ރައީސް އޮފީހުގެ ޗީފް ކޮމިއުނިކޭޝަންސް ސްޓްރެޓެޖިސްޓް އިބްރާހިމް ހޫދުގެ ބެއްލެވުމުގެ ދަށުން ހިންގަވަމުން އައި ކޮމިއުނިކޭޝަންސް އޮފީހުގެ އިސް ބޭފުޅަކަށް މުހައްމަދު ހިސާން އަލީ ފަހްމީ (ހިސްކޮ) ހަމަޖައްސައިފި އެވެ.
ހިސާން ހުންނެވީ ރައީސް އޮފީހުގެ އަންޑަ ސެކްރެޓަރީގެ މަގާމުގަ އެވެ.
ރައީސް އޮފީހުގެ ޗީފް ކޮމިއުނިކޭޝަންސް ސްޓްރެޓެޖިސްޓުގެ މަގާމަށް ސްޓޭޓް މިނިސްޓަރުގެ ފެންވަރުގައި ހޫދު އައްޔަންކުރެއްވީ 2018 ގަ އެވެ. އޭނާ ވަނީ ސްޕޯކްސްޕާސަންގެ މަގާމު ވެސް ފުރުއްވައިފަ އެވެ.
އެ މަގާމުގައި މިހާރު ހުންނެވީ މުހައްމަދު މަބްރޫކް އަޒީޒެވެ.
ކޮމިއުނިކޭޝަންސް އޮފީހާ ދުރަށް ވަޑައިގަތް، ހޫދު ދެން މަސައްކަތް ކުރައްވާނީ ފޮރިން ރިލޭޝަންސްގެ އޮފީހުގަ އެވެ.