ޕެރީގެ މަޖިލިސް މެމްބަރަކު ސްޓާފަކު ލައްވައި ފައިގެ ނިޔަފަތި ކަނޑުވަނީ.
04 ނޮވެމްބަރ 2025 - 08:52
ޕެރޫގެ މަޖިލިސް މެމްބަރަކު އޭނާގެ ސްޓާފަކު ލައްވައި ފައިގެ ނިޔަފަތި ކަނޑުވާ މަންޒަރު ފެންނަ ފޮޓޯއެއް އާންމުވެ، އެ މައްސަލަ ހޫނުވެއްޖެ އެވެ.
އާންމުވި ފޮޓޯއިން ފެންނަނީ ޕެރޫގެ ކޮންގްރެސް ޕާޓީގެ މަޖިލިސް މެމްބަރު ލުސިންޑާ ވަސްކޭޒް އޭނާގެ ކުރީގެ އެޑްވައިޒަރު އެޑްވާޑް ރެންގިފޯ ޕެޒޯ ލައްވައި އޭނާގެ ފައިގެ ނިޔަފަތި ކަނޑުވާ ތަނެވެ. ފޯނު ކޯލެއްގައި ވާހަކަދައްކަން އޭނާ ސޯފާގައި އިން އިރު، އޭނާގެ ކަނާތު ފައިގެ ނިޔަފަތި ކަނޑައިދޭން އެޑްވައިޒަރު ކައިރީގައި ހުރި އެހެން ގޮނޑިއެއްގައި އިނެވެ.
ރިޕޯޓްތައް ބުނި ގޮތުގައި، އެއީ މިދިޔަ އަހަރު ނޮވެމްވަރު މަހުގެ ހަވަނަ ދުވަހު ނަގާފައިވާ ފޮޓޯއެކެވެ.
އެ ފޮޓޯ އާންމުވުމާ އެކު އާންމުން ރުޅިގަދަވެ، ޒުވާނުން މަގުތަކަށް ނުކުމެ ވަނީ މުޒާހަރާ ވެސް ކޮށްފަ އެވެ.
މި މައްސަލާގައި ލުސިންޑާއަށް އަދަބު ދޭން ކޮންގްރެސްގެ އިސްވެރިޔާ ވަނީ ގޮވާލައިފަ އެވެ.
ފެރޫގެ މަޖިލީހުގެ އެތިކްސް ކޮމިޓީގެ އިސްވެރިޔާ އެލްވިސް ވާގަރާ މީޑިއާއަށް ވިދާޅުވެފައި ވަނީ އެ މައްސަލައާ ގުޅިގެން ތަހުގީގެއް ހިންގަން ނިންމާފައިވާ ކަމަށެވެ.
އެ ފޮޓޯ އާންމުވުމުން ލުސިންޑާ ވަނީ އެއީ އޭނާގެ ކުރީގެ މުވައްޒަފުން އޭނާގެ އަގުވައްޓާލަން ގަސްތުގައި ކޮށްފައިވާ ކަމެއް ކަމަށް ތުހުމަތުކުރައްވައިފަ އެވެ. އަދި އެއީ ގަސްތުގައި އާންމުން ރުޅިއަރުވަން ކުރާ ކަމެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ބުޅާ.
06 November 2025
ފޯނު ކޯލެއްގައި ވާހަކަދައްކަން އޭނާ ސޯފާގައި އިން އިރު، އޭނާގެ ކަނާތު ފައިގެ ނިޔަފަތި ކަނޑައިދޭން އެޑްވައިޒަރު ކައިރީގައި ހުރި އެހެން ގޮނޑިއެއްގައި އިނެވެ. އިނގިރޭސިބަހުން އޮތް ތިޔަ ޚަބަރުގައި ވެސްއޮތީ ކަނާތުފައިގެ ނިޔަފަތިކަނޑާ ވާހަކަތޯ؟ ފޮޓޯއިން ފެންނަނީ ވާއަތުފައި.
Ahmed shah Ali
06 November 2025
ހަބަރު ލިޔުނު މީހާ ކަނުތޯ ކަނާތު ފަޔާ ވާތު ފައި ވަކިނުވޭ
މުވައްޡަފު
04 November 2025
ރާއްޖޭގެ މަޝްހޫ ކުންފުންޏެއްގެ އެމްޑީ އަށް އެކުންފުނީގެ ސީނިއަރ މުވައްޡަފަކު ކިރިތައްޓަށް ކްރިމްކޭކަރ ބިސްކޯދު ފުޑުކޮށްފަ އަޅާގެން އެ އެމް ޑީ އިން ކެބިންއަށް ވަން.
ހަންކެނޑެ
04 November 2025
ވަޒީފާގެ ބަޔާނުގައި ކުރަން ކަނޑައަޅާފަ އޮންނަ ކަންކަން ކުރަން ދޯ ޖެހޭނީ. އެހެންނޫނީ މުސާރައެއް ނުދޭނެނު.
މަސީން
04 November 2025
މީގެ އިތުރުން އިސްވެރިޔާ އަންގަވާކަންކަން. މިއީ ރާއްޖޭގަވެސް ވަޒީފާ ބަޔާން ހުންނަގޮތް. ޢެ ވެދާނެ ހެދިކާ ޑެލިވަރ ކުރުން ކަމަށްވެސް ހަވީރު ސަޔައް
އާންމުކަމެއް
04 November 2025
އަހަރުމެން އިލެކްޝަންސް ގައި އުޅުނު އިރު އެތާ މެމްބަރުންގެ އެއްޗެހިވެސް އިސްތިރިކޮށް ދޭންޖެހޭ ދަތުރު ދާއިރު.
އާންމުކުރޭ
08 November 2025
އިސްތިރި ކުރުމާ، ނިޔަފަތިި ކެނޑުމާ އިސްތަށި ބާލަދިނުމާ އެއްވަރު ތިކުރަނީ.