ލައިފްސްޓައިލް

ވައިރަލް ވީޑިއޯ: ގުރުއާނުގެ އަޑަށް ގެރިތައް އެއްވެފައި ލަވަޔާ އެކު ދަނީ ދުރަށް

ބަޤަރާ ސޫރަތް އަޑުއަހަން އެއްވެ ތިބި ގެރިތަކެއް؛ މިއުޒިކު ޖެހުމާއެކު އެއެއްޗެހި ދިޔައީ ދުރަށް

ގެރި ގެންގުޅޭ ތަނެއްގެ ކައިރިއަށް ގޮސް ބަގަރާ ސޫރަތް ޖެހުމާ އެކު އަޑު އަންނަ ދިމާލަށް ގެރިތައް އައިސް މަޑުމައިތިރިކަމާ އެކު ތިބުމަށް ފަހު ލަވަ ޖެހުމާ އެކު ދުރަށްދާ މަންޒަރު ފެންނަ ވީޑިއޯތަކެއް ޓިކްޓޮކްގައި ވައިރަލް ވެއްޖެ އެވެ.

މީގެ ވީޑިއޯއެއް ވައިރަލްވުމާ އެކު އެކި މީހުން ވަނީ މިކަން ޓެސްޓުކޮށްފަ އެވެ. އެގޮތަށް ވޭތޯ ބެލުމަށް އެކި ގައުމުތަކުުގައި އެކި މީހުން ނަގާފައިވާ ހުރި ވީޑިއޯތައް މިހާރު ޓިކްޓޮކްގައި އަންނަނީ ދައުރުވަމުންނެވެ.

ގެރީގެ ނަމުން ނަން ދެއްވާފައިވާ ސޫރަތް ޖެހުމާ އެކު ގެރިތައް އުޅޭ ގޮތް ބެލުމަށް "ސްލިމްޓޫނީ" ނަމުގައި އޮތް ޓިކްޓޮކް އެކައުންޓަކުން ޓެސްޓްކޮށް ބުނެފައިވަނީ ފުރަތަަމަ ޖެހީ ލަވަ ކަމަށާއި ލަވައިގެ އަޑަށް އެއްވެސް ގެރިއެއް އިޖާބައެއް ނުދިން ކަމަށެވެ.

@slim_tuni

Never experienced anything like this , wow , alhamdulilah

♬ Love You So - The King Khan & BBQ Show

ނަމަވެސް ބަގަރާ ސޫރަތް ބާރަށް ޖެހުމާ އެކު އެ އަޑަށް ގެރިތައް އޭނާ ކައިރިއަށް އެއްވެ، މަޑުމައިތިރިކަމާ އެކު އަޑު އަޑުއަހަން ތިއްބެވެ. އިރުކޮޅަކު ގުރުއާން އިއްވާލުމަށް ފަހު އަނެއްކާވެސް ލަވައެއް ޖެހުމުން ގެރިތައް ދުރަށް ދާތީ ވީޑިއޯގައި ފެނެ އެވެ.

އެހެން އެކައުންޓަކުން ހަދާފައިވާ ވީޑިއޯއަކުން ވެސް ފެންނަނީ ހަމަ މިކަން ތަކުރާރުވާތީ އެވެ. ލަވައިގެ އަޑަށް ގެރިތައް ސަމާލުކަން ނުދީ ތިއްބަސް ބަގަރާ ސޫރަތުގެ އަޑާ އެކު ގެރިތައް އައިސް އެއްވާތީ އެވެ.

@lasquaal176 J'ai mis de la musique pour montrer la différence avec le Coran ! @LowtFee 🇩🇿 Subhan Allah 🤲🏾 #islam #islamic_video #muslim #miracle ♬ son original - Lasquaal ♛ 🇨🇫🇨🇩🇨🇬🇵🇹

އޭގެ އިތުރުން، މީގެ ދެތިން ދުވަސް ކުރިން "ލަސްކުއާލް176" ކިޔާ ޓިކްޓޮކް އައިޑީއަކުން ވެސް ވަނީ ހަމަ އޭގެ ވީޑިއޯއެއް ޕޯސްޓުކޮށްފަ އެވެ. އޭގައި ވެސް ކަން ހިނގަނީ އެހެންނެވެ.

އެ ވީޑިއޯތަކަށް ކޮމެންޓުކުރި ގިނަ ބަޔަކު އަންނަނީ އެއީ އިސްލާމް ދީނަކީ ހައްގު ދީންކަން ސާބިތުވާ ހެއްކެއް ކަމަށް ބުނަމުންނެވެ.

މި ވީޑިއޯތަކުގެ ސައްހަކަމާ މެދު މީހުން ވަކި އެއްޗެއް ބުނެފައެއް ނުވެ އެވެ.

6 ކޮމެންޓް, 8 ރިއެކްޝަންސް

icon happy icon happy 50%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 50%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

މުއުމި

10 May 2023

ބަލާލި ކޮންމެ ދިމާލަކުން ފެންނާނީ ﷲ ގެ ކުޅަދުންވަންތަކަމާއި އެ އިލާހުގެ އެއްކައުވަންތަކަން...ތިފަދަކަމަކުން ވެސް މުއުމިނުންގެ އީމާންތެރިކަން ﷲ ގެ އިޛްނަފުޅާއެކު އިތުރުވެއެވެ.

The name is already taken The name is available. Register?

ދުންބާރު

10 May 2023

ގެރިއެއް އަދި ކީއްކުރަން މިހާރު ކުރިއަރާފައިވާ ސައިންސް ބޭނުންކުރިއަސް އަދި ނުކުރިއަސް މުއުމިނަކަށްވަނީ ޣައިބަށް އީމާންވެގެން އެ އީމާންވާން ފުދޭމިންވަރަށް ވަނީ ހެކިތަށް ބާވާލައްވާފައި އެވަރުން މުއުމިނަކަށް ވާމީހަކު އެއީ އީމާންވާމީހުންނަކީ

The name is already taken The name is available. Register?

އެޗް އެމް

10 May 2023

އެހެންވީމަ ގެރި ބަކަރިވެސް އިންސާނުންނަށް ވުރެ ރަގަޅުތާ! އެހެންނޫނަސް ގެރި ވައްކަމެއްނުކުރާނެ. ނުފޭރޭނެ، ގޭންގ ހަދައިގެން ތަޅައިފޮޅައި ނޫޅޭނެ. ސިޔާސީ ނުވާނެ. ވިނަ ކައިގެން މަޑުމޮޅިކަމާއެކު އުޅޭ އޚްލާގުރަގަޅު ޖަނަވާރެއް. ގެރި ކިރާއި މަސް ކެއުމުގަ ދެވަނަ ވިސްނުމަކަށް ދާން މިޖެހުނީ.

The name is already taken The name is available. Register?

ކޮތަރޭ

10 May 2023

މިފަދަ ކޮންމެ ކަމަކުން ﷲ އަށް އިޚްލާސްތެރިކަމާއި އެކީ އީމާންވާ މީހުންގެ އީމާންތެރިކަން ވަރުގަދަވެ، މުނާފިޤުން ހާމަވެ ފަޟީޙަތްވެގެން ދާނެއެވެ.

The name is already taken The name is available. Register?

ލުޣްރާ

10 May 2023

އަޅުގަނޑަށް ފެނުނު ލަވަޔަށް ގެރިތައް ޖަމާވާ ވީޑިއޯއެއް. ދެނޯ؟؟؟

The name is already taken The name is available. Register?

ކޮތަރޭ

10 May 2023

ދެން ކަލޭވެސް ކޮންމެވެސް ޚަބަރު ފަތުރާ ވަސީލަތަކާއި ގުޅިގެން ތި ޚަބަރު ފެތުރޭތޯ ބަލާބަލަ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454