ގަލް ގެޑޯ.
02 މާޗް 2021 - 09:14
ބެލުންތެރިންގެ ބޮޑު މަގުބޫލު ކަމެއް ހޯދި ސުޕަހީރޯ ފިލްމު "ވޮންޑަ ވުމަން" ގެ ޓައިޓްލް ރޯލު ކުޅެފައިވާ ބަތަލާ ގަލް ގަދޯތު ތިން ވަނަ ދަރިއަކަށް ބަލިވެއިންކަން އިއުލާންކޮށްފި އެވެ.
އެކަން އިއުލާންކޮށްފައި ވަނީ އިންސްޓަގްރާމްގައި ޕޯސްޓްކުރި ފޮޓޯއަކުންނެވެ. ފިރިމީހާ އާއި ދެ އަންހެން ދަރިންނާ އެކު ނަގާފައިވާ ފޮޓޯގައި ފެންނަނީ އެ މީހުން ގަލްގެ ބަނޑުގައި އަތް ޖައްސާލައިގެން ތިބޭ ތެނެވެ.
އިޒްރާއީލަށް އުފަން 35 އަހަރުގެ ބަތަލާ އާއި ޔަރޯން ވަރްސާނޯ ކައިވެނިކުރީ 2008 ގަ އެވެ. އެ ދެ މީހުންގެ ދެ ކުދިންގެ ތެރެއިން ފުރަތަމަ ދަރިފުޅު އަލްމާ ވަރްސާނޯ އުފަންވީ 2011 ގަ އެވެ. އަދި ދެވަނަ ދަރިފުޅު މާޔާ ވަރްސާނޯ ލިބުނީ 2017 ގަ އެވެ.
އެކްޓިން އަށް ނުކުތުމުގެ ކުރިން ގަލް އަކީ އިޒްރާއީލްގެ ޑިފެންސް ފޯސްގައި ދެ އަހަރު މަސައްކަތްކުރި މީހެކެވެ. އަދި އޭގެ ކުރިން 18 އަހަރުގައި އޭނާ އަށް އިޒްރާއީލްގެ ރީތީގެ ރާނީގެ ތާޖު 2004 ގައި ލިބުނެވެ.
ސިފައިންގެ ތެރޭގެ ދެ އަހަރު މަސައްކަތްކުރުމަށް ފަހު އައިޑީސީ ހާޒްލިޔާ ޔުނިވަސިޓީގައި ތައުލީމު ހާސިލުކުރަމުން ގަލް ދެން ގަން މިސްރާބު ޖެހީ މޮޑެލިން އާއި އެކްޓިންއަށެވެ. އޭނާ އަކީ މިހާރު ހޮލީވުޑްގެ އެންމެ މަޝްހޫރު އަދި އެންމެ ކާމިޔާބު ބަތަލާއިންގެ ތެރެއިން އެކަކެވެ.
އޭނާ އަށް ހޮލީވުޑުން ލިބުނު ފުރަތަމަ ބޮޑު ޕްރޮޖެކްޓަކީ 2009 ގެ "ފާސްޓް އެންޑް ފިއުރިއަސް" އެވެ. އޭގެ ފަހުން މިހާތަނަށް ވަރަށް ކާމިޔާބު ފިލްމުތަކެއް ގަލް ކުޅެފައިވެ އެވެ. އަދި އޭނާގެ ކެރިއަރުގެ އެންމެ ފާހަގަކޮށްލެވޭ ރޯލަކީ ވޮންޑަ ވުމަން އެވެ. "ވޮންޑަ ވުމަން" ގެ ފުރަތަމަ ބައި 2017 ގައި ގެނެސްދިނުމަށް ފަހު، ދެވަނަ ބައި "ވޮންޑަ ވުމަން 1984" ގެނެސްދިނީ މިދިޔަ އަހަރު އެވެ. އަދި މީގެ ތިން ވަނަ ބައެއް ވެސް ހަދަން ވަނީ ނިންމައިފަ އެވެ.
ގަލްގެ ދެ ފިލްމެއް މި އަހަރު ވެސް ރިލީޒްވާނެ އެވެ. އެއީ ސެޕްޓެމްބަރު 17 ގައި ގެނެސްދޭ "ޑެތު އޮން ދަ ނައިލް" އާއި އަދި ތާރީހެއް އިއުލާން ނުކުރާ "ރެޑް ނޯޓިސް" އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ވޮންޑަރ މޭން
03 March 2021
މަށަށް ލިބިއްޖޭ 5 ދަރިން ވޮންޑަރ ވުމަންއަށް ކީއްތިކުރެވުނީ
އަޒްރާ
02 March 2021
ފަލަސްތީނުގެ ކުދިން ޝަހީދު ކުރި އިރު ތި އަންހެނާ ހުރީ އެކަމަށް ހިތްވަރުދެން.
ނާހަމަ
02 March 2021
އިޒްރޭލު މީހަކަށްވީމަ ހާދަ މީޑިއާގެ ސަމާލުކަން ލިބެޔޭދޯ