ކަރަން.
17 ފެބުރުއަރީ 2021 - 07:48
ބޮލީވުޑްގެ "ނެޕޮޓިޒަމް ކިންގް" ގެ ޓެގް އަޅުވައި ގިނަ ފާޑުކިޔުންތަކެއް އަމާޒުވާ ކަރަން ޖޯހަރް، ހުނަރުވެރި އާ ފަންނާނުންނަށް ފުރުސަތު ދޭން ފަށައި، އެކަމަށް ހާއްސަ ކެމްޕޭނެއް އަންގާރަ ދުވަހު ލޯންޗްކޮށްފި އެވެ.
"ޑީސީއޭ ސްކޮޑް" ގެ ނަމުގައި ފަށާފައިވާ ކެމްޕޭންގެ ދަށުން ކަރަން އިސްކޮށް ހުރެގެން ފުރުސަތުދޭން ނިންމިކަން އިއުލާންކުރި ތަރިންގެ ތެރެއިން އެކަކީ ބަތަލާ ތުރިޕްތީ ދިމްރީ އެވެ. އޭނާ އަކީ މިދިޔަ އަހަރުގެ "ބުލްބުލް" އާއި 2018 ގެ "ލައިލާ މަޖުނޫ" ގެ ބަތަލާ އެވެ.
ތުރިޕްތީ އަކީ ފިލްމީ ދާއިރާގެ އެއްވެސް މީހަކާ އާއިލި އަދި ގާތް ގުޅުމެއް އޮވެގެން ފުރުސަތުތައް ލިބެން ފެށި ބަތަލާއެއް ނޫނެވެ. އެހެންވެ އެފަދަ ފަންނާނުންނަށް ފުރުސަތުދޭން ކަރަން ފަށާފައިވާ މަސައްކަތުގެ ދަށުން ދެ ޖިންސްގެ ގިނަ ޒުވާނުންނަށް ފުރުސަތުތައް ފަހިކޮށްދޭނެ އެވެ.
Proud to welcome @tripti_dimri23 to @DCATalent.
— Karan Johar (@karanjohar) February 16, 2021
She has shown us what she's made of with her powerful performances in #Bulbbul and #LailaMajnu. She's extremely talented, dynamic and has the fire that'll help her burn bright! #DCASquad @apoorvamehta18 @buntysajdeh pic.twitter.com/f6RThjooUN
މިއީ ކަރަންގެ ފިލްމު ކުންފުނި ދަރުމާ ޕްރޮޑަކްޝަނާއި ޕްރޮޑިއުސަރު ބަންޓީ ސަޖްދޭގެ ކުންފުނި ކޯންސްޓޯން ގުޅިގެން އުފައްދާފައިވާ ޓެލެންޓް އެޖެންސީ ދަރުމާ ކޯސްޓޯން އެޖެންސީގެ ދަށުން ކުރާ މަސައްކަތެކެވެ. އެ އެޖެންސީގެ ދަށުން ފިލްމުތަކާއި ވެބް ސީރީޒްތަކާއި އިޝްތިހާރު ފަދަ އުފެއްދުންތަކުން، ފިލްމީ ދާއިރާ އިން ކުރިއަށްދާން ބޭނުންވާ އާ ފަންނާނުންނަށް ފުރުސަތުތައް ހޯދައިދޭނެ އެވެ.
މަގުސަދަކީ ފިލްމީ ދާއިރާއާ އެއްވެސް ވަރަކަށް ގުޅުމެއް ނެތް ބަޔަކަށް ކުރިއަށްދާނެ ފުރުސަތުތައް ހޯދައިދިނުމެވެ.
Tune in on 16th February onwards through the week, every day at 11am to know them! #DCASquad@dcatalent @apoorvamehta18 @buntysajdeh @RajeevMasand pic.twitter.com/7IXKKaQEF9
— Karan Johar (@karanjohar) February 15, 2021
ދަރުމާ ކޯންސްޓޯން އެޖެންސީ އިއުލާންކުރީ ޑިސެމްބަރު މަހުގެ 15 ގަ އެވެ.
ގިނަ ބަޔަކު ތުހުމަތުކުރާ ގޮތުގައި ކަރަން އަކީ އަބަދު ވެސް ރައްޓެހިންނާއި ފިލްމީ އާއިލާތަކާއި އެ ދާއިރާގެ ނުފޫޒު ގަދަ މީސްމީހުންނާ ގުޅުން އޮންނަ މީހުންނަށް ފުރުސަތުތައް ދޭ މީހެކެވެ. ހާއްސަކޮށް އެންމެ މަޝްހޫރު ތަރިންނާއި އެ މީހުންނާ ގުޅިފައިވާ މީހުންނެވެ.
އެކަމަކު "ޑީސީއީ ސްކޮޑް" ގެ އަކީ އެ ތުހުމަތުތައް ނިމުމަކަށް ގެންނަން ފެށި މަސައްކަތެކެވެ.
— Karan Johar (@karanjohar) February 15, 2021
ކަރަން އަކީ ކުރިން ވެސް އޭނާގެ ބައެއް ފިލްމުތަކުން ފިލްމީ ދާއިރާއާ ގުޅުމެއް ނެތް ބަޔަކަށް ފުރުސަތު ދީފައިވާ މީހެކެވެ. އޭގެ ތެރޭގައި "ސްޓޫޑަންޓް އޮފް ދި އިޔާ" އިން ތައާރަފުކުރި ސިދާތު މަލްއުތުރާ އާއި އެ ފިލްމުގެ ސީކްއެލް އިން ތައާރަފުކުރި ތާރާ ސުތާރިއާ ފަދަ ތަރިން ހިމެނެ އެވެ.
ދަރުމާގެ ކުރިއަށް ހުރި ފިލްމުތަކުގެ ތެރޭގައި ހިމެނޭ "ދޯސްތާނާ 2" އަކީ ވެސް އާ އެކްޓަރަކު ތައާރަފުކުރާނެ ފިލްމެކެވެ. ޖާންވީ ކަޕޫރާއި ކާތިކް އާރިޔަނާ އެކު އެ ފިލްމުން ފެންނާނެ އާ އެކްޓަރަކީ ލަކްޝިއާ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy