17 އޮކްޓޯބަރ

October 17, 2018 24
ކެމްޕެއިނަށް ޖެހި ހޮޅިތައް ބޭރުކުރަނިކޮށް ހުއްޓުވައިފި

ރައީސް އަބްދުﷲ ޔާމީނަށް ރިޔާސީ އިންތިޚާބު ކާމިޔާބުކޮށް ދިނުމަށް ކުރި ކެމްޕޭނަށް، ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ހުޅުމާލޭ މަގުތަކުގައި ޕީޕީއެމްގެ ދިދަ އާއި ބެނާ ދެމުމަށް ޖެހި ހޮޅިތައް ހުޅުމާލެއިން ބޭރު ކުރަން އުޅެނިކޮށް މިއަދު ފުލުހުން އެކަން ހުއްޓުވައިފި އެވެ.

October 17, 2018 27
އެޗްޑީސީގެ ހާއްސަ އޮޑިޓެއް ކުރަން ނިންމައިފި

ރައީސް އަބްދުﷲ ޔާމީނަށް ރިޔާސީ އިންތިޚާބު ކާމިޔާބުކޮށް ދިނުމަށް ކުރި ކެމްޕޭނަށް، ގަވާއިދާ ޚިލާފަށް ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ބޮޑު ހޭދައެއް ކުރި މައްސަލަ...

October 17, 2018 39
އެޗްޑީސީން ހެކި ނައްތާކަމުގެ ތުހުމަތު، ފިޔަވަޅު އަޅާ!

ރައީސް އަބްދުﷲ ޔާމީން ދެ ވަނަ ދައުރަކަށް އިންތިޚާބު ކުރުމަށް ކުރި ކެމްޕޭނަށް ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ހޭދަ ކުރި ކަން ފަޅާއެރުމާ އެކު، އެކަމުގެ ހެކިތައް...

16 އޮކްޓޯބަރ

October 16, 2018 49
އެޗްޑީސީން ރައީސްގެ ކެމްޕޭނަށް މިލިއަނުން ހޭދަކުރި!

ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ މާލީ ތަނަވަސްކަން ވަރަށް ބޮޑަށް ދަށްވި އެއް ސަބަބަކީ، ރިޔާސީ އިންތިޚާބުގައި ޕީޕީއެމްގެ ކެމްޕޭނަށް އެތައް މިލިއަން ރުފިޔާއެއް ހޭދަކުރުން ކަން ފަޅާ އަރަައިފި އެވެ.

15 އޮކްޓޯބަރ

October 15, 2018 3
ގޯއްޗަށް އެދެން ހުޅުވާލާނެ ދުވަހެއް އަދި ނުނިންމާ

ހުޅުމާލޭގެ ދެ ވަނަ ފިޔަވަހިން ގޯއްޗަށް އެދި ހުށަހަޅާ ފޯމުތައް ބަލައިގަންނާނެ ދުވަހެއް އަދި ނުނިންމާ ކަމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން މިއަދު ބުނެފި އެވެ.

11 އޮކްޓޯބަރ

October 11, 2018 19
"ބިން ވިއްކަނީ ބޭއިންސާފުން، އެކަން ބަލާނަން"

ހުޅުމާލޭގެ ދެވަނަ ފިޔަވަހިން ބިން ވިއްކަނީ ބޯހިޔާވަހިކަން އެންމެ ބޮޑަށް ބޭނުންވާ މީހުންނަށް ބެލުމެއް ނެތި ބޭއިންސާފުން ކަމަށާއި މިފަދަ ކަންކަމުގައި ގާނޫނާ ހިލާފުވެފައި ވޭތޯ ބަލައި ތަހުގީގުކުރާނެ ކަމަށް އިންތިޚާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ގެ އޮފީހުން މިރޭ ބުނެފި އެވެ.

10 އޮކްޓޯބަރ

October 10, 2018 10
ގޯއްޗަށް ފޯމް ހުށައެޅުން: ކިއޫގައި އެތައް ގަޑިއިރެއް

ހައުސިން މިނިސްޓްރީގެ ބޭރުގައި ލިޔެކިޔުންތައް ހިފައިގެން ގޮނޑިއެއްގައި އިށީނދެގެން އިން އައިމިނަތު ޒުބައިދާ 49، ހުޅުމާލެ އިން ގޯއްޗެއް ބޭނުންވެގެން އެ ކިޔޫގައި ޖެހުނީ ފަތިހު 4:30 ގަ...

October 10, 2018 51
ހުޅުމާލެއިން ގޯތި ހޯދަން ކިޔޫ ދަމާލައިފި!

ހުޅުމާލޭގެ ދެ ވަނަ ފިޔަވަހިން 400 ގޯތި ގަންނަން ބޭނުންވާ މީހުންނަށް އެ ފުރުސަތު ހުޅުވާލުމާ އެކު، ހައުސިން މިނިސްޓްރީ ކައިރީގައި ބޮޑު ކިއުއެއް މިއަދު ދަމާލައިފި އެވެ.

09 އޮކްޓޯބަރ

October 09, 2018 61
އެޗްޑީސީގެ މާލީ ތަނަވަސްކަން އޮތީ ދަށްވެފައި: މުއިއްޒު

ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ މާލީ ތަނަވަސްކަން ވަރަށް ބޮޑަށް ދަށަށް ގޮސްފައިވާ ކަމަށް ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.

October 09, 2018 41
ގޯތި ވިއްކަން އޭސީސީން ވަނީ ހުއްދަދީފައި: މުއިއްޒު

ހުޅުމާލޭގެ ދެ ވަނަ ފިޔަވަހިން 400 ގޯތި ވިއްކުމައިގެން ކުރިއަށް ދާން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ން ހުއްދަ ދީފައިވާ ކަމަށް ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު...

October 09, 2018 79
ފްލެޓް ލިބޭ މީހުންގެ ވަގުތީ ލިސްޓު އިއުލާން ކުރަނީ

އާންމުންނަށް ބޯހިޔާވަހިކަން ހޯދައިދިނުމަށް މި ސަރުކާރުން ފަށާފައިވާ "ހިޔާ މަޝްރޫއު" ގައި އިމާރާތް ކޮށްފައިވާ ފްލެޓުތައް ލިބޭ މީހުންގެ ވަގުތީ ލިސްޓްތައް އިއުލާން ކުރަން ފަށާފައިވާ...

05 އޮކްޓޯބަރ

October 05, 2018 5
"އާބަން އިނޮވޭޝަން"ގެ 1 ވަނައަށް 120،000ރ.

"ސްމާޓް ސިޓީއަކަށް" ހުޅުމާލެ ހަދަން ޒުވާނުންގެ އުފެއްދުންތެރި ހިޔާލު ހޯދުމުގެ ގޮތުން ޔޫއެންޑީޕީން ޒުވާނުންނަށް ހާއްސަކޮށްގެން ހިންގާ އާބަން އިނޮވޭޝަން ޗެލެންޖުން އެއް ވަނަ އަށް ހޮވޭ މީހަކަށް/ގްރޫޕަކަށް އެ ޖަމިއްޔާއާ އެކު މަސައްކަތް ކުރަން 120،000 ރުފިޔާގެ ފަންޑެއް ދޭން ޔޫއެންޑީޕީން ނިންމައިފި އެވެ. ޔޫއެންޑީޕީ އާއި އުރީދޫ އަދި...

30 ސެޕްޓެމްބަރ

September 30, 2018
ޒުވާނުންގެ އުފެއްދުންތެރި ހިޔާލަށް ޔޫއެންޑީޕީން ފުރުސަތު

"ސުމާޓް ސިޓީއަކަށް" ހުޅުމާލެ ހަދަން ޒުވާނުންގެ އުފެއްދުންތެރި ހިޔާލު ހޯދުމުގެ ގޮތުން، ޔޫއެންޑީޕީން ކުރިއަށް ގެންދާ ހާއްސަ ޕްރޮގްރާމެއްގައި ދިވެހި ޒުވާނުން ބައިވެރިވުމުގެ ފުރުސަތު މާދަމާ ހުޅުވާލަން ނިންމައިފި އެވެ.

27 ސެޕްޓެމްބަރ

September 27, 2018 117
ހުޅުމާލެ ޓެކްސީ ޑްރައިވަރުން ހިމޭން މުޒާހަރާއެއް ކޮށްފި

ބްރިޖު ހުޅުވުމާ އެކު މާލޭގެ ޓެކްސީތަކުން ހުޅުމާލެ އަށް އަރައި އަމަލުކުރަމުންދާ ގޮތުން ނުރުހުންވެ، އެތަނުގެ ޓެކްސީ ޑްރައިވަރުން އެޗްޑީސީ ކުރިމަތީގައި މިރޭ، ހިމޭން މުޒާހަރާއެއް ކޮށްފި އެވެ.

20 ސެޕްޓެމްބަރ

September 20, 2018 36
އެޗްޑީސީން ފްލެޓުތަކުގެ ޖޫރިމަނާ މާފުކޮށްދެނީ

ހުޅުމާލޭގެ ފްލެޓުތަކަށް ފައިސާ ނުދައްކައި ގިނަ ދުވަސްވުމުގެ ސަބަބުން އަރާފައިވާ ޖޫރިމަނާ މާފުކޮށްދޭން އެޗްޑީސީން މިއަދު ނިންމައިފި އެވެ.

11 ސެޕްޓެމްބަރ

September 11, 2018 82
މާލޭގެ ޓެކްސީތަކުން ހުޅުމާލޭގެ އުސޫލުތައް ފުނޑާލައިފި

ސިނަމާލެ ބްރިޖު ހުޅުވާލުމާ އެކު މާލޭގެ ގިނަ ޓެކްސީތަކެއް ހުޅުމާލެއަށް އަރައި ޓެކްސީ ހިދުމަތް ދިނުން "ހަމައިން ނައްޓާލައިފި" ކަމަށް ބުނެ، ހުޅުމާލޭ ޓެކްސީ ޑްރައިވަރުން ކަންބޮޑުވުން ފާޅުކުރަން ފަށައިފި އެވެ.

09 ސެޕްޓެމްބަރ

September 09, 2018 41
އެންމެބޮޑު ސްކޫލުގައި އަންނަ އަހަރު ކިޔަވައިދޭން ފަށަނީ

ހުޅުމާލޭގައި އިމާރާތްކުރާ، ރާއްޖޭގެ އެންމެ ބޮޑު ސްކޫލުގައި އަންނަ އަހަރު ކިޔަވައިދޭން ފަށަން އެޑިއުކޭޝަން މިނިސްޓްރީން ނިންމައިފި އެވެ.

03 ސެޕްޓެމްބަރ

September 03, 2018 30
ޖަގަހަ ހުޅުވަން އަވަށްޓެރިންގެ ޕެޓިޝަނެއް ހޯދަން އެންގި

ހުޅުމާލޭގައި އިދިކޮޅު ކޯލިޝަނުން ޖަގަހައެއް ހުޅުވުމުގެ ހުއްދައަށް އެދުމުން، އެތަނުގެ ވަށައިގެން ހުރި ގެތަކުގެ މީހުންގެ ޕެޓިޝަނެއް ހުށަހަޅަން ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ)ން އެންގި ކަމަށް އިދިކޮޅު ކޯލިޝަނުން މިރޭ ބުނެފި އެވެ.

30 އޯގަސްޓް

August 30, 2018 14
ހުޅުމާލޭގައި އިދިކޮޅު ކެމްޕެއިން ނުކުރެވޭ ކަމުގެ ޝަކުވާ

އަންނަ މަހުގެ 23ގައި އޮންނަ ރިޔާސީ އިންތިޚާބަށް އިދިކޮޅު ފަރާތްތަކަށް ހުޅުމާލޭގައި ކެމްޕޭން ނުކުރެވޭ ކަމަށް ބުނެ ޝަކުވާކުރަން ފަށައިފި އެވެ.

August 30, 2018 6
ބްރިޖް ހުޅުވުމާއެކު ހުޅުމާލޭގެ މަގުތަކަށް ބަދަލުތަކެއް

މާލެ އާއި ހުޅުލެއާ ދެމެދު އަޅާފައިވާ ބްރިޖް ހުޅުވުމާއެކު ހުޅުމާލޭގެ ބައެއް މަގުތަކުގެ ޓްރެފިކަށް ބަދަލު ގެންނަން ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ނިންމައިފި އެވެ.

21 އޯގަސްޓް

August 21, 2018 11
އީދުގައި އެންމެ ބޮޑު ފޯރިއެއް ނަގާ އަވަށަކީ ހުޅުމާލެ

މި އަޟްހާ އީދުގެ ބަންދުގައި ހުޅުމާލޭގައި ފޯރިގަދަ ހަރަކާތްތަކެއް ހިންގުމަށް ނިންމައިފި އެވެ. ހަރަކާތްތައް ރާވާފައިވާ ގޮތަށް ބަލާއިރު، މިއީ މިއަދު ފާހަގަކުރާ މި އަހަރުގެ ބޮޑު އީދުގައި އެންމެ ބޮޑު ފޯރިއެއް ނަގާ އެއް އަވަށެވެ.

19 އޯގަސްޓް

August 19, 2018 21
ބްރިޖާ ހެދި ހުޅުމާލެއަށް ބާރު ބޮޑެއް ނުވާނެ: އެޗްޑީސީ

މާލެ އާއި ހުޅުލެއާ ދެމެދު އަޅާފައިވާ ބްރިޖުން ދަތުރުކޮށްފައި ހުޅުމާލެ އަށް ދާ ވެހިކަލްތަކުން އެ އަވަށް ތޮއްޖެހުމުގެ ފުރުސަތެއް ނެތް ކަމަށް އެޗްޑީސީން އިއްޔެ ބުނެފި އެވެ.

August 19, 2018 12
ހުޅުމާލޭގައި ރަބަރު ބަމްޕަރުތަކެއް ހަރުކުރަނީ

ހުޅުމާލޭގައި ސިމެންތިން ހަދާފައި ހުރި ސްޕީޑް ބަމްޕަރުތަކުގެ ބަދަލުގައި ރަބަރުން ތައްޔާރުކޮށްފައިވާ ބަމްޕަރުތަކެއް ހަރުކުރަން ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން...

18 އޯގަސްޓް

August 18, 2018 5
ޔޫތު ސިޓީ އޯޕަން ޑޭގެ ހަރަކާތްތައް ފަށައިފި

ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން "ޔޫތު ސިޓީ އޯޕަން ޑޭ" ނަމުގައި ހުޅުމާލޭގައި ހާއްސަ ހަރަކާތްތަކެއް މިއަދު ފަށައިފި އެވެ.

15 އޯގަސްޓް

August 15, 2018 8
ހުޅުމާލޭގައި ފުލުހުންގެ އަދަދު އިތުރުކޮށްފި

ހުޅުމާލޭގައި މަސައްކަތް ކުރާ ފުލުހުންގެ އަދަދު އިތުރުކޮށް، އެ އަވަށް ބެލެހެއްޓުން ވަރުގަދަކޮށްފި އެވެ.

06 އޯގަސްޓް

August 06, 2018 45
އެޗްޑީސީގެ އެންގުމާ އެއްގޮތަށް އިދިކޮޅު ޖަގަހަ ބަންދު

ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީީސީ)ގެ ހުއްދަ ނުހޯދައި، ހުޅުމާލޭގައި ހިންގާ ކަމަށް ބުނެ އިިއްޔެ ޖޫރިމަނާ ކުރި އިދިކޮޅު ކޯލިޝަންގެ ޖަގަހަ ހުއްޓާލުމަށް އެ ކުންފުނިން...

August 06, 2018 41
އިދިކޮޅު ޖަގަހަ ހުރި ގޭގެ ވެރިފަރާތް ޖޫރިމަނާކޮށްފި

އެޗްޑީސީގެ ހުއްދަ ނުހޯދައި ހުޅުމާލޭގައި އިދިކޮޅު ކޯލިޝަންގެ ޖަގަހައެއް ހިންގަމުންދާތީ އެ އިމާރާތުގެ ވެރިފަރާތް 10،000ރ. އިން ޖޫރިމަނާ ކުރުމުން އެޗުޑީސީއަށް އެ ފައިސާ ދައްކައިފި އެވެ.

04 އޯގަސްޓް

August 04, 2018 12
ހުޅުމާލޭ ގައި ފުލުހުންގެ އަދަދު އިތުރު ކުރަނީ

ހުޅުމާލޭގައި މަސައްކަތް ކުރާ ފުލުހުންގެ އަދަދު ވަރަށް އަވަހަށް އިތުރު ކުރައްވާނެ ކަމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ ޗީފް އޮޕަރޭޓިން އޮފިސަރު (ސީއޯއޯ) އަހުމަދު ބުންޔާމީން އިއްޔެ ވިދާޅުވެއްޖެ އެވެ.