31 އޮކްޓޯބަރ

October 31, 2018 8
ފުވައްމުލަކުގައި ޒުވާނެއްގެ ގަޔަށް ވަޅި ހަރައިފި

ފުވައްމުލަކުގައި ޒުވާނެއްގެ ގަޔަށް މިރޭ ވަޅި ހަރައި ޒަހަމް ކޮށްލައިފި އެވެ.

29 އޮކްޓޯބަރ

October 29, 2018 2
ވަޅި ހެރުމުން ޒަހަމްވި ޒުވާނާގެ ހާލު އަދިވެސް ސީރިއަސް

މިދިޔަ ހޮނިހިރު ދުވަހު މާލޭގައި ހިންގި މާރާމާރީގައި އަނިޔާވި ޒުވާނާގެ ހާލު އަދިވެސް ސީރިއަސް ކަމަށް އޭނާގެ އާއިލާއިން މިއަދު ބުނެފި އެވެ.

28 އޮކްޓޯބަރ

October 28, 2018 29
ފޮޓޯ އާއްމު ވެއްޖެ، އެކަމަކު މީހަކު ހައްޔަރެއް ނުކުރޭ

ޕީޕީއެމް އޮފީސް ކައިރިން ބޮޑުތަކުރުފާނު މަގުގައި އިއްޔެ މެންދުރު ފަހު ޒުވާނެއްގެ ގަޔަށް ވަޅި ހަރައި ޒަޚަމްކޮށްލީ އެތައް ބައެއްގެ ލޯ ކުރިމަތީގަ އެވެ. އެ ސަރަހައްދުގައި ހުރި އެތައް، ސީސީޓީވީ ކެމެރާތަކެއްގައި އެ މަންޒަރުތައް ރެކޯޑް ކުރެވިފައި ހުރި އިރު، އެ ހަމަލާ ދިން ކަމަށް ބެލެވޭ މީހުންގެ ފޮޓޯތައް މިހާރު ވަނީ ސޯޝަލް މީޑިއާގައި...

27 އޮކްޓޯބަރ

October 27, 2018 18
ޒުވާނެއްގެ މެޔަށް ވަޅި ހަރައި ޒަހަމްކޮށްލައިފި

ހެންވޭރުގައި ހުންނަ ޕީޕީއެމްގެ އޮފީސް ކައިރީގައި ޒުވާނެއްގެ މެޔަށް ވަޅި ހަރައި މިއަދު ޒަހަމްކޮށްލައިފި އެވެ.

19 އޮކްޓޯބަރ

October 19, 2018 8
މާލޭގައި ޒުވާނަކަށް ތޫނު އެއްޗަކުން ހަމަލަދީފި

މާލޭގައި ޒުވާނެއްގެ ގަޔަށް ތޫނު އެއްޗަކުން ހަމަލާދީ މިއަދު ޒަހަމް ކޮށްލައިފި އެވެ.

13 އޮކްޓޯބަރ

October 13, 2018 21
މާރާމާރީތަކާ ގުޅިގެން މީހުން ފާސްކުރަން ފަށައިފި

މާލޭގައި މި ދުވަސްވަރު އަނެއްކާ ވެސް މާރާމާރީތައް އިތުރުވެފައި ވާތީ، އެކަން ހުއްޓުވުމަށް، މީހުން ބަލައި ފާސްކުރުމުގެ މަސައްކަތް ފުލުސް އޮފީހުން ފަށައިފި އެވެ.

10 އޮކްޓޯބަރ

October 10, 2018 10
މާރާމާރީ ހިންގަން އުޅުނު ފަސް މީހަކު ހައްޔަރުކޮށްފި

މާލޭގައި މިރޭ މާރާމާރީ ހިންގަން އުޅުނު ފަސް މީހަކު ހައްޔަރު ކޮށްފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.

October 10, 2018 9
ތޫނު އެއްޗަކުން ހަމަލާދީ ޒުވާނަކު ޒަހަމްކޮށްލައިފި

މާލޭގައި މިއަދު ވެސް ތޫނު އެއްޗަކުން ހަމަލާދީ ޒުވާނަކު ޒަހަމް ކޮށްލައިފި އެވެ.

09 އޮކްޓޯބަރ

October 09, 2018 36
މާރާމާރީގައި ޒަހަމްވި ދެ ޒުވާނުން ސީރިއަސް ހާލަތެއްގައި

އައްޑު އާއި މާލޭގައި ހިންގި މާރާމާރީގައި ތޫނު އެއްޗަކުން ހަމަލަދީ، ޒަހަމް ކޮށްލާފައިވާ އައްޑޫ ދެ މީހުންގެ ހާލު ސީރިއަސް ކަމަށް އައިޖީއެމްއެޗާއި އޭޑީކޭ ހޮސްޕިޓަލުން މިއަދު ބުނެފި އެވެ.

07 އޮކްޓޯބަރ

October 07, 2018 8
އައްޑޫ މާރާމާރީއާ ގުޅިގެން 5 މީހަކު ހައްޔަރުކޮށްފި

ސ. މަރަދޫގައި ރޭ ޒުވާނަކަށް ވަޅިއަކުން ހަމަލާދީ ޒަހަމްކޮށްލުމުގެ ތުހުމަތުގައި، އިތުރު ފަސް މީހަކު މިރޭ ހައްޔަރުކޮށްފި އެވެ.

October 07, 2018 7
ވަޅި ހެރުމުގެ ތުހުމަތުގައި ކުޑަކުއްޖަކު ހައްޔަރުކޮށްފި

ރޭ ސ. މަރަދޫގައި ޒުވާނަކަށް ވަޅިއަކުން ހަމަލާދީ ޒަހަމްކޮށްލި ކަމުގެ ތުހުމަތުގައި، 17 އަހަރުގެ ފިރިހެން ކުއްޖަކު ހައްޔަރުކޮށްފި އެވެ.

16 ސެޕްޓެމްބަރ

September 16, 2018 89
ގޭންގުތައް އުޅޭ ކަމަށް ރައީސް ގަބޫލުފުޅެއް ނުކުރައްވާ

ބޮޑެތި މާރާމާރީ އާއި ޖަރީމާތައް ހިންގާ ގޭންގުތައް ރާއްޖޭގައި ހަރަކާތްތެރިވާ ކަމަށް ގަބޫލުފުޅު ނުކުރައްވާ މޭރުމަކުން ރައީސް އަބްދުﷲ ޔާމީން މިރޭ ވާހަކަފުޅު ދައްކަވައިފި އެވެ.

September 16, 2018 8
ވަޅި ޖެހި މައްސަލައިގައި މީހަކު ހައްޔަރުކޮށްފި

ފުވައްމުލަކުގައި އިއްޔެ މީހަކަށް ވަޅިން ހަމަލާދީ މާރާމާރީ ހިންގި މައްސަލައިގައި ފުލުހުން މީހަކު ހައްޔަރު ކޮށްފި އެވެ.

15 ސެޕްޓެމްބަރ

September 15, 2018 17
ފުވައްމުލަކުގައި މީހެއްގެ ކަރަށް ވަޅި ހަރައިފި

ފުވައްމުލަކުގައި މީހެއްގެ ކަރަށް ވަޅި ހަރައި މިރޭ ޒަހަމްކޮށްލައިފި އެވެ.

10 ސެޕްޓެމްބަރ

September 10, 2018 57
"ޒުވާނުން" ޓެގް އެޅުވުމުގެ ބޭނުމެއް ނެތް: މިނިސްޓަރު

ޒުވާނުން ޒިންމާދާރުވެ، އަމިއްލަ ފައިމައްޗަށް ތެދުވެއްޖެ ކަމަށާއި އެހެންވެ، އެ މީހުންގެ ފައިގައި ޓެގު އެޅުވުމުގެ ބޭނުން ކެނޑިއްޖެ ކަމަށް ހޯމް މިނިސްޓަރު އަޒްލީން އަހުމަދު ރޭ ވިދާޅުވެއްޖެ އެވެ.

04 ސެޕްޓެމްބަރ

September 04, 2018 13
ރޭ ވެސް މާލޭގައި މާރާމާރީ ހިންގައި މީހަކު ޒަޚަމްކޮށްލި

މާލޭގައި ރޭ ވެސް މާރާމާރީއެއް ހިންގައި މީހަކު ޒަހަމްކޮށްލައިފި އެވެ.

September 04, 2018 5
އިއްބެގެ މަރާގުޅިގެން ހޯދި މީހާ ފުލުހުންނާ ހަވާލުވެއްޖެ

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ކައިރީގައި މިދިޔަ ހުކުރު ދުވަހުގެ ރޭ ވަޅި ހަރައި މަރާލި އިބްރާހިމް އާގިލް (އިއްބެ) ގެ މަރުގެ ތުހުމަތުގައި ހޯދަން އިއުލާން ކުރި މީހާ، ރޭ...

September 04, 2018 115
ރޯމާ ދުވާލު ފޭރެނީ! އަޅާލާނެ މީހަކު ނެތް!

މިފަހަކުން މާލޭގައި މާރާމާރީ އާއި ވައްކަން އިތުރުވެފައިވާއިރު މާލޭގެ މަގެެއްގައި ދުވާލު ފޭރޭ ދެ ވީޑިއޯއެއް އާންމުވެއްޖެ އެވެ. އިއްޔެއިން ފެށިގެން ސޯޝަލް މީޑިއާގައި އެ ވީޑިއޯތައް...

03 ސެޕްޓެމްބަރ

September 03, 2018 44
އިއްބެގެ މަރާ ގުޅިގެން މީހަކު ހޯދަން އިއުލާންކޮށްފި

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ނުވަތަ ގްރީން ޒޯންގައި މިދިޔަ ހުކުރު ދުވަހުގެ ރޭ ވަޅި ހަރައި މަރާލި އިބްރާހިމް އާގިލް (އިއްބެ) ގެ މަރުގެ ތުހުމަތުގައި މީހަކު ހޯދަން ފުލުހުން މިއަދު އިއުލާން ކޮށްފި އެވެ.

02 ސެޕްޓެމްބަރ

September 02, 2018 72
އިއްބެ މަރާލީ މާލެ އައިތަނުން ދިން ހަމަލާގައި!

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ކައިރިން ހަމަލާދީ މިދިޔަ ހުކުރު ދުވަހު މަރާލި އިބްރާހިމް އާގިލް (އިއްބެ)، 18، އަށް ހަމަލާދިނީ މާލެ އަތޮޅު ރަށެއްގައި އުޅުމަށް ފަހު އެނބުރި މާލެ އައި ތަނުން ކަން "މިހާރު" އަށް އެނގިއްޖެ އެވެ.

01 ސެޕްޓެމްބަރ

September 01, 2018 34
ޒުވާނަކު މަރާލި މައްސަލާގައި މީހަކު ހައްޔަރެއް ނުކުރޭ

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ކައިރީގައި ރޭ ޒުވާނަކަށް ހަމަލާދީ މަރާލި މައްސަލައާ ގުޅިގެން މިހާތަނަށް އަދި އެއްވެސް މީހަކު ހައްޔަރުނުކުރާ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.

31 އޯގަސްޓް

August 31, 2018 136
މާލޭގައި ވަޅި ހަރައި، ޒުވާނަކު މަރާލައިފި

މާލޭގައި މިރޭ ވަޅިން ހަމަލާދީ ޒުވާނަކު މަރާލައިފި އެވެ.

28 އޯގަސްޓް

August 28, 2018 60
ވަޅި ހަރާފައި ފިލަން ދުވި މީހަކު އަތުލައިގެންފި

މާލޭގައި މިރޭ ތިން މީހަކު ޒަހަމްކޮށްލި މާރާމާރީގައި ބައިވެރިވި މީހަކު ފިލަން ދުވަނިކޮށް ފުލުހުންގެ މީހަކާއި އާންމުންގެ ދެ މީހަކުވެގެން އެ މީހާ ހިފަހައްޓައި ހައްޔަރުކޮށްފި އެވެ.

August 28, 2018 11
މާރާމާރީއެއް ހިންގައި ތިން މީހަކު ޒަހަމްކޮށްލައިފި

މާލޭގައި މިރޭ މާރާމާރީއެއް ހިންގައި ތިން މީހަކު ޒަހަމްކޮށްލައިފި އެވެ.

27 އޯގަސްޓް

August 27, 2018 1
ގަމުގެ މާރާމާރީއާ ގުޅިގެން މީހަކު ހައްޔަރުކޮށްފި

ލ. ގަމުގައި ތޫނު އެއްޗަކުން ހަމަލަދީ، ތިން މީހަކު ޒަހަމްކުރި މައްސަލައިގައި އެ ރަށުން މިއަދު މީހަކު ހައްޔަރުކޮށްފި އެވެ.