16 ޖުލައި

July 16, 2020 1
އެޕަލްގެ އޮފީސްތައް އަހަރުގެ ނިޔަލަށް ބަންދު

އޮފީސްތައް ހުޅުވައިގެން މުވައްޒަފުން މަސައްކަތްކުރުމަކީ އެޕަލް އިން ހިތްވަރުދޭ ކަމެއް ނޫން ކަމަށް އެ ކުންފުނިން ބުނެފި އެވެ. އެ ކުންފުނިން ބުނި ގޮތުގައި، އެމެރިކާގައި ހުރި އެޕަލްގެ އޮފީސްތައް، 2021ގެ ކުރިން ނުހުޅުވާނެ އެވެ.

14 ޖުލައި

July 14, 2020 1
އައިފޯން އުފައްދަން އިންޑިއާގައި އިންވެސްޓްކުރަނީ

ފޮކްސްކޮން އިން އިންޑިއާގައި އައިފޯން އުފައްދާ މިންވަރު އިތުރުކުރަނީ އެވެ. މިއީ އެޕަލް އިން އެދިގެން ފޮކްސްކޮން އިން ހިންގަން އުޅޭ ޕްރޮޖެކްޓެއް ކަމަށް ވެ އެވެ. ޗައިނާ ނޫން ގައުމެއްގައި އައިފޯން އުފެއްދުމަށް އެމެރިކާ ސަރުކާރުން އެޕަލް އަށް އަންނަނީ ބާރުބޮޑުކުރަމުންނެވެ.

09 ޖުލައި

July 09, 2020 4
އައިފޯން 12 އަގުބޮޑުވާނެ ކަމަށް ބިރުން

އައިފޯން 12، އައިފޯނު މަރުކާގެ އެހެން ހުރިހާ އައިފޯނަކަށް ވުރެ އަގުބޮޑުވާނެ ކަމަށް، މާކެޓް ދިރާސާކުރާ މީހުން ބުނެފި އެވެ. އެ މީހުން ބުނާ ގޮތުން، އައިފޯން 12 އަގުބޮޑުވަނީ އުފައްދަން ހިނގާ ޚަރަދާ ހެދި އެވެ.

30 ޖޫން

June 30, 2020 7
އާ އައިފޯނަށް ޗާޖަރާއި ހެޑްސެޓް ވަކިން ހޯދަންޖެހިދާނެ

އެޕަލް އަށް ލިބޭ އާމްދަނީގެ ދެބައިކުޅަ އެއްބައި ލިބެނީ އައިފޯނު ވިޔަފާރިންނެވެ. އައިފޯން އަދި އައިފޯނާ ގުޅިފައި ހުރި ވަސީލަތްތަކަށް އެ ކުންފުނިން އެހާ ފަރުވާތެރިވާ ސަބަބަކީ މިއީ އެވެ. ނަމަވެސް، މި އަހަރު ނެރޭ އައިފޯން، އައިފޯން 12 އާ އެކު ހެޑްފޯން އަދި ޗާޖަރު ވެސް ނުލިބޭނެ ކަމަށް މަސްރަހު ދިރާސާކުރާ މީހުން އެބަ ބުނެ އެވެ.

24 ޖޫން

June 24, 2020
އެޕަލް އިން ވާދަވެރިންނަށް ފުރުސަތުދެނީ

އައިއޯއެސް 14 އަތުޖެހޭ ފަށަށް އަންނަނީ އެވެ. އެންމެ އުންމީދީ ތާރީޚަކީ ސެޕްޓެމްބަރެވެ. ނަމަވެސް، މިހާރުން މިހާރަށް ވެސް "ޑިވެލޮޕާ ބީޓާ" ޑައުންލޯޑްކުރުމަށް ފުރުސަތު ވަނީ ހުޅުވާލައިފަ އެވެ. އަދި ޖުލައި މަހު ތެރޭގައި "ޕަބްލިކް ބީޓާ" ޑައުންލޯޑްކުރުމަށް ފުރުސަތު ލިބޭނެ ކަމަށް ބެލެވެ އެވެ.

23 ޖޫން

June 23, 2020 1
އެޕަލް ވަޔަލެސް ޗާޖަރުތައް އަލުން އަންނަނީ

އެޕަލް އިން 2017ގައި "އެއާޕަވާ"ގެ ނަމުގައި ވަޔަލެސް ޗާޖިން ޓެކްނޮޖީ މާކެޓްކުރަން މަސައްކަތްތަކެއް ވަނީ ކޮށްފަ އެވެ. އަދި ޖެހިގެން އައި އަހަރު، އާންމު ވިޔަފާރި އަށް ނެރޭނެ ކަމަށް ވެސް ވަނީ ބުނެފަ އެވެ. ނަމަވެސް، އެޕަލް އިން ބޭނުންވި ފެންވަރަށް އަދި ކަނޑައެޅި މިންގަނޑަށް އެކަން ނުވުމުން ވަނީ ހުއްޓާލައިފަ އެވެ. މިހާރު ދެން ރަނގަޅުވާނީ...

12 ޖޫން

June 12, 2020 4
އައިފޯނުން ފޯން ކޯލް ރިކޯޑްކުރެވޭ ގޮތް ހަދަނީ

ފޯން ކޯލް ރިކޯޑްކުރުމަކީ މީހުން ވަރަށް ކުރާ ހިތްވާ ކަމެކެވެ. އަދި އަމުދުން އަނެއް ކޮޅުގައި ހުންނަ މީހަކަށް އެކަން ނާންގާވޭތޯ ވެސް ބަލަ އެވެ. މިއީ ޒަމާނީ ޓެކްނޮލޮޖީން ލިބިދީފައި ހުރި ފަސޭހައެއް ނަމަވެސް، ބޭނުންކުރެވެނީ އެންމެ ސުލްހަވެރި ގޮތުގައެއް ނޫނެވެ.

03 ޖޫން

June 03, 2020
އައިއޯއެސް 13 އައިފޯންތަކަށް އައިއޯއެސް 14 ލިބިދާނެ

އެޕަލް އިން އަދި މިކަން ކަށަވަރުކޮށެއް ނުދެ އެވެ. އެކަމަކު ވެސް މި ބުނުމުގައި ޔަގީންކަން ބޮޑެވެ. އައިއޯއެސް 13 އިން ހިންގާ ހުރިހާ އައިފޯނަކަށް އައިއޯއެސް 14 ލިބޭނެ ކަމަށް ވެ އެވެ. ނަމަވެސް، މިކަން މުޅިން ކަށަވަރު ވާނީ އެޕަލް އިން ބުނުމުންނެވެ.

31 މެއި

May 31, 2020
އައިފޯން އޯލެޑް އޯޑަރުތަކުގެ 80 ޕަސެންޓް ސެމްސަންގަށް

އެޕަލް އިން މި އަހަރު ނެރޭ އައިފޯނުތަކަށް ބޭނުންވާ އޯލެޑް ޕެނަލްތަކުގެ ބޮޑު ބައި ސެމްސަންގުން ކަށަވަރުކޮށްފި އެވެ. ސެމްމޮބައިލް އިން ބުނި ގޮތުގައި، އައިފޯނުތަކަށް ބޭނުންވާ އަދަދުގެ 80 ޕަސެންޓް ސެމްސަންގުން ސައިޕްލައިކޮށްދޭނެ އެވެ.

29 މެއި

May 29, 2020
އައިފޯން 11: އެންމެ ގިނައިން ވިކުނު ސްމާޓްފޯން

މި އަހަރު ސްމާޓްފޯން ކުންފުނިތަކަށް ރަނގަޅު ނަތީޖާއެއް ނެރެވިދާނެ ކަމާ މެދު ސުވާލު އުފެދުނެވެ. ކޮރޯނާވައިރަހާ ހެދި ގައުމުތައް ތަޅުލެވިފައި އޮތުމުން، އާ ފޯނެއް ގަންނާނެ މީހަކު ނުވެދާނެ ކަމަށް ވެސް ހީވި އެވެ. އެކަމަކު ކަން ހިނގަމުން އަންނަނީ ލަފާކުރެވުނު ގޮތަކަށް ނޫނެވެ.

22 މެއި

May 22, 2020
މާސްކް އަޅައިގެން އައިފޯނު ހުޅުވަން ފަސޭހަކޮށްދީފި

ފޭސް އައިޑީ ފީޗާ ހުންނަ އައިފޯނު ގެންގުޅޭ މީހުން ފޭސް މާސްކް އަޅައިގެން ހުންނަ އިރު ފޯނު ހުޅުވަން ތަންކޮޅެއް އުނދަގުލެވެ. މާސްކް އަަޅައިގެން ހުންނާތީ މޫނުގެ އެއްބައި ނިވާވެފައި ހުންނާތީ ފޯނުން އަންގަނީ މޫނު ނުފެންނަ ކަމަށެވެ. ދެން ޖެހޭނީ ވަކިން ޕާސްކޯޑް ޖަހަން ނުވަތަ މާސްކް ތިރިކޮށްލާފައި މޫނު ދައްކާށެވެ.

20 މެއި

May 20, 2020
އައިފޯން 12 ގައި 64ޖީބީ ނުހިމަނަން ވިސްނަނީ

ސެޕްޓެމްބަރަކީ އައިފޯނުގެ މައްސަރެވެ. އާންމު ހާލަތުގައި މިއީ އެންމެ ޔަގީންކަން ބޮޑު ތާރީޚެވެ. މި އަހަރު އައިފޯން 12 އާންކުރާނެ ކަމަށް އުންމީދުކޮށްގެން މިތިބީ ވެސް މި ބުނިހެންނެވެ. ކޮރޯނާވައިރަހާ ހެދި، އައިފޯން އުފައްދަން ދަތިތަކެއް ކުރިމަތިވި ނަމަވެސް، އެޕަލް އަކީ އިތުބާރު ބޮޑު ކުންފުންޏެކެވެ.

12 މެއި

May 12, 2020
އެޕަލް އެއާޕޮޑް ވިއެޓްނާމްގައި އުފައްދަނީ

ވިއެޓްނާމްގައި އެޕަލް އިން އެއާޕޮޑް އުފައްދަން ފަށައިފި އެވެ. މިއީ އެޕަލްގެ އުފެއްދުންތައް ޗައިނާ ނޫން އެހެން ގައުމެއްގައި އުފައްދަން އެމެރިކާ ސަރުކާރުން އެދޭ އެދުމަށް ދެވޭ ޖަވާބެއް ވެސް މެ އެވެ.

10 މެއި

May 10, 2020
އެޕަލްގެ އެމެރިކާގެ ފިހާރަތައް އަލުން ހުޅުވަނީ

ކޮރޯނާވައިރަހާ ހެދި މާޗް މަހުގެ މެދުތެރޭގައި ބަންދުކުރަން ޖެހުނު އެޕަލް ކުންފުނީގެ އެމެރިކާގެ ފިހާރަތައް އަންނަ ހަފުތާގެ ތެރޭގައި އަލުން ހުޅުވައި ހިދުމަތް ދޭން ތައްޔާރުވަމުން އަންނަ ކަމަށް އެ ކުންފުނުން ބުނެފި އެވެ.

27 އެޕްރީލް

April 27, 2020
ނޮޓިފިކޭޝަނަކާ ހެދި އައިފޯން ކްރޭޝްވަނީ

އައިފޯން އަދި އައިޕެޑް ބޭނުންކުރާ މީހުންނަށް ނޮޓިފިކޭޝަނެއްގެ އުނދަގޫޖެހިއްޖެ އެވެ. އައިއޯއެސް 13 އަދި އައިޕެޑް އޯއެސް 13 ބޭނުންކުރާ ޑިވައިސްތައް ގަނޑުވެ، ހުއްޓެން މެދުވެރިވާ ސަބަބެއް ކަމަށް، އެޕަލް އިންސައިޑާގައި ބުނެފައި ވަނީ، މެސެޖިން އެޕްލިކޭޝަނަކުން ލިބޭ ނޮޓިފިކޭޝަނެއް ކަމަށެވެ.

24 އެޕްރީލް

April 24, 2020
އެޕަލްގެ އޯއެސް އިން އަނެއްކާވެސް ބާގަނޑެއް

އެޕަލްގެ އައިފޯނާއި އައިޕެޑްގެ އޮޕަރޭޓިން ސިސްޓަމްގައި ހުރި މައްސަލައެއްގެ ސަބަބުން ޑިވައިސްތައް ހެކްކޮށްފާނެކަމުގެ ބިރު ބޮޑު ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

06 އެޕްރީލް

April 06, 2020
އެޕަލް އިން ސިރީ އަށް އުނގަންނައިދެނީ

އެޕަލް އިން "ވޮއިސިސް" ގަނެފި އެވެ. މިއީ ބަހުރުވަތަކުގެ ތަބީއަތު ދިރާސާކުރާ ކުންފުންޏެކެވެ. މަސައްކަތަކީ، އެ އެއްޗެއްގެ އަސްލު ދެނެނުގަނެވޭހައި މޮޅަށް، މަސްނޫއީ ބަހުރުވަތައް އުފެއްދުމެވެ.

04 އެޕްރީލް

April 04, 2020
މޫސުން ބަލާ "ޑާކް ސްކައި" އެޕަލް އިން ގަނެފި

"ޑާކް ސްކައި" އަކީ މޫސުން ބަލައިދޭ އެޕްލިކޭޝަނެކެވެ. އެންޑްރޮއިޑް އަދި އައިފޯނުގައި ވެސް ބޭނުންކުރެވެ އެވެ. މިއީ މޫސުން ބަލައިދޭ އެޕްލިކޭޝަންތަކުގެ ތެރެއިން ވެސް ނަންހިނގާ އެޕްލިކޭޝަނެކެވެ.

03 އެޕްރީލް

April 03, 2020
5ޖީ އައިފޯނުތައް ތާރީޚަށް ނެރެވޭނެ: ފޮކްސްކޮން

އައިފޯނުތައް މި އަހަރު ބާޒާރަށް ނެރެން ތާވަލުކުރި ގޮތަށް މަސައްކަތްތައް ނިންމޭނެ ކަމަށް ފޮކްސްކޮން އިން ބުނެފި އެވެ. އައިފޯނުތައް އުފެއްދުމުގައި އެޕަލް އެންމެ ބޮޑަށް...

April 03, 2020 3
އަގުހެޔޮ އައިފޯން މި މަހު ނެރެފާނެ

އެޕަލް އިން އައިފޯނުގެ އަގުހެޔޮ މޮޑެލްތަކެއް ގެނެސްދޭން އުޅޭ ވާހަކަ ބުނުމާ އެކު ވަރަށް ގިނަ ބަޔަކު އެކަމަށް އިންތިޒާރުކުރަން ފެށި އެވެ. އެކަމަކު ކޮރޯނާވައިރަހުގެ ބަލިމަޑުކަމާ އެކު...

17 މާޗް

March 17, 2020
ކޮވިޑް-19އާ ގުޅުން ހުރި އެޕްތައް އެޕަލް އިން ބަލަނީ

ކޮރޯނާވައިރަސް އަދި ކޮވިޑް-19އާ ގުޅޭ މައުލޫމާތު ހިމެނޭ އެޕްލިކޭޝަންތައް، އެޕަލް އެޕް ސްޓޯރަށް ލުމުގައި، ސަމާލުވާންޖެހޭ ކަންކަން އެޕަލް އިން ކިޔައިދީފި އެވެ. މި ކަންކަމަށް ބަލާއިރު، އެޕަލް އިން ދޭން ބޭނުންވާ މެސެޖަކީ، ސައްހަކަން ކަށަވަރުވެފައި ނެތް އަދި ސައްހަކަން ކަށަވަރުކުރެވޭނެ ގޮތެއް ނެތް އެޕްލިކޭޝަނެއް، އެޕް ސްޓޯރުގައި...