14 ނޮވެމްބަރ 2021 - 06:18
ފިރިމީހާ އަދި ކުރީގެ މަޝްހޫރު އެކްޓަރު ރިޝީ ކަޕޫރް މަރުވި ފަހުން ކުޅުނު ފުރަތަމަ ފިލްމު އަބަދުވެސް ވަރަށް ހާއްސަވާނެ ކަމަށް އަންހެނުން ނީޓޫ ސިންގް ބުނެފި އެވެ.
މިދިޔަ އަހަރު ޝޫޓިން ފެށި ފިލްމު "ޖުގް ޖުގް ޖިޔޯ" ގެ ޝޫޓިން ހުކުރު ދުވަހު ނިންމާލިކަން ހާމަކޮށް، އޭނާގެ އިންސްޓަގްރާމްގައި އާންމުކުރި ފޮޓޯއަކާ އެކު ނީޓޫ، 63، ބުނީ އެއަށް ކުރި މަސައްކަތަަކީ ވެސް އެހާމެ ހިތްގައިމު ތަޖުރިބާއެއް ކަމަށެވެ.
"މި ފިލްމުގެ މަސައްކަތުގެ ތެރެއިން ވަރަށް ރަނގަޅު ރައްޓެހިންތަކެއް ވެސް ލިބިއްޖެ. އަދި ފި މި ފިލްމަށް މަސައްކަތް ކުރެވުމަކީ އަމިއްލަ ނަފުސަށް އިތުބާރު ވެސް ހޯދުނު ކަމެއް،" އޭނާ ބުންޏެވެ. "އެހެންވެ އަބަދު، ވެސް ޖުގް ޖުގް ޖިޔޯ ވަރަށް ހާއްސަވާނެ."
މި ފިލްމަކީ ކަރަމް ޖޯހަރްގެ ދަރުމާ ޕްރޮޑަކްޝަނަށް ރާޖް މެހެތާ ޑައިރެކްޓް ކޮށްފައިވާ ކޮމެޑީ ޑްރާމާއެކެވެ. ކާސްޓްގައި އަނިލް ކަޕޫރާއ ވަރުން ދަވަނާއި ކިއާރާ އަދުވާނީ ވެސް ހިމެނޭ "ޖުގް ޖުގް ޖީޔޯ" އަކީ 2019 ގެ "ގުޑް ނިއުސް" އަށް ފަހު ރާޖް ހެދި ދެވަނަ ފިލްމެވެ.
ރިލީޒްކުރާނެ ތާރީހެއް އަދި އިއުލާން ނުކުރާ ފިލްމުގައި ނީޓޫ އާއި އަނިލް ކުޅެފައި ވަނީ ދެމަފިރިންގެ ރޯލެވެ.
އެކްޓަރު ރަންބީރް ކަޕޫރްގެ މަންމަ ބުނި ގޮތުގައި "ޖުގް ޖުގް ޖިޔޯ" ގައި މަސައްކަތް ކުރަން އެންމެ ބޮޑު ހިތްވަރެއް ދިނީ އަންހެން ދަރިފުޅު ރިދިމާ ކަޕޫރެވެ. ނީޓޫ ބުނީ މިދިޔަ އަހަރުގެ އެޕްރީލް މަހު ރިޝީގެ ވަކިވުމާ ގުޅިގެން ލިބުނު ހިތްދަތިކަމާއި ފަޅުކަމާއި މާޔޫސްކަމާ ދުރުވާން ވެސް މި ފިލްމުގެ މަސައްކަތްވީ ވަރަށް ބޮޑު ހިތްވަރަކަށް ކަމަށެވެ. އެހެންވެ ދަރިފުޅުގެ އެދުމަކަށް އަލުން ފިލްމެއްގެ މަސައްކަތް ކުރެވުމަކީ ވަރަށް ރަނގަޅު ނިންމުމެއް ކަމަށް ބުންޏެވެ.
ލޭގެ ކެންސަރު ބަލީގައި ރިޝީ މިދިޔަ އަހަރުގެ އެޕްރީލް މަހުގެ 3 ގައި މަރުވި އިރު އޭނާ ވެސް އޮތީ ފިލްމެއްގެ މަސައްކަތް ފަށައިފަ އެވެ. އެއީ ރިޝީ ކުޅުނު ކެރެކްޓާ މިހާރު ޕަރޭޝް ރާވަލާ އެކު ފުރިހަމަ ކޮށްފައިވާ "ޝަރުމާޖީ ނަމްކީން" އެވެ. ޖޫހީ ޗާވްލާ ވެސް މުހިއްމު ރޯލެއް ކުޅެފައިވާ ފިލްމުގެ ޕޯސްޓަރު ވެސް ރިޝީގެ 69 ވަނަ އުފަން ދުވަހާ ދިމާކޮށް ސެޕްޓެމްބަރު މަހުގެ 4 ގައި އާންމު ކޮށްފައިވެ އެވެ. އެ ފިލްމު ރިލީޒް ކުރާނެ އިރެއް އަދި ހާމައެއް ނުކުރެ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ށަވިޔަނި
14 November 2021
ނީތޫ ސިންގް އަދިވެސް ވަރަށް ޒުވާންވައްތަރު އެބަޖަހާ.