ކައިވެނީގެ ހަފުލާ ބާއްވާ ދުވަހަކީ ވަރަށް ހާއްސަ ދުވަހަކަށް ހަދަން ކޮންމެ މީހަކު ވެސް ބޭނުން ވާނެ އެވެ. ވަކިން ހާއްސަކޮށް، ކައިވެނި ޕާޓީ އައުޓް ޑޯގައި ބާއްވާ ނަމަ، މޫސުމަށް ކޮންމެހެން ވެސް ބަލަން ޖެހޭނެ އެވެ.

ވާރޭ ވެހި ޕާޓީ ޚަރާބުވެއްޖެ ނަމަ، ސަކަރާތެވެ.

އެހެންވެ މިހާރު މިއޮތީ އެކަމަށް ހައްލެއް ލިބިދާނެ އެއްޗެކެވެ. މިއީ "ވެޑިން ވެދާ ކަލްކިއުލޭޓަރު" އެވެ. އިނގިރޭސިވިލާތުގެ ކްލޯތިން ލައިނެއް ކަމަށްވާ މޮންސޫންގެ މި އެހީއަކީ ކައިވެނީ ޕާޓީ ބާއްވާ ދުވަހުގެ މޫސުން އަންގައިދޭ އެއްޗެކެވެ.

އޮންލައިންކޮށް މޫސުން ލަފާކޮށްލެވޭ ގޮތަށް ފަރުމާކޮށްފައިވާ "ވެޑިން ވެދާ ކަލްކިއުލޭޓަރު" ގައި ޖަހަން ޖެހޭނީ ހަފުލާ ބާއްވާ ތާރީހާއި އޮންނަ ތަނެކެވެ. އެހީއަކީ އެ ދުވަހަކީ އެ ސަރަހައްދަކަށް ވާރޭ ވެހޭނެ ދުވަހެއްތޯ ނުވަތަ ނޫންތޯ އަންގައި ދިނުމެވެ.

"ވެޑިން ވެދާ ކަލްކިއުލޭޓާ" އިން ކައިވެނީގެ ދުވަހުގެ މޫސުން ބުނެދޭނެ.
"ވެޑިން ވެދާ ކަލްކިއުލޭޓާ" އިން ކައިވެނީގެ ދުވަހުގެ މޫސުން ބުނެދޭނެ.

"ވެޑިން ވެދާ ކަލްކިއުލޭޓަރު" މަސައްކަތްކުރަނީ ފާއިތުވި 86 އަހަރުގެ މޫސުން ހުރި ގޮތުގެ ޑޭޓާ އެއްކޮށްގެންނެވެ. އެހެންވެ އޭގެ އަލީގައި، ކުރިއަށް އޮތް ދެ އަހަރުގެ މޫސުން ލަފާކުރަނީ އެވެ.