މުނިފޫހިފިލުވުން / ބޮލީވުޑް

ނީޓޫ އަލުން ފިލްމީ މަސައްކަތަަށް ނުކުތީ ރިޝީ ނެތުމުގެ ފަޅުކަމާ ހެދި

ފިރިމީހާ ރިޝީ ކަޕޫރް މަރުވި ފަހުން އެކްޓިން އަށް ނުކުތުމަކީ ފަސޭހަ ކަމެއް ނޫން ކަމަށާއި އެކަމަކު އޭނާ ނެތުމުގެ ހިތްދަތިކަމާއި ފަޅުކަމުން އަރައިގަތުމަށް އަލުން ފިލްމީ މަސައްކަތްތަކަށް ނުކުންނަން ބޭނުންވީ ކަމަށް ބަތަލާ ނީޓޫ ސިންގް ބުނެފި އެވެ.

ރިޝީ ލޭގެ ކެންސަރު ބަލީގައި މަރުވީ މިދިޔަ އަހަރުގެ އެޕްރީލް މަހުގަ އެވެ.

ފިލްމުފެއާ އަށް ދިން އިންޓަވިއުއެއްގައި ނީޓޫ، 62، ބުނީ އޭނާގެ ކެރިއަރުގައި މިހާތަނަށް 80 ވަރަކަށް ފިލްމުގައި މަސައްކަތްކުރި އިރު، އޭރު ފިލްމީ މަސައްކަތް ކުރިއަށް އިރު އެންމެ ގާތުގައި އޮތީ އާއިލާ ކަމަށެވެ.

"ކައިވެނިކުރުމުގެ ކުރިން މަންމަ އަކީ އަހަރެންގެ ފިލްމީ މަސައްކަތުގައި ވަަރަށް ބޮޑު ހިއްސާއެއް،" ވަރަށް ކުޑައިރު ފިލްމީ ދާއިރާ އަށް ނުކުތް ބަތަލާ ބުންޏެވެ. "ދެން ފަހުން ކައިވެނުކުރި ފަހުން ރިޝީ އަކީ އެންމެ ބޮޑަށް ހިތްވަރު ދޭން އެންމެ ގާތުގައި ހުރި މީހާ."

ނަމަވެސް ދަރިން ބޮޑެތިވެ، އެ މީހުން ވެސް އެ މީހުން ދިރިއުޅުމާއިގެން ކުރިއަށްދާ އިރު، ފިރިމީހާ ނެތުމަކީ ހަގީގަތުގައި ހަޔާތަށް އައި ވަރަށް ބޮޑު ފަޅުކަމަކަކާއި އެކަނިވެރިކަމެއް ކަމަށް ނީޓޫ ބުންޏެވެ. އެހެންވެ އެކަމުން އަރައިގަތުމަށް އަލުން މަސައްކަތުގެ ތެރެއަށް ނުކުތުމަކި އެންމެ ރަނގަޅު ނިންމުން ކަމަށް ގަބޫލުކުރެވުނު ކަމަށް ބުންޏެވެ.

"ފުރަތަމަ މިކަމާ ވިސްނި އިރު ކަންބޮޑުވުންތަކެއް ވެސް ހުރި." ނީޓޫ ބުންޏެވެ.

އެކަމަކު ރިޝީ މަރުވި ފަހުން މިދިޔަ އަހަރުގެ މެދުތެރޭގައި ސޮއިކޮށް މަސައްކަތް ފެށި ފިލްމު "ޖުގް ޖުގް ޖިއޯ" ގެ ޓީމްގެ ފަރާތުން ލިބެން ފެށި ލޯތްބާއި އަޅާލުމާއި އެހީތެރިކަމުގެ ސަބަބުން ހިތަށް ވަރަށް ބޮޑު ހަމަޖެހުމެއް ލިބުނު ކަމަށް ބުންޏެވެ. އެ ފިލްމަކީ ކަރަން ޖޯހަރްގެ ދަރުމާ އަށް، ރާޖް މެހެތާ ޑައިރެކްޓްކުރާ ރޮމޭންޓިކް ކޮމެޑީއެކެވެ. އޭގެ ކާސްޓުންނަކީ ނީޓޫއާ އެކު އަނިލް ކަޕޫރާއި ވަރުން ދަވަނާއި ކިއާރާ އަދުވާނީ ހިމެނެ އެވެ.

"މުޅި ޓީމް ވެސް އަހަންނަށް ވަރަށް ހެޔޮ. ހާއްސަކޮށް ފިލްމުގެ ލީޑް ކާސްޓާއި ޑައިރެކްޓަރުގެ ސަޕޯޓް ވަރަށް ބޮޑު. އެހެންވީމަ ވަރަށް ފަސޭހަކޮށް މިހާތަނަށް މަސައްކަތްކުރެވިފައި އޮތީ،" މިދިޔަ އަހަރުގެ ފަހުކޮޅު ފިލްމުގެ ފުރަތަމަ ޝޫޓިން ޝެޑިއުލް ޗަންދީގަޅުގައި ނިންމި ނީޓޫ ބުންޏެވެ.

އޭނާ ބުނި ގޮތުގައި ފިރިމީހާ އާއި ނުލައި އުޅެން ދެން ހޭނުމާއި ވަކިން އުޅޭ ދަރިންނާ ވެސް ދުރުގައި އުޅެން ޖެހޭތީ އެކަމަށް ހިތްވަރު ހޯދަން ވެސް ފިލްމީ މަސައްކަތަކީ އެހީއެއް ކަމަށެވެ.

"ޖުގް ޖުގް ޖިއޯ" ގެ ޓީމާ އެކު ނީޓޫ.

"އެކަމަށް ހޭނޭނީ ވެސް މަސައްކަތްކޮށްގެން. ސްޓްރޯންގް މީހެއްގެ ގޮތުގައި ހުންނަން ބޭނުން ވަނީ. އަހަރެން ވަރަށް އުފާވޭ މިހާރު ޖުގް ޖުގް ޖިއޯ އަށް އެއްބަސްވެވުނީތީ." ނީޓޫ ބުންޏެވެ.

އޭނާ ކުރިން ބުނެފައިވާ ގޮތުގައި އެ ފިލްމަށް ސޮއިކުރަން އެންމެ ބޮޑަށް ހިތްވަރު ދިނީ ފިރިމީހާއާ އެކު ނިއު ދިއްލީގައި ދިރިއުޅޭ އަންހެން ދަރިފުޅު ރިދިމާ ކަޕޫރެވެ.

"ޖުގް ޖުގް ޖިއޯ" ރިލީޒްކުރާނެ އިރެއް އަދި އިއުލާނެއް ނުކުރެ އެވެ. ދެހާސް ނަވާރައިގެ "ގުޑް ނިއުސް" ގެނެސްދިން ޑައިރެކްޓަރުގެ މި ފިލްމަކީ ކައިވެނީގައި ޖެހޭ މައްސަލަތަކެއް ފެނިގެންދާނެ ފިލްމެކެވެ. "ޖުގް ޖުގް ޖިއޯ" ގައި ނީޓޫ ފެންނާނީ އަނިލްގެ އަންހެނުން އަދި ވަރުންގެ މަންމަގެ ރޯލުންނެވެ.

ނީޓޫ އެންމެ ފަހުން ބޮޑު ސްކްރީނުން ފެނިފައި ވަނީ ރިޝީ އާއި ދަރިފުޅު ރަންބީރް ކަޕޫރާ އެކު 2013 ގެ "ބޭޝަރަމް" އިންނެވެ.

0 ކޮމެންޓް, 1 ރިއެކްޝަންސް

icon happy icon happy 100%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454