ސައުދި އަރަބިއްޔާގައި ކައިވެނި ނުކުރާ މީހުންގެ އަދަދު 5 މިލިއަނަށް ވުރެ ގިނަ.
03 ސެޕްޓެމްބަރ 2019 - 07:19
ސައޫދީ އަރަބިއްޔާގެ 33 މިލިއަނަށް ވުރެ ބޮޑު އާބާދީގައި ފަސް މިލިއަނަށް ވުރެ ގިނަ މީހުން ތިބީ ކައިވެނި ނުކޮށް، ހުސްހަށިބަޔަށް ކަމަށް އެ ގައުމުގެ ޖެނެރެލް އޮތޯރިޓީ އޮފް ސްޓެޓިކްސް އިން ދައްކައިފި އެވެ.
އެތަނުން މިދިޔަ މަހު މަހު އާންމުކުރި ތަފާސްހިސާބު ދައްކާ ގޮތުގައި ސައުދީގެ 15-65 އަހަރާ ދެމެދު މީހުންގެ ތެރެއިން ފަސް މިލިއަނަށް ވުރެ މީހުން ތިބީ ކައިވެނި ނުކޮށެވެ. އޭގެ ތެރޭގައި ހިމެނެނީ އާބާދީގެ 73.8 ޕަސެންޓް ފިރިހެނުން (3,006,480) އާއި އަންހެނުންގެ އާބާދީގެ 56 ޕަސެންޓް މީހުން (2,237,983) ނެވެ.
ތަފާސްހިސާބު ދައްކާ ގޮތުން، ކައިވެނިނުކޮށް ތިބި އުމުރުން 35-39 އަހަރާ ދެމެދުގެ މީހުންގެ ނިސްބަތް 51 ޕަސެންޓަށް އަރާ އިރު، 40-44 އަހަރާ ދެމެދުގެ އަންހެނުންގެ ނިސްބަތް 52 ޕަސެންޓަށް އަރަ އެވެ. އަދި ކައިވެނިނުކޮށް ތިބި 50-54 އަހަރާ ދެމެދުގެ މީހުންގެ ނިސްބަތަކީ 56 ޕަސެންޓެވެ.
މީގެ އިތުރުން އުމުރުން 15-19 އަހަރާ ދެމެދުގެ ފިރިހެނުންގެ ތެރެއިން 909,054 މީހުން ކައިވެނިނުކޮށް ތިބި އިރު، އެ އުމުރުފުރާގެ އަންހެނުންގެ އަދަދަކީ 851,396 އެވެ. އަދި އުމުރުން 35-39 އަހަރާ ދެމެދުގެ އުމުރާފުރާގެ ފިރިހެނުންގެ ތެރެއިން ކައިވެނިނުކޮށް ތިބި މީހުންގެ އަދަދު 96,021 އަށް އަރާއިރު، އަންހެނުންގެ އަދަދަކީ 98,132 އެވެ.
އުމުރުން 55-59 އަހަރާ ދެމެދުގެ އަންހެނުންގެ ތެރެއިން ކައިވެނި ނުކޮށް ތިބި މީހުންގެ އަދަދު 4,348 އުޅޭއިރު، ފިރިހެނުންގެ އަދަދަކީ 6,050 އެވެ.
އެންމެ ޒުވާން އުމުރު އަދި ގިނަ ބަޔަކު އެންމެ އާންމުކޮށް ކައިވެނިކުރާ އުމުރުފުރާ ކަމަށްވާ 20-24 އަހަރާ ދެމެދުގެ މީހުންނަށް ބަލާއިރު، ކައިވެނިނުކޮށް ތިބި އަންހެނުންގެ އަދަދު 703,578 އަރަ އެވެ. ފިރިހެނުންގެ އަދަދަކީ 1,015,780 އެވެ.
ސައުދީގެ ދެމަފިރިއަކު.
ހަމަމިއާ އެކު 25-29 އަހަރާ ދެމެދު އުމުރުފުރާގައި ކައިވެނި ނުކޮށް ތިބި އަންހެނުންގެ އަދަދު 335,623 އަރާއިރު، ފިރިހެނުންގެ އަދަދަކީ 652,828 އެވެ. އުމުރުން 30-34 އަހަރާ ދެމެދުގެ އުމުރުފުރާގެ އަންހެނުންގެ ތެރެއިން 162,825 މީހުން ކައިވެނި ނުކޮށް ތިބި އިރު، ފިރިހެނުންގެ އަދަދަކީ 245,855 އެވެ.
ތަފާސްހިސާބުތައް ދައްކާ ގޮތުން 40-44 އަހަރާ ދެމެދުގެ މީހުންގެ ތެރެއިން ކައިވެނިނުކޮށް ތިބި އަންހެނުންގެ އަދަދު ފިރިހެނުންނަށް ވުރެ ގިނަ އެވެ. އަންހެނުންގެ އަދަދަކީ 43,249 އެވެ. އަދި ފިރިހެނުންގެ އަދަދަކީ 39,398 އެވެ.
މީގެ އިތުރުން 65 އިން މަތީގެ މީހުންގެ ތެރެއިން ކައިވެނިނުކޮށް ތިބި އަންހެނުންގެ އަދަދަކީ 5,152 އެވެ. ފިރިހެނުންގެ އަދަދަކީ 3,901 އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސުކާސް.
03 September 2019
މަ މިހިރީ ސައުދީ ކުދީންނާއި އިންނަން ތައްޔާރައް.. އެކަމަކު ސައުދީ ސަރުކާރުން އޮންނަނީ ސައުދީ އަންހެނުންނައް ބޭރު މީހުންނާއި ނުއިނދެވޭގޮތައް ގަވާއިދު ހަދާފަ.
އިޙްސާސް
03 September 2019
ދެން ފުރަތަމަ ސައުދީ ރައްޔިތަކަށް ކަލޭވޭ. އޭރަށް އެނިމުނީނު.
ޙުސެންް
03 September 2019
އަންހެނުން ޕެކު ކޮގެން ގެންގުޅެން ޏަ ވާނީ ތިހެން
އާނަ
03 September 2019
ބިޓުންބޯކޮށް ?
ހަމަ ބުއްދި
03 September 2019
ސައުދީ އަރަބިޔާ( އިސްލާމިކް ނަމޫނާ ޤައުމުގައި) 15 އަހަރު ވުމުން ކާވެނި ކުރެވޭ ތާއެވެ؟
ކުޑަ ސޮރު
03 September 2019
އިސްލާމީ ނަމޫނާ ޤައުމޭ ބުނީމަ އަންނަނީ ހިނި.