ދުނިޔެ / ސްވިޑެން

ރަނިލް: ގުރްއާން އަންދާއިރު އދ. ހަނު އޮންނަނީ ކީއްވެ؟

12 ޖުލައި 2023 - 12:45

14 comments

ސްވިޑްން އާއި ޔޫރަޕްގެ ބައެއް ގައުމުތަކުގައި ކީރިތި ގުރްއާން އަންދައި މުސްލިމުންގެ ދީނީ ކަންކަމަށް އަރައިގަތުމުގެ އަމަލުތައް ފާޅުގައި ހިންގަމުން ދާއިރު، އދ.ގެ ކަމާ ގުޅުން ހުރި އިދާރާތައް ހަނު އޮންނަ ސަބަބަކާ މެދު ސްރީ ލަންކާގެ ރައީސް ރަނިލް ވިކްރަމަސިންހަ ސުވާލު އުފައްދަވައިފި އެވެ.

އދ.ގެ އިންސާނީ ހައްގުތަކާ ބެހޭ މަޖިލީހުގައި އިއްޔެ ވާހަކަ ދައްކަވަމުން ރަނިލް ވިދާޅުވީ ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމުގެ ހައްގުގެ ތެރެއަށް ހުރިހާ ކަމެއް ނުފެތޭނެ ކަމަށެވެ. ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމަކީ ވެސް ވަކި އިމެއް ކަނޑައެޅިފައި އޮންނަ ކަމެއް ކަމަށް ރަނިލް ވިދާޅުވި އެވެ.

"(މި ކަންކަން ހިނގަމުން ދާއިރު) ޖެނީވާގައި ކަލޭމެން (އިންސާނީ ހައްގުތަކާ ބެހޭ އދ.ގެ މަޖިލިސް) ބަހެއް ނުބުނެ ތިބެނީ ކީއްވެގެން؟ އެކަމާ ބެހޭ ގޮތުން ކަލޭމެން ބަޔާނެއް ވެސް ނުނެރެނީ ކީއްވެގެން؟" ރަނިލް ވިދާޅުވި އެވެ.

"މުގައްދަސް ފޮތެއް އަންދައިލުމަކީ، ޢަދާވާތްތެރިކަމާއި އިހްތިރާމް ކުޑަކުރުމުގެ އިތުރުން ރުޅިއެރުވުމުގެ އަމަލެއް. މި ހުރިހާ އަމަލެއް ހިންގުމަށް ފަހު އެމީހުން އެ ބުނަނީ، އެއީ ދުސްތޫރީ ގޮތުން ހިމާޔަތްކުރެވިފައިވާ، އެއްވެ އުޅުމާއި ޚިޔާލު ފާޅުކުރުމުގެ މިނިވަންކަން ރައްކާތެރިކުރެވެން ވާނެ ކަމަށް."

ސްވިޑްންގައި ގުރުއާން އެންދި މައްސަލައާ ގުޅިގެން އިރާގުގައި މުޒާހަރާ ކުރަނީ: ގުރުއާން އެންދުމާ ދެކޮޅަށް މުސްލިމުން ތެދުވާން ޖެހޭ ކަމަށް ސައުދީން ބުނޭ -- ފޮޓޯ: އޭއެފްޕީ

އޭނާ ވިދާޅުވި ގޮތުގައި، އަޅުކަން ކުރުމުގެ ހައްގަށް އަރައިގަތުމަށް ފަހުގައި، އެކަން ކުރާ މީހުން ނިސްބަތްވާ ގައުމުތަކުން އެ ބުނަނީ މިއީ، ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމުގެ ހައްގު ކަމަށާއި އެ ހައްގު ރައްކާތެރިކުރެވެން ވާނެ ކަމަށެވެ. ހުޅަނގުގެ ގައުމުތަކުން ދެކެނީ އެ ގޮތަށް ކަމަށާއި، ހަމަ ބުއްދިއާ ތައާރަޒުވާ ގޮތަށް ހައްގުތައް މާނަކުރުމުން، އިތުރު ހަމަނުޖެހުންތަކަށް މަގު ފަހިވާ ކަމަށް ވެސް ރަނިލް ވިދާޅުވި އެވެ.

"އަހަރެމެން މިކަން ބަލަން ޖެހޭނީ އަޅުކަން ކުރުމުގެ ހައްގު ނިގުޅައިގަތުމުގެ އަމަލެއްގެ ގޮތުގައި. އެހެން ނަމަވެސް، މިފަދަ ކަންތަކަކީ ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމުގެ ތެރޭގައި ހިމެނޭ ކަމަކަށް ހަދަން ވަރަށް ބޮޑަށް އެބަ މަސައްކަތް ކުރޭ ބަޔަކު މީހުން. ހުރިހާ ކަމަކީ ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމުގެ ތެރޭގައި ހިމެނޭ ކަންކަމެއް ނޫން. އެކަމަށް ވެސް ވަކި އިމެއް އޮންނަން ޖެހޭނެ."

ރަނިލް ވިދާޅުވި ގޮތުގައި ސްވިޑްންގައި ގުރުއާން އެންދި މައްސަލަ ކުށްވެރިކޮށް ގަރާރެއް ފާސްކުރުމަށް، ޕާކިސްތާނުގެ ފަރާތުން، އދ.ގެ އިންސާނީ ހައްގުތަކާ ބެހޭ ކޮމިޝަނަށް ހުށަހެޅި އެވެ. ނަމަވެސް ހުޅަނގުގެ ބައެއް އަމިއްލަ ޖަމާއަތްތަކުން އެކަމާ ދެކޮޅު ހަދައި، އެ ގަރާރު ފާސްކޮށްފި ނަމަ، ހުޅަނގުގެ ގައުމުތަކަށް ބޮޑު ގެއްލުމެއް ވާނެ ކަމަށް ބުނެފައިވެ އެވެ.

"މިއީ އިރުމައްޗާއި ހުޅަނގުގެ މައްސަލައެއް ނޫން، ނުވަތަ އުތުރާއި ދެކުނުގެ މައްސަލައެއް ނޫން. މިއީ އަޅުކަން ކުރުމުގެ ހައްގަށް އަރައިގަންނަމުން ދިއުމާ މެދު އުފެދިފައިވާ ސުވާލެއް. އަދި މިއީ ގުރްއާން އެންދުމާ މެދު އުފެދޭ ސުވާލެއް ވެސް ނޫން. އަހަންނަކީ މުހައްމަދުގެފާނަށް ތަބާވާ މީހެއް ނޫން. އެހެން ނަމަވެސް، ކޮންމެ އިންސާނަކަށް ވެސް ބޭނުންކުރެވޭނެ ވަރަށް އަގުހުރި ބައިތަކެއް ގުރުއާންގައި ހިމެނޭ ކަމަށް އަހަރެން ގަބޫލުކުރަން،" ރަނިލް ވިދާޅުވި އެވެ.

ގުރުއާން އެންދުމާ ދެކޮޅަށް މުޒާހަރާ ކުރަނީ: ބައެއް ގައުމުތައް އޮތީ ހިމޭނުން -- ފައިލް ފޮޓޯ: އޭއެފްޕީ

އޭނާ ވިދާޅުވި ގޮތުގައި އެ ސަބަބުތައް އެހެން ހުރުމުން، ކީރިތި ގުރުއާން އެންދުމަކީ ދީނަށް ދޭ ހަމަލާއެއްކަމުގައި ގަބޫލުކުރަން ޖެހެ އެވެ. އެހެން ނަމަވެސް ހުޅަނގުގެ ބައެއް ގައުމުތަކުން ބޭނުންވަނީ، ހުރިހާ ހަމަނުޖެހުންތަކެއް ވެސް އެއީ ހުއްދަ ކަންތައް ކަމުގައި ހެދޭ މިންވަރަށް، ޚިޔާލު ފާޅުކުރުމުގެ މިނިވަންކަން ފުޅާކުރަން ކަމަށް ރަނިލް ވިދާޅުވި އެވެ.

"މި ހުރިހާ ކަމެއް ހިނގާ އިރު، ޖެނީވާގައި ކަލޭމެން ހަނު ތިބެނީ ކީއްވެ؟ ކަލޭމެން ބަޔާނެއް ނުނެރެނީ ކީއްވެ؟ ވޯޓެއް ނަގައިގެން ގޮތެއް ނިންމަން ތި ތިބެނީ ކީއްވެ؟ މިއީ އަހަރެމެން އެންމެންނަށް ވެސް ވަރަށް މުހިންމު މައްސަލައެއް. އަހަރެމެން ތަބާވާ ޖެހޭ އަގުތަކުގެ ނިޒާމަކީ ކޮބައިތޯ؟ އަޅުކަންކުރުމުގެ މިނިވަންކަމަށް ގޮންޖެހިގެން ނުވާނެ. އަޅުކަން ކުރުމުގެ މިނިވަންކަމުގެ ހައްގަކީ، ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމުގެ ހައްގުން ފޮރުވައިލެވޭނެ ހައްގެއް ނޫން."

އޭނާ ވިދާޅުވި ގޮތުގައި ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމަކީ، ދީނީ އަޅުކަން ކުރުމުގެ މިނިވަންކަން ނިގުޅައިގަތުމުގެ ބަހަނާއެއް ކަމަށް ހަދާ ނަމަ، ދީނީ ހުރިހާ ފޮތްތަކެއް އަންދައިލި އެޑޮލްފް ހިޓްލަރާ ބެހޭ ގޮތުން އިންސާނީ ތާރީޚު ޖެހޭނީ މުޅިން އަލުން ލިޔަން ފަށާށެވެ. އަދި ޔަހޫދީންގެ ފާދިރީން މަރައި އެ ދީނުގެ ހުރުމަތް ކެނޑި ހިޓްލަރަށް ނޯބެލް ސުލްހައިގެ އިނާމުވެސް ދޭންޖެހޭނެ އެވެ.

ރައީސް ރަނިލްގެ ވާހަކަތައް ބިނާކުރެއްވީ، ސްވިޑންގެ ވެރިރަށް ސްޓޮކްހޯމްގައި ހުންނަ އެންމެ ބޮޑު މިސްކިތުގެ ކުރިމަތީގައި، މިއަހަރުގެ އަޞްޙާ އީދު ދުވަހު، މީހަކު ކީރިތި ގުރްއާން އެންދި މައްސަލައަށެވެ. އިރާގުން ހިޖުރަކޮށް ސްވިޑްންގެ ރައްޔިތުކަން ހޯދައިގެން އުޅޭ، އުމުރުން 37 އަހަރުގެ ސަލްވާން މޫމިކާ ކިޔާ ފިރިހެނެކު އެކަން ކުރީ، ސްވިޑްން ސަރުކާރަށް ލިޔެގެން ހުއްދަ ނުލިބުމުން، ކޯޓަށް ހުށަހަޅައިގެން ކޯޓުން ދިން ހުއްދައެއްގެ ދަށުންނެވެ.

ކޯޓުން އެކަމަށް ހުއްދަ ދިނުމާ ގުޅިގެން، ފުލުހުން ވަނީ، އޭނާ ގުރުއާން އެންދި އިރު އޭނާ އަށް ހިމާޔަތް ދީފަ އެވެ. ނަމަވެސް، އެކަމާ ދެކޮޅަށް ދުނިޔޭގެ އެކި ގައުމުތަކުން އަޑު އުފުލަން ފެށުމާ ގުޅިގެން، ސްވިޑްން ސަރުކާރުން ފަހުން ވަނީ އެކަން ކުށްވެރިކޮށް ބަޔާނެއް ނެރެފަ އެވެ.

14 ކޮމެންޓް, 29 ރިއެކްޝަންސް

icon happy icon happy 17%
icon sad icon sad 10%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 72%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ނުރަބޯ

06 August 2023

މީގެދުވަސްކޮޅެއް ކުރިން އިންޑިއާގެ އަޔޯދިޔާގައި ހުރި 18 ވަނަ ގަރުނުގެ މިސްކިތެއް ހައްދުފަހަނައެޅި ހިންދޫން ތަޅާ ބިމާހަމަ ކޮށްލުމުންވެސް އދ ގެ ކަމާބެހޭ އިދާރާ ޔުނެސްކޯ އިން ޗުއްޕުވެސް ނުބުނޭ. އެކަމަކު އަފްޣާނިސްތާންގައި ހުރި ބޮޑުބުދެއް އެއިރުގެ ތޯލިބާން ސަރުކާރުން ތަޅާލުމުން އެއްކަލަ ޔުނެސްކޯ ތެޅިގަތް އިރެއްގައި ހީވީ އެހެން ފަދަކަމެއްހެން.

The name is already taken The name is available. Register?

ރަދީފްއޮފިޝަލް

18 July 2023

މި ސައްތައިން ސައްތަ ގައުމު ވެސް އޮތީ ހިމޭނުން.

The name is already taken The name is available. Register?

ބޮޑުރިޔާ

15 July 2023

އިސްލާމީ ލީޑަރުންކަމަށް ދައުވާކުރާމީހުންނަށް ވުރެ ރަނިލް މާބޮޑަށްވެސް ރަނގަޅުދެއްތޯ ހައްގުބަސް ބުނެފި އެކަމަކު އިސްލާމީ ގިނަލީޑަރުން އެތިބެނީ އެމެރިކާގެ ޑޮލަރު ބޮނޑި ފަހަތަށްވަދެ ފިލާ ބިރުން ޗުއްޕުވެސް ބުނަން ނުކެރިފާ

The name is already taken The name is available. Register?

އަބްޑޫޅް +

13 July 2023

މި އަހަރު ފެބުރުވަރީ 18 ވަނަ ދުވަހު، ހެދުނު 6:30 ގައި، މެލޭސިޔާގެ ކުއާލަލަންޕޫރު ގެ ޖިންޖަން އަވަށުގެ ތާސިކް ސްރީ މޫރުނީ ސަރަހައްދުގެ ޗަކަވަޅުގަނޑަކުން 13 ގުރުވާން ފެނުނުކަމުގަ، "މެލޭ މޭލު" ނޫހުގަ، އޭގެ އަނެއްދުވަހު ޖަހާފަ އޮތް. މިކަން ނޫހަށް ކަށަވަރުކޮށްދިނީ، އެ ދުވަހު 11:32 ގައި، ސެންޓުލް ސަރަހައްދުގެ ފުލުހުންގެ އަތްދަށު ކޮމިސަނަރު. މިކަން ކަލޭމެން ކުށްވެރި ކުރީމުތަ؟ ޔޫއެނުން އެކަން ކުށްވެރި ކުރިތަ؟ ނުކުރާނަމަ، ކީއްވެގެން ނުކުރީ؟

The name is already taken The name is available. Register?

ޙިނި

15 July 2023

އަބްޑޫޅް ކަލޭވެސްތީ އެއްކަލަ ޒާތުގެ ގޮލައެއްތާ. ޣުރުޢާނާ ދީނައް ހަޖޫ ޖަހާ މީހުނަކައް މިރާއްޖެޔަކުން ޖާގައެއްނެތް. ފޮށިތަންބަތި ބަންދެގެން އަވަހައް ދާން އުލޭ.

The name is already taken The name is available. Register?

ވިކިލީކްސް

12 July 2023

ޤުރުއާން އެންދުމާ އެއްކޮޅަށް އދ.ގައި ވޯޓު ދިނީ އެމެރިކާ، އިނގިރޭސިވިލާތް، ބެލްޖިއަމް، ކޮސްޓަރިކާ، ޗެކްރިޕަބްލިކް، ފިންލޭންޑް، ފްރާންސް، ޖަރިމަން، ލިތުއޭނިއާ، ލަގްޒަމްބާގް، މޮންޓެނީގްރޯ އަދި ރޯމޭނިއާއެވެ. ﷲގެ ކަލާމްފުޅު އަންދާލަން ވޯޓުދިން ޤައުމުތަކާ އެޤައުމުގެ މުސްލިމު ނޫން ރައްޔިތުންނާ ދޭތެރޭ ކަންތައްކުރާނެގޮތް އަހަރެމެން އަމިއްލައަށް ނިންމަންވީ ވަގުތު މިޖެހުނީ ކަމަށް އަހަރެން ގަބޫލުކުރަން.

The name is already taken The name is available. Register?

އަބްޑޫޅް +

13 July 2023

ހޫނ، ނިންމާ، ނިނަމާ. އަހުރެން ހުންނާނަން ކުޅިބަލަން. އެނގިދާނެ ކާކުތޯ މޮޅުވަނީ. ޗައިނާ އާއި އިންޑިޔާ އެ ވޯޓު ދޭކަށް ނުޖެހޭ. އެމީހުންގެ އާންމު ރައްޔިތުންނާ ސަރުކާރުންވެސް އެކަން ކުރޭ. ސުއޫދީ ކާނުގަނޑަކުންވެސް ގުރުވާން ފޮތްތަކެއް ދެ ފަހަރެއްގެ މަތިން ނަގައިފި. މަދަކަ ބައިވަރެއް ނޫން. ގޫގުލުން ހޯދާލަބަލަ.

The name is already taken The name is available. Register?

ދަންބި

13 July 2023

އެޤައުމު ތަކާއި އެހެން ޤައުމުތަކަށް ނިސްބަތްވާ މުސްލިމް ނޫން ހުރިހާ އެންމެނަކީ ސްވިޑްން ގައި އެހިންގި ލާދީނީ ޢަމަލުގެ ބައިވެރިންނެއް ނޫން.

The name is already taken The name is available. Register?

ސަލީމު އިދުރީސް

12 July 2023

ރަނިލައް ނޭގޭބާ ގުރުއާން އަންދަނީ އެގައުމުތަކުގެ ސަރުކާރުން ނޫންކަން! ކަނާއަތު ފިއާގެ ހައްދުފްހަނަ އާޅާފަ ތިބި މީހުންކަން! ކުރޯނާގަ މުސްލިމުންގެ ގަބުރު އެންދީ ކޮންބައެއް އަދިމުސްލިމުންގެ ގެދޮރާ މުދާ ހުޅުޖެހިރު ރަނިލުމެން ކޮބައިތޯ؟ ތިއުޅެނީ ލަންކާބަޑައް ޖެހިގެން ދަރަންޏައް ތެއޮދޭގޮތައް އަބިންނާ އެކު ހަދަން އުޅުނު ގިނަ ޑީލުތައް ނާކާމިއާބު ވީމަ! ކަލެމެން ތަމަޅައިންނާ ހިންގި ގަތުލު އާންމުގަ އދ ލައް ކުރެވުން ކަމެއް ނެއްއިރު އެވަރު ކަމަކައް ކީއްކުރާނީ

The name is already taken The name is available. Register?

މޮޔަބޭ

13 July 2023

ބުއްދިފިލާފަހުރި މީހެއް ސަހާދަތް ކަލެއަށް ނުފެނޭތަ އެ ގައުމުތަކުގެ ސަރުކާރުން ބުނާ އަޑު ހިޔާލުފާޅު ކުރުމުގެ މިނިވަންކަމޭ މިއީ އަދި ސަރުކާރުގެ ހުއްދަ އަކާ ނުލައި އެވަރުގެ ކަމެއް ކުރާކަށްވެސް ނުކެރޭނެ ހައްޔަރުވެދާނެކަމަށް ބިރުން އެކަމަކު އެ ގައުމުތަކުގެ ސަރުކާރުން ޙިމާޔަތް ދޭނެކަން އިނގޭތީވެ އެކަންކުރަނީ

The name is already taken The name is available. Register?

ސޭކުބެ

12 July 2023

ރަނިލް ފަދަ ބުދުދީނަށް އުޅޭ މީހަކު ކުރިވަރުވެސް އަހަރުމެންގެ އިސްލާމީ ޤައުމެއްގެ ވެރިއަކަށް ކޮއްލަން ނުކެރުނުކަމީ ލަދުގަންނަންޖެހޭ ކަމެކެވެ.

The name is already taken The name is available. Register?

ބާރަނާ ކުޑޭ

12 July 2023

މި ފަހުން ލަންކާގައި ވެރިކަންކުރި ގިނަ ސަރުކާރުތަކުން ލަންކާގެ މުސްލިމުންނަށް ވަރަށް ޖެއްސުންކުރި .. އެހެންކަމުން އަރަބީން ލަންކާއަށް އެހީނުވާތީ މޫނުމަތި ރީތިކޮށްލަން ދެއްކިވާހަކައެއްތިޔައީ ..

The name is already taken The name is available. Register?

ޖަންބޯ

12 July 2023

ޝުކުރިއްޔާ ރަނިލް.

The name is already taken The name is available. Register?

ކައްބަޑު

12 July 2023

ތެދެއް ސާހިދޫ. ކީއްވެ؟

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454