ބްރިޓްނީ.
03 ޖޫން 2021 - 06:55
އަމިއްލަ ދިރިއުޅުމުގައި މިހާތަނަށް ވަރަށް ބޮޑެތި އަޑިގުޑަންތަކާ ކުރިމަތިވެފައިވާ އެމެރިކާގެ މަޝްހޫރު ލަވަކިޔުންތެރިޔާ ބްރިޓްނީ ސްޕިއާސް އަލުން އެކްޓިން އަށް ނުކުންނަން އުޅޭ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
ހޮލީވުޑްގެ ޚަބަރުތައް ގެނެސްދޭ ނޫސްތަކުން ބުނި ގޮތުގައި ދެ ކުދިން ތިބި 39 އަހަރުގެ ފަންނާނު އަލުން އެކްޓިން އަށް ނުކުންނަން ހިތްވަރުދީ އެކަމަށް ބާރު އަޅަނީ ޒުވާން ލޯބިވެރިޔާ، 27 އަހަރުގެ ސޭމް އަސްގަރީ އެވެ.
ފިޓްނެސް ޓްރެނައިރެއްގެ ގޮތުގައި މަސައްކަތްކުރަމުން އަންނަ ސޭމް ވެސް އަންނަނީ ހޮލީވުޑަށް ނުކުންނަން މަސައްކަތް ކުރަމުންނެވެ.
މީޑިއާތަކުން ބުނީ ބްރިޓީ އަލުން ފިލްމު ކުޅެން ހިތްވަރުދީ އެކަން ކުރަން މަގުފަހިކޮށް ދިނުމުގެ ގޮތުން އެކްޓިން ކޯޗަކު ވެސް ސޭމް ހޯދާފައިވާ ކަމަށެވެ. މިރާ ނޫހުން ބުނެފައިވާ ގޮތުގައި އިރާނަށް އުފަން ސޭމްގެ ހުވަފެނަކީ ބްރިޓްނީއާ އެކު ވެސް ފިލްމެއްގެ މަސައްކަތްކުރުމެވެ.
ލަވަކިޔުންތެރިއެއްގެ ގޮތުގައި ބޮޑު ކާމިޔާބީތަކެއް ހޯދި ބްރިޓްނީ އަށް އެކްޓިން އަލެއް ނޫނެވެ. އޭނާ ވަރަށް ކުޑައިރު ވެސް ފިލްމުތަކުގައި މަސައްކަތްކުރި އެވެ. އަދި ފަހުން ބޮޑުވެގެން މަސައްކަތްކުރި ފިލްމުތަކުގެ ތެރޭގައި 2002 ގެ "ކްރޮސްވޯޑްސް" އާއި އެ އަހަރުގެ އޮސްޓިން ޕަވާޒް އިން ގޯލްޑްމެމްބާ" އަދި "ޕައުލީ ޝޯ އިޒް ޑެޑް (2003) ހިމެނެ އެވެ.
ކާމިޔާބު އެތައް މިއުޒިކް އަލްބަމެއް ނެރުނު ބްރިޓްނީގެ އެންމެ ފަހުގެ އަލްބަމަކީ 2016 ގެ "ގްލޯރީ" އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
އަހަންމާ1
03 June 2021
މާމަގެ ބައި ކުޅޭނެ ކަމަށް ހީކުރަން