ދެ ކިޑްނީ ފެއިލްވެފައިވާ މުމްބާއި މީހަކު ޑަޔަލިސިސް ހަދަނީ އަމިއްލައަށް

އިންޑިއާގެ މުމްބާއީގައި އުޅޭ އުމުރުން 59 އަހަރުގެ ޕްރަކާޝް މޯރް ގޭގައި އަމިއްލަ އަށް ޑަޔަލިސިސް ހަދާތާ 14 އަހަރަށް ވުރެ ގިނަ ދުވަސް ވެއްޖެ އެވެ. މި ދިގު މުއްދަތުގައި އޭނާއަށް އެއްވެސް ޑޮކްޓަރެއް އަދި ސިއްހީ އެހީތެރިއެއްގެ އެހީއެއް ނުހޯދަ އެވެ.


ވަޑާލާ ކިޔާ ސަރަހައްދުގައި ދިރިއުޅޭ ޕްރަކާޝްގެ ދެ ކިޑްނީ ފެއިލްވީ މީގެ 20 އަހަރު ކުރިންނެވެ. އޭގެ ފަހުން އޭނާ ދިޔައީ ކޮންޓިނުއަސް އެމްބިއުލޭޓަރީ ޕެރިޓޯނިއަލް ޑައެލެސިސް (ސީއޭޕީޑީ) ހަދަމުންނެވެ.

މިގޮތަށް ވަކިވަކި ފަރުދުން ޑަޔަލިސިސް ހެދުމަކީ އިންޑިއާގައި ހުއްދަ ކަމެއްތޯ ސުވާލުކުރުން ކޭއީއެމް ހޮސްޕިޓަލުގެ ޑޮކްޓަރު ނިވްރޫތީ ހަސޭ ވިދާޅުވެފައި ވަނީ މިކަން ރައްކާތެރި ގޮތުގައި ކުރެވިދާނެ ކަމަށެވެ. ނަމަވެސް މިކަން ކުރުމުގައި ރައްކާތެރިކަމުގެ ފިޔަވަޅުތައް ވަރަށް ބޮޑަށް އަޅަންޖެހޭނެކަމަށް ވިދާޅުވި އެވެ.

މިގޮތަށް ޑަޔަލިސިސް ހަދާއިރު ޓިއުބު ގުޅާފައި އިންނަނީ އެބްޑޯމިނަލް ކެވިޓީގެ ތެރެއަށް ކަމަށް ވާތީ އިންފެކްޝަނެއް ޖެހުމުގެ ފުރުސަތު ވަރަށް ބޮޑުވާނެ ކަމަށް ޑޮކްޓަރު ވިދާޅުވި އެވެ.

އަމިއްލައަށް ޑައިލެސިސް ހަދާ ގޮތް ފެންނަ ވީޑިއޯ އެއް

ޕްރަކާޝް ބުނި ގޮތުގައި 24 ގަޑިއިރު ތެރޭގައި ތިން ފަހަރަށް މި ޕްރޮސީޖާ ހަދަން ޖެހޭއިރު ކޮންމެ ފަހަރަކު 15-20 ވަރަކަށް މިނިޓް މިކަމުގައި ހޭދަވެ އެވެ. އެހެންވެ މިއީ ކޮންމެ ދުވަހަކު ގަވާއިދުންކުރަން އިންތިހާއަށް އުނދަގޫ ކަމެކެވެ.

ޕްރަކާޝް ބުނި ގޮތުގައި ގޭގައި އޭނާ ވަނީ އޮޕަރޭޝަން ތިއޭޓަރެއް ހަދައިފަ އެވެ. އަދި ދުވާލަކު ހައެއްކަ ފަހަރު މޭޒު ވެސް ރަނގަޅަށް ސާފުކޮށް މުޅި ތަން ސްޓްރެލައިޒްކޮށްފައި ބަހައްޓާ ކަމަށް ބުންޏެވެ.

ޑރ. ހަސޭ ވިދާޅުވީ ޑަޔަލިސިސްގެ މި މެތަޑަކީ ވެސް އޭގެ އަސަރުތައް ވަރަށް ރަނގަޅަށްކުރާ މެތަޑެއް ކަމަށެވެ.