މިރޭ ފަށާ ވޯލްޑްކަޕްގެ މެޗުތައް ހުޅުމާލޭގެ ތިން ސަރަހައްދެއްގައި ބޮޑު ސްކްރީނުގައި ދައްކާނެ ކަމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ބުނެފި އެވެ.

އެޗްޑީސީން ބުނީ ހުޅުމާލޭގެ ތިން ސަރަހައްދެއްގައި މެޗުތައް ބެލޭނެ އިންތިޒާމު ހަމަޖައްސާފައިވަނީ ޕީއެސްއެމްއާ ގުޅިގެން ކަމަށެވެ.

ބޮޑު ސްކްރީންތައް ބަހައްޓާފައި ހުންނަ ހުރިހާ ސަރަހައްދަކުން ވެސް މިއަހަރުގެ ވޯލްޑް ކަޕްގައި ކުޅޭ ހުރިހާ މެޗުތަކެއް ވަގުތުން ދައްކަމުންދާނެ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.

ބޮޑު ސްކްރީން ބަހައްޓާފައިވާ ސަރަހައްދުތައް:

  • ހުޅުމާލެ 1 – ސެންޓްރަލް ޕާކް
  • ހުޅުމާލެ 2 – ވިނަރެސް ޓަވަރު 9 ކުރިމަތީގައި ހުންނަ ރޯދަ މާރުކޭޓް ޓެންޓް ކައިރި
  • ހުޅުމާލެ 1 – ފްލެޓް 137 ކައިރީގައި ހުންނަ ހެދިކާ ޓެންޓް ކައިރި

އެމެރިކާ އާއި ކެނެޑާ އަދި މެކްސިކޯގައި ބާއްވާ ވޯލްޑް ކަޕް ފަށާނީ މިރޭ ރާއްޖެ ގަޑިން މެންދަމު 12 ޖަހާއިރު އެވެ. އަދި އެ މެޗުގައި ކުޅޭނީ މެކްސިކޯ އާއި ސައުތު އެފްރިކާ އެވެ. އެ މުބާރާތުގެ ފައިނަލް މެޗް އޮންނާނީ އަންނަ މަހު އެވެ.