އުމްރާގެ އަޅުކަމަށް ފަހު، ރާއްޖެ އައިސް ރައްކާތެރިކަމުގެ ފިޔަވަޅު އަޅަން އެޗްޕީއޭއިން މިއަދު އިލްތިމާސްކޮށްފި އެވެ.

އެ އެޖެންސީން ސޯޝަލް މީޑިއާގައި ކުރި ޕޯސްޓެއްގައި ވަނީ ރޯގާ ޖެހި، ކެއްސާ ނަމަ ބަލިން ސަލާމަތްވާން ގޭގައި ވެސް އަމިއްލައަށް ފިޔަވަޅުތައް ނަގަން އެދިފަ އެވެ.

ބަލީގައި ގިނަ ދުވަސްވެ އަދި ބޮޑުވަރުވާ ނަމަ ޑޮކްޓަރެއްގެ ލަފާގެ މަތިން ފަރުވާ ގެންދަން ވެސް އެޗްޕީއޭއިން އެދެ އެވެ. 

އުމްރާގެ އަޅުކަމަށް ފަހު ރައްކާތެރިވުމަށް އެޅިދާނެ ފިޔަވަޅުތައް

- - މީހުން އެއްވެ އުޅޭ ތަންތަނަށް ނުދިއުން، ހާއްސަކޮށް އެ ތަންތަނަށް ކުޑަކުދިންނާއި އުމުރުން ދުވަސްވީ މީހުންނާއި ބަލިތައް ތަހައްމަލުކުރާ މީހުން ކައިރިން ނުދިއުން.

- އުމްރާ އިން އަންނަތާ 14 ދުވަސް ތެރޭގައި ހުން އައިސް، ކެއްސުން، ނޭވާލާން އުނދަގޫވުން އަދި މޭގައި ރިއްސުން ފަދަ އަލާމާތެއް ފެނިއްޖެ ނަމަ ލަސްނުކޮށް ޑޮކްޓަރެއްގެ މަޝްވަރާ ހޯދުން.

- ޑޮކްޓަރަށް ދައްކާއިރު އުމްރާއިން އެނބުރި އައި މީހެއްކަން ބުނެދިނުން.

- ގިނައިން ދިޔާތަކެތި ބޭނުންކުރުން.

- އަރާމުކުރުން.

- ހުން ގަދަ ނަމަ ގައިގައި ފެން ހޭކުން.

- ޕެރެސެޓަމޯލް ފިޔަވައި އެހެން ބޭހެއް ޑޮކްޓަރެއްގެ މަޝްވަރާއާ ނުލާ ބޭނުން ނުކުރުން.

- އަރިދަފުސް ރޯގާ ޖެހިއްޖެ ނަމަ ކެއްސާ، ކިނބިހި އަޅާއިރު އަނގަމައްޗާއި ނޭފަތް ނިވާކުރުން.

- ޓިޝޫ ބޭނުންކުރުމަށް ފަހު ރައްކާތެރިގޮތުގައި ނައްތާލުން.

- ގިނަގިނައިން ސައިބޯނި ލައިގެން އަތްދޮވުން.

- ދަތުރުމައްޗާއި އުމްރާ އަދާކުރުމުގައި އުޅޭއިރު މާސްކު އަޅައިގެން އުޅުން.

މިދިޔަ ސްކޫލު ބަންދާ ދުވަސްވަރާ ދިމާކޮށް 5،000 އަށް ވުރެ ގިނަ ދިވެހިން އުމްރާގެ އަޅުކަމަށް ދިޔަ އެވެ.