30 އެޕްރީލް 2020 - 14:18
ކޮރޯނާވައިރަހާ އެކު ކުރިމަތިވި ލޮކްޑައުންތަކާ އެކު، މިހާރު އެންމެ ބިޑަށް ވައިގައި ހިފައިގެން އުޅޭ އެކައްޗަކީ ވީޑިއޯ ކޮންފަރެންސިން އެޕްތަކެވެ. މިފަދަ ޕްލެޓްފޯމްތައް ބޭނުންކުރާ މީހުން އެއް ދުވަހުން އަނެއް ދުވަހަށް އިތުރުވަމުން އަންނަ އިރު، ބައެއް ފްލެޓްފޯމްތަކަށް އަންނަނީ ކޮންފަރަންސްގައި ބައިވެރިވެވޭ މީހުންގެ އަދަދު ވެސް އިތުރުކުރަމުންނެވެ.
ގޫގުލް މީޓަކީ ވެސް މި ކަހަލަ މައިދާނެކެވެ. ގިނަ ބަޔަކު އެއްތަންވެލައި ވާހަކަ ދައްކައި މަޝްވަރާކުރަންވީ އެވެ. އެކަމަކު މިހާތަނަށް ގޫގުލްގެ މި ޕްރައިމް ވީޑިއޯ ކޮންފަރެންސުން އެޕް އެންމެ ބޮޑަށް އޮތީ ތައުލީމާއި ވިޔަފާރީގެ ތެރޭގައި އުޅޭ މީހުންނަށް ހާއްސަ އެއްޗެއްގެ ގޮތުގަ އެވެ.
ނަމަވެސް އެ ގޮތް ދޫކޮށްލައި، ގޫގުލް މީޓް ބޭނުންކުރަން ބޭނުންވާ ކޮންމެ މީހަކަށް ހިލޭ އެ އެޕް ބޭނުންކުރެވޭ ގޮތް މިހާރު ވަނީ ހަދައިފަ އެވެ. އެގޮތުން އީމެއިލް އެކައުންޓެއް ގެންގުޅޭ ކޮންމެ މީހަކަށް ވެސް ކުރިއަށް އޮތް ދުވަސްތަކުގައި މީޓް ބޭނުންކުރެވޭނެ އެވެ. އަދި އެއީ ޖީމެއިލް އެކައުންޓަކަށްވާކަށް ވެސް ލާޒިމެއް ނޫނެވެ.
Coming soon 📣: We'll be offering #GoogleMeet for free to anyone with an email address to help people, businesses, & schools stay connected. Availability for our premium video conferencing product will be rolling out in the coming weeks → https://t.co/Km6EfP7nHl #MeetOurTeam pic.twitter.com/eLn0PV0Sci
— G Suite (@gsuite) April 29, 2020
މި ޕްލެޓްފޯމްގެ ހާއްސަ ސިފަތަކުތަކުގެ ތެރޭގައި އެއްފަހަރާ 100 މީހުންނަށް، ވަކި ޓައިމް ލިމިޓެއް ނެތުން ނެތި ބައިވެރިވެވުން ހިމެނެ އެވެ. އެކަމަކު އަންނަ ސެޕްޓެމްބަރު މަހުން ފެށިގެން ޓައިމް ލިމިޓް އެއް ގަޑިއިރަށް ހަދާނެ އެވެ.
މީޓް ކަހަލަ އެހެން ޕްލެޓްފޯމްތަކަށް ބަލާއިރު ޒޫމްގައި 100 މީހުންނާ އެކު 40 މިނިޓަށް، ފޭސްބުކުން އެންމެންނަށް އާންމުކުރަން ތައްޔާރުވާ މެސެންޖާ ރޫމަށް 50 މީހުންނާ އެކު ޓައިމް ލިމިޓެއް ނެތި އަދި ސްކައިޕް އިން 50 މީހުންނާ އެކު 4 ގަޑިއިރަށް ބައްދަލުވުންތައް ބޭއްވެ އެވެ.
ގޫގުލްގެ މައި ކުންފުނި އަލްފަބަޓްގެ ސީއީއޯ ސުންދަރު ޕިޗާއީ އަންގާރަ ދުވަހު ވިދާޅުވި ގޮތުގައި މިދިޔަ ޖެނުއަރީ މަހުން ފެށިގެން މީޓް ބޭނުންކުރާ މީހުން އަންނަނީ ކޮންމެ ދުވަހަކު ވެސް އިތުރުވަމުންނެވެ. އެގޮތުން މިހާރު ދުވާލެއްގެ މައްޗަށް އެވްރެޖްކޮށް ތިން މިލިއަން ޔޫޒަރުން އިތުރުވަމުން އަންނަ ކަމަށް ބުންޏެވެ. އޭނާ ވިދާޅުވި ގޮތުގައި މިހާރު އެ ބޭނުންކުރާ މީހުންގެ އަދަދު 100 މިލިއަނަށް ވުރެ ގިނަ އެވެ.
ޕިޗާއީ ވިދާޅުވި ގޮތުގައި ގޫގުލް މީޓަކީ ވީޑިއޯ ކޮންފަރެންސިން އެހެން އެޕްތަކަށް ވުރެ ބޭނުންކުރަން ފަަސޭހަ އަދި ރައްކާތެރި އެއްޗެކެވެ. އަދި އޭގެ ސެކިއުރިޓީ ވަރުގަދަކުރުމަކީ އަބަދު ވެސް ހިނގަމުންދާ ކަމެއް ކަމަށް ވިދާޅުވި އެވެ. އޭނާ ފާހަގަކުރެއްވި ގޮތުގައި އެހެން އެޕްތަކާ ހިލާފަށް ގޫގުލް މީޓަކަށް ކާކުކަން ނޭނގޭ މީހުންނަކަށް ބައިވެރިއެއް ނުވެވޭނެ އެވެ.
ގޫގުލް އިން ބުނީ އެންމެންނަށް މީޓް ދޫކޮށްލި ނަމަވެސް ކުރިއެކޭ އެއްގޮތަށް އަދިވެސް އޭގެ ޕްރިމިއަން ޖީ ސޫޓްސް ކަސްޓަމަރުންނަށް ހާއްސަ ފީޗާތައް ހަމަ އެގޮތުގައި ދަމަހައްޓާނެ ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ރައްޔިތުމީހާ
30 April 2020
ގޫގުލްއިން ހިލޭކުރިޔަސް ދިރާގުން ޗާޖުކުރެޔޭ. މިހާލަތުގައިވެސް ދިރާގުން އުޅެނީ ފާޑުފާޑުގެ ޕެކޭޖް ހަދައިގެން ރައްޔިތުން ފެލޭތޯ.
ޢަލީހާން
30 April 2020
ކޮންތާކުން ލާރި ހޯދަނީ ވީޑިޔޯ ކޯލް ކުރަން؟؟؟
ފާއިޒު
01 May 2020
ހެޔޮކޮަށް ތިޔަ ބުނީ ! ވީޑިޔޯ ކޯލް ކޮއްލާނެ ޑޭޓާ މިވެރިން ވިއްކަނީ އެހޭމެ އަގުބޮޑުކޮށް !