ޑްރޭކްގެ އެންމެ ފަހުގެ އަލްބަކީ 2018 ގެ "ސްކޯޕިއަން"
03 ސެޕްޓެމްބަރ 2021 - 08:52
މިހާތަނަށް ހަތަރު ގްރެމީ އެވޯޑް ހޯދާފައިވާ ކެނެޑާގެ މަޝްހޫރު މިއުޒިޝަން ޑްރޭކްގެ އާ އަލްބަމް "ސަޓިފައިޑް ލަވަ ބޯއި" މާދަމާ ނެރެން ނިންމައި، އޭގެ ކަވަރު ދައްކާލައިފި އެވެ.
ވަރަށް ތަފާތުކޮށް ފެންނަ ކަވަރުގައި މުޅިން ވެސް ހުރީ އެއް ސިފައަކަށް އެކަމަކު އެކި ކުލަތަކުގެ މާބަނޑު އަންހެނަކު ސިފަކޮށްދޭ އިމޯޖީ އެވެ. ނަމަވެސް މި ކަވަރަށް ގިނަ ބަޔަކު ދަނީ ޓްވިޓާގައި ފާޑު ކިޔަމުންނެވެ. ކަވަރު ޑިޒައިންކުރީ އިނގިރޭސި އާޓިސްޓް ޑެމިއަން ހާސްޓް އެވެ.
ރިޕަބްލިކް ރިކޯޑްސް އާއި އޯވޯ ސައުންޑްސްގެ ތައްގަނޑުގައި ނެރޭ "ސަޓިފައިޑް ލަވަ ބޯއި" ގެ ލަވަތަކުގެ ތެރެއިން "ލާފް ނައު، ކްރައި ލޭޓާ" މިދިޔަ މަހުގެ 14 ގައި ވީޑިއޯއާ އެކު ނެރެފައިވެ އެވެ. އާ އަލްބަމްގައި އެކި ޖޯންރާތަކުގެ ހިތްގައިމު ލަވަތަކެއް ހިމެނޭނެ އެވެ.
މިދިޔަ އަހަރު ރިލީޒްކުރަން ނިންމައި އެކަމަކު ފަހުން މި އަހަރުގެ ޖެނުއަރީ އަށް ފަސްކޮށް، އެންމެ ފަހުން މާދަމާ ރިލީޒްކުރާ މި އަލްބަމަކީ ޑްރޭކް، 34، ގެ ހަ ވަނަ އަލްބަމެވެ.
އޭނާގެ އެންމެ ފަހުގެ ފިލްމަކީ 2018 ގެ "ސްކޯޕިއަން" އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy