18 ޖުލައި 2021 - 08:14
ބޮލީވުޑަށް ނުކުތްތާ މާ ގިނަ ދުވަހެއް ނުވެ ގެއްލިފައިވާ ބަތަލާ އައިޝާ ޓާކިއާގެ ސިފަ އަށް މިހާރު އައިސްފައި ހުރި ބޮޑު ބަދަލުން ފޭނުން ހައިރާންކޮށްލައި، އޭނާ އަށް ވަރަށް ގިނަ ބަޔަކު ފާޑުކިޔަން ފަށައިފި އެވެ.
އިސްޓަގްރާމްގައި އޭނާ ޕޯސްޓްކޮށްފައިވާ ފޮޓޯތަކާއި ވީޑިއޯތަކުން ފެންނަނީ މުޅިން އެހެން ސިފައެއްގަ އެވެ. ކުރިން މޫނު ވަރަށް ވަށްކޮށް ހުއްޓަސް މިހާރު އައިސްފައިވާ ބަދަލާ އެކު ގިނަ ބައެއްގެ ލޮލުގައި އެންމެ ބޮޑަށް އަޅައިގަންނަނީ އޭނާގެ ތުންފަތުގަ އެވެ. އައިޝާގެ ތުންފަތް މިހާރު ވަރަށް ބޮޑެވެ. މިހާރު އޭނާ ފެނުމުން ހަނދާން ވަނީ އެމެރިކާގެ މަޝްހޫރު ސެލެބްރިޓީ އާއިލާ ކާޑޭޝަން/ޖެނާ އާއިލާގެ މީހަކާ ކަމަށް އޭނާގެ ފޮޓޯތަކާއި ވީޑިއޯތަކަށް ކޮމެންޓްކުރި ބައެއް މީހުން ބުނެފައިވެ އެވެ.
މަޝްހޫރު ސެެބްރިޓީން ކަމަށްވާ ކިމް ކާޑޭޝަނާއި ކައިލީ ޖެނާ ފަދަ މީސްމީހުންނަކީ ސިފަ ރީތިކުރަން ޕްލާސްޓިކް އެތައް ސާޖަރީއެއް ހަދާފައިވާ މީހުންނެވެ. ގިނަ ބަޔަކު އައިޝާ ވެސް ސިފަކޮށްފައި ވަނީ ޕްލާސްޓީކެއްގެ ގޮތުގަ އެވެ. އައިޝާ ޕްލާސްޓިކް ސާޖަރީ ހެދިކަމުގެ ވާހަކަތައް އެންމެ ފުރަތަމަ ދެކެވުނީ 2017 ގަ އެވެ.
އޭނާގެ އިންސްޓަގްރާމްގައި މިހާރު އާންމުކުރާ ފޮޓޯތަކާއި ވީޑިއޯތަކަށް ފޮލޯކުރާ މީހުން ކޮމެންޓްތަކުގައި ބުނެފައި ވަނީ އައިޝާގެ ސިފައިން ފެންނަނީ ޕްލާސްޓިކް ސާޖަރީއެއް ގޯހުން ގޯހަށް ދިއުމުގެ ނަތީޖާ ކަމަށެވެ. ބައެއް މީހުން ބުނީ ވަރަށް ލޯބިކޮށް ހުރި ބަތަލާ އަކީ މިހާރު ބޮޑު ހުތުރެއް ކަމަށެވެ.
"ހިތަށް އަރާ ކީއްވެއްބާއޭ ގުދުރަތު ލިބުނު ސިފައާ މެދު ބައެއް މީހުން އެހާ ބޮޑަށް ކަންބޮޑުވަނީ. މިހާރު އައިޝާ ރީއްޗޭ ބުނާ ބަޔަކަށް އަހަރެން ހަމްދަރުދީވަން." ކޮމެންޓްކުރި މީހަކު ބުންޏެވެ.
މިހާރު އުމުރުން 35 އަހަރުގެ އައިޝާ އަކީ އައްބާސް-މަސްތާން 2004 ގައި ގެނެސްދިން ފިލްމު "ޓާޒަން: ދަ ވޮންޑަ ކާ" އިން ބޮލީވުޑަށް ނުކުތް ބަތަލާއެކެވެ. އޭގަ ފަހުން އޭނާ ކުޅުނު ފިލްމުތަކުގެ ތެރެއިން އެންމެ މަޝްހޫރުވި ފިލްމަކީ ސަލްމާން ޚާންގެ 2009 ގެ "ވޯންޓެޑް" އެވެ. އައިޝާގެ އިތުރު ފިލްމުތަކުގެ ތެރޭގައި "ސޯޗާ ނަ ތާ" އާއި "ސަލާމޭ އިޝްގް"، "ދިލް މާގޭ މޯ" އަދި "ޕާތުޝާލާ" ހިމެނެ އެވެ.
ދެހާސް ނުވައެއްގައި ހޮސްޕިޓާލިޓީ ދާއިރާގެ ވިޔަފާވެރިއެއް ކަމަށްވާ ފަރުހާން އަޒްމީއާ ކައިވެނިކޮށް އަންހެން ދަރިޔަކު ވެސް ހުރި އައިޝާގެ އެންމެ ފަހުން ފެނިފައި ވަނީ 2011 ގެ "މޯޅު" އިންނެވެ.
ބޮލީވުޑްގެ ވަރަށް ގިނަ ބަތަލާއިންނަކީ ސިފަ ރީތިކުރަން ވަރަށް ސިއްރިޔާތުގައި ޕްލާސްޓިކް ސާޖަރީ ހަދާ ބައެކެވެ. އެކަމަކު ވަރަށް މަދު ފަހަރެއްގައި ނޫނީ އެކަމަށް އެއްވެސް ބަތަލާ އެކު އެއްބަހެއް ނުވެ އެވެ. ސިފަ ރީތިކުރަން ޕްލާސްޓިކް ސާޖަރީ ހަދައިގެން ސިފަ މުޅިން ހުތުރުވެ، ލަނޑު ލިބުނު ބަތަލާއިން ވެސް ބޮލީވުޑުން ފެނިފައިވެ އެވެ.
އޭގެ ތެރެއިން އެންމެ މަޝްހޫރު އެކަކީ "އަޕްނާ ސަޕްނާ މަނީ މަނީ" އާއި "މުސާފިރު" ފަދަ ފިލްމުތައް ކުޅުނު ބަތަލާ ކޮއެނާ މިތުރާ އެވެ.
ޕްލާސްޓިކް ސާޖަރީ ހަދާފައިވާ މަޝްހޫރު ބައެއް ބަތަލާއިންގެ ތެރޭގައި ޝިލްޕާ ޝެޓީ، ޕްރިޔަންކާ ޗޯޕްރާ، އައިޝްވާރިއާ ރާއީ، އަނުޝްކާ ޝަރުމާ، ޝުރޫތީ ހަސަން އަދި ޖާންވީ ކަޕޫރް ހިމެނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ޑިޑިން
19 July 2021
ކުރީގައި އޭނާ މާ ލޯބި، ހީވަނީ ރީތި ދޫނޏެއް ހެން. އެކަމަކު މިހާރު ހީވަނީ ހުތުރު އަންހެނެއް ހެން.
އަބްޑޫޅް
19 July 2021
މި އައިސްތު ތަގިއްޔާ އަކީ ކޮން އައިސްތުއެއްތަ؟ ގޭ ކުއްޖެއް ދޯ؟
ހިއުމަން އެއް.
18 July 2021
މާތް ﷲ އެމީހަކު ހައްދަވާނީި އެ މީިހަކަށް އެން މެ ރަނގަޅު ގޮތަށް. ދެން އެޔަށް އެމީިހާ ބޭނުންްހާ ގޮތެްް ހަދަން އުޅުނީިމަ ލިބޭނީި ލަނޑު. އެ މީިހަކު ކަޅލު ވިޔަސް، ދޮންވިޔަސް، އިސްކޮަޅލުން ކުރުވިޔަސް ދިގުވިޔަސް، އެ ގޮތަށް އެ މީިހަކު ހުރީ އެއީ އެންމެ ރަނގަޅު ގޮތް ކަމަށް ވާތީ. މީހެއް ގެ އުފެދުމުގަ ހުރިި ސިފައަކަަށް މަލާމާތެއް ނުކުރެވޭނެ. ލަނޑު ލިބެނީި އަހަރުމެން ޝުކުރު ނުކުރީމަަ. ވ.ވެދުން.
ގުލްޒާރު
18 July 2021
އެބުނާހެން. އެހުރީ އެކުއްޖާގެ ސިފަ މުޅިންގެއްލިފައެއްނު.
ކުޑަކަމު
18 July 2021
ކަމަކޫ ނުދޭ، މަށަށް ކަމަކޫ ނުދޭ...