޭވިޔަސް ތީ ބޮޑުވަރު
ބާދަގަނޑަށް
25 November 2020
ފޮށިފަޅަން ނުއުޅޭ ކޮވިޑް ކޮންޓްރޯލ ކުރަން އުޅުނު ލަންކާގެ ހާލަތް ގޯސްކުރީވެސް މިއިންޑިޔާމީހުން . މިބައެއްގެއދަގުލާހެދި ރާއްޖެއަށްވެސް މިކަމުންއަރައިނުގަނެވިފަ . މިބައެއްގެ ޢީދުފާހަގަކުރަން އެއްވިމީހުން ގިނަވެގެން ކޮވިޑް ޖެހޭމީހުންރާއްޖޭގަ ގިނަވީ . މިބައެއްގެ ތައްޕާހުން ދިރިއުޅޭންޖެހިފަ މިބަޔަކު ބޭނުންވާކަމެއް މިދިވެހިފަސްގަޑު ގަ ކުރެވެންޖެހޭ . އެއޮތްފަދަ ބެންކޮކްވެސް އަދިވެސް ލޮކްކޮއްފަ . މިލިޔަނުން އާބާދީ ބޮޑު އިންޑިޔާއެބަޖެހޭ މައިތިރި ކުރާ
ޒަރީރޫ
25 November 2020
ކޮންތާކު ކޮންބައެއްގެ އީދު ފާހަގަ ކުރި ވާހަކައެއްބާ! ބެންކޮކް މިއޮތީ ލޮކްކޮށްފައެއް ނޫން، ދޮގު މައުލޫމާތު ފެތުރުމަކުން ލިބޭނެ މޮޅެއްނެތް، ޒިްންމާވާންޖެހޭ ދުވަސްއަންނާނެކަން ހަނދާންކުރާތި.