މުނިފޫހިފިލުވުން / ބޮލީވުޑް

ޝިލްޕާގެ ބަދަލުގައި "ސުޕަ ޑާންސާ 4" އަށް ކަރިޝްމާ

ބޮލީވުޑްގެ ބަތަލާ ޝިލްޕާ ޝެޓީގެ ފިރިމީގާ ރާޖް ކުންދުރާ ބަރަހަނާ ފިލްމު ހަދައި އެއިން އާމްދަނީ ހޯދާ ކަމަށް ބުނާ މައްސަލަތަކެއް ފަޅާއަރައި ހައްޔަރުކުރުމާ ގުޅިގެން ޝިޕްލާ މީޑިއާތަކާ ދުރުވެ، ޖަޖްކަން ކުރަމުން ދިޔަ ސޮނީ ޓީވީގެ "ސުޕަ ޑާންސާ 4" ގެ މަސައްކަތުން ވެސް އެކަހެރިވެފައިވާތީ އެ ޝޯގެ ބަދަލު ޖަޖެއްގެ ގޮތުގައި ކަރިޝްމާ ކަޕޫރް ހަމަޖައްސައިފި އެވެ.

މީޑިއާތަކުން ބުނީ އަންނަ ހަފުތާ އިން ފެށިގެން ޝޯގެ ޖަޖުންގެ ޕެނަލުން ކުރީގެ ބަތަލާ ފެންނާނެ ކަމަށާއި ކަރިޝްމަ ޝޯގެ ޝޫޓިންތަކުގައި ވެސް މި ހަފުތާގައި ބައިވެރިވެފައިވާ ކަމަށެވެ. އޭނާ ވަނީ މި ހަފުތާގައި ސޮނީގެ "އިންޑިއަން އައިޑޮލް 12" ގެ އެޕިސޯޑެއްގައި ވެސް މެހުމާނެއްގެ ގޮތުގައި ބައިވެރިވެފަ އެވެ.

ފިރިމީހާ މިދިޔަ ހޯމަ ދުވަހު ހައްޔަރުކުރުމާ ގުޅިގެން ޝިލްޕާ ވަނީ މިއަދު ޑިޒްނީ ޕްލަސް ހޮޓްސްޓާ އިން ޕްރީމިއާކުރާ އޭނާގެ ފިލްމު "ހަންގާމާ 2" ގެ ޕްރޮމޯޝަންތަކުގައި ބައިވެރި ނުވާން ނިންމައިފަ އެވެ.

"ސުޕަ ޑާންސާ 4" ފެށި ފަހުން މިއީ އެ ޝޯ އިން ޝިލްޕާ ގެއްލޭ ދެވަނަ ފަހަރެވެ. ކުރިން އޭނާ ޝޯއާ ވަކިވީ އާއިލާގެ ގިނަ ބަޔަކު ކޮވިޑް-19 އަށް ޕޮޒިޓިވްވުމާ ގުޅިގެންނެވެ. އޭރު އޭނާ ނެތްތަން ޝޯގައި ފޫބައްދައި ދިނީ މަލައިކާ އަރޯރާ އެވެ.

މި ފަހަރު ކަރިޝްމާ "ސުޕަ ޑާންސާ 4" ގެ ޖަޖުންގެ ޕެނަލާ ގުޅުނު އިރު، ޝޯގެ ތިން ޖަޖުންގެ ޕެނެލްގައި ދެން ހިމެނެނީ ކޮރިއޮގްރާފަރު ގީތާ ކަޕޫރާއި ޑައިރެކްޓަރު އަނޫރާގް ބާސޫ އެވެ. އެ ޝޯ ދައްކަނީ ކޮންމެ ހަފުތާއެއްގެ ހޮނިހިރާއި އާދީއްތަ ދުވަހުގެ ރޭ ރާއްޖެ ގަޑިން 7:30 އިން 9:00 އަށެވެ.

ބަރަހަނާ ފިލްމު ހަދައި އެކަމުން މާލީ ބޮޑު މަންފާއެއް ހޯދާ ކަމަށް ބުނާ މައްސަލާގައި ހޯމަ ދުވަހު ރާޖް ހައްޔަކުރީ މުމްބާއީގެ ކްރައިމް ބްރާންޗަށް ފެބްރުއަރީ މަހުގެ ތެރޭގައި ރިޕޯޓްކުރި މައްސަލައެއްގައި ކަމަށް ފުލުހުން ބުންޏެވެ. ފުލުހުން ބުނި ގޮތުގައި މިހާތަނަށް ތަހުގީގު ގޮސްފައި އޮތް ހިސާބަށް ބަލާއިރު، އެކަމުގައި އެންމެ އިސް ރޯލެއް އަދާކުރީ ރާޖެވެ. އަދި އެކަމުގައި އޭނާއާ އެކު އިންޑިއާ އާއި އިނގިރޭސިވިލާތުގައި އުޅޭ ބަޔަކު ވެސް ހިއްސާވެފައިވެ އެވެ.

ރާޖްގެ މައްސަލަ މީޑިއާތަކަށް ތިލަވުމާ އެކު އޭނާއާ ދެކޮޅަށް ވަރަށް ގިނަ ބަޔަކު ދަނީ މިހާރު ވާހަކަ ދައްކަމުންނެވެ. އެގޮތުން އިންޑިއާގެ ބީ-ގްރޭޑް ބައެއް ބަތަލާ އިން ވަނީ އެ މީހުން ލައްވައި ގަދަކަމުން ބަރަހަނާ ފިލްމު ކުޅުވުން ރާޖް އެގްރިމަންޓްތައް ހަދަން މަސައްކަތްކޮށްފައިވާ ކަމަށް ބުނެފަ އެވެ. އަދި އޮޑިޝަނަށް ބަރަހަނާ ފޮޓޯ ވެސް ފޮނުވަން އޭނާ މަޖުބޫރުކޮށްފައިވާ ކަމަށް ބުނެ އެތައް ބަތަލާ އަކު މިހާތަނަށް މީޑިއާތަކުގައި ވާހަކަ ދައްކާފައިވެ އެވެ.

ފުލުހުންނާ ހަވާލާދީ ބައެއް މީޑިއާތަކުން ބުނީ ބަރަހަނާ ފިލްމު ހަދައި އެ އެއްޗެހި ދައުރުކޮށްގެން ދުވާލެއްގެ މައްޗަށް ރާޖް 6-8 ލައްކަ ރުޕީސްގެ އާމްދަނީއެއް ހޯދަމުން ދިޔަ ކަމަށެވެ. މި މައްސަލާގައި އޭނާގެ ބައެއް އެކައުންޓްތައް މިހާރު ވަނީ ފްރީޒްކޮށްފަ އެވެ.

0 ކޮމެންޓް, 12 ރިއެކްޝަންސް

icon happy icon happy 17%
icon sad icon sad 17%
icon angry icon angry 25%
icon wow icon wow 17%
icon inlove icon inlove 25%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454