ލައިފްސްޓައިލް / ރައީސް ޑޮނަލްޑް ޓްރަމްޕް

ޓްރަމްޕާއި ޓްވިޓާގެ ހަނގުރާމަ ހޫނުވެ ރިއާސީ އަމުރެއް ނެރެނީ!

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ކުރެއްވި ޓްވީޓްތަކެއްގައި، ސައްހަކަން ބެލުމުގެ ޓެގް ޓްވިޓާ އިން ޖަހާފައި.

ކޮންމެ ކަމެއްގައި ޓްވީޓްކުރައްވައި ވާދަވެރިންނަށް ބަހުގެ ހަމަލާތައް ދެއްވާ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ޓްވީޓްތަކެއްގައި އޭގެ ދޮގުތެދު ބެލުމަށް ޓްވިޓާ އިން "ފެކްޓް-ޗެކް" ޓެގްކުރި މައްސަލަ ހޫނުވެ ހުޅުގަނޑު ފަޅައިގެން ހިނގައްޖެ އެވެ.

ޓްވިޓާ އިން ފެކްޓް-ޗެކް ނުވަތަ އެ ޓްވީޓެއްގައި ބުނާ ވާހަކައެއްގެ ހަގީގަތް ބެލުމަށް އެދުމަކީ އެހާ އާންމު ކަމެއް ނޫނެވެ. މި ފިޔަވަޅާ އެކު ޓްރަމް ތުހުމަތުކުރެއްވީ ކުރިއަށް އޮތް ރިޔާސީ އިންތިޚާބަށް ނުފޫޒު ފޯރުވަން، ނުފޫޒު ގަދަ ޓެކް ކުންފުނިތަކުން މަސައްކަތް ފެށީ ކަމަށެވެ. ނަމަވެސް ޓްވިޓާ އިން ރައްދުގައި ނެރުނު ބަޔާނުގައި ބުނީ ޓްވިޓާ އަކީ ކުންފުންޏެއް ކަމަށް ވާތީ އެ ކުންފުނިން ހިންގާ ސޯޝަލް މީޑިއާ ޕްލެޓްފޯމްގައި ހިންގާ ކަންކަމުގެ ޒިންމާ ނަގަންޖެހޭނެ މީހަކު ވެސް ހުންނާނެ ކަމަށެވެ.

ސޯޝަލް މީޑިއާ ކުންފުނިތަކާ އަބަދު ދެބަސްވެވަޑައިގަންނަވާ ޓްރަމްޕްގެ މި މައްސަލަ ސިޔާސީވެ އެންމެ ފަހުން އިންޒާރު ދެއްވައި ޓްވީޓްތަކެއް ވެސް ކުރެއްވި އެވެ. އަދި ވައިޓް ހައުސް އިން މިހާރު ވަނީ ސޯޝަލް މީޑިއާއާ މެދު ފިޔަވަޅު އެޅުމުގެ ރިޔާސީ އަމުރެއް ނެރޭނެ ކަމަށް ބުނެފަ އެވެ.

ޓްވިޓާ އިން "ހަގީގަތް ބަލަން" ބުނި ޓްރަމްޕްގެ ޓްވީޓްތަކުގައި ވަނީ އިންތިހާބުތަކުގައި މެއިލް މެދުވެރިކޮށް ދޭ ވޯޓަކީ ބޮޑު އޮޅުވާލުމެއް ކަމަށާއި މެއިލް ބޮކްސްތަކުން ވައްކަންކޮށް ފޭކް ވޯޓު ކަރުދާސް ހަދައި ފޭކް ސޮއި ވެސް ކުރެވޭނެ ކަމަށެވެ. އަދި ކެލިފޯނިއާގެ ގަވަރުނަރު، ޑިމޮކްރަޓިކް ޕާޓީގެ ގަވަރުނަރު މަސައްކަތްކުރައްވަނީ ސައްހަ ނޫން ގޮތުގައި އެމެރިކާގައި އުޅޭ އެހެން ގައުމުތަކުގެ އެތައް މިލިއަން ބަޔަކަށާއި ކެލިފޯނިއާގެ ރަށްވެހިކަން ނެތް އެތައް ބަޔަކަށް ވެސް މެއިލް މެދުވެރިކޮށް ވޯޓު ދެވޭނެ ގޮތް ހަދަން ކަމަށް ތުހުމަތު ކުރައްވާފައިވެ އެވެ.

ޓްވިޓާ އިން ސަބަބު ބަޔާންކޮށް ކޮށްފައިވާ ޓްވީޓެއް

"ބޮޑެތި ޓެކް ކުންފުނިތަކުން ދަނީ 2020 ގެ ރިޔާސީ އިންތިހާބަށް ނުފޫޒު ފޯރުވަން އެ މީހުންގެ ބާރު ބޭނުންކޮށް ކުރިއާލައި ސެންސަރުކުރަމުން. އެކަން އެހެންވާ ނަމަ އަހަރެމެންގެ މިނިވަންކަމެއް މިހާރަކު ނެތް. އެކަން އެހެން ވާކަށް ދުލެއް ނުކުރާނަން. އެ މީހުން 2016 ގައި ވެސް މިކަން ކުރަން އުޅެ ވީ ނާކާމިޔާބު. މިހާރު އެ އުޅެނީ ހަމައިން ނެއްޓިގެން. ބަލަން ތިބޭތި!" ޓްރަމްޕްގެ އިންޒާރުގެ ޓްވީޓްގައި ވިދާޅުވެފައިވެ އެވެ.

ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކާ މެދު އަޅާނެ ފިޔަވަޅުތަކާ ބެހޭ ތަފްސީލެއް ވައިޓް ހައުސްގެ އޮފިޝަލުން އަދި ނުދެއްވަ އެވެ. ނަމަވެސް ޓްރަމްޕް ވަނީ ސޯޝަލް މީޑިއާ ވަރަށް ބޮޑަށް ރެގިއުލޭޓްކުރަން ޖެހިއްޖެ ކަމަށާއި ބަންދުކުރަން ވެސް ޖެހިދާނެ ކަމަށް ވިދާޅުވެ އިންޒާރު ދެއްވައިފަ އެވެ. ޓްރަމްޕް ވިދާޅުވީ ސޯޝަލް މީޑިއާ ކުންފުނިތަކުން ކަންތައް ކުރަނީ ހަގީގަތް ބަލައިލުމެއް ނެތި އެ މީހުން ހިތަށް އެރި ގޮތަކަށް ކަމަށެވެ. ކޮންޒަވެޓިވް ޚިޔާލުތަކާ ދެކޮޅަށް ސޯޝަލް މީޑިއާ އިން މަސައްކަތްކުރާ ކަމަށް ވިދާޅުވެ ޓްރަމްޕް ވާހަކަ ދެއްކެވުމުން އޭނާގެ ސަޕޯޓަރުން ވެސް ވަނީ އެ ވާހަކަ އަށް ތާއީދުކޮށް ޓްވިޓާއާ ދެކޮޅަށް އަޑު އުފުލަން ފަށައިފަ އެވެ.

ޓްވިޓާ އިން ފެކްޓް-ޗެކް ކުރުމަށް ބުނި ޓްރަމްޕްގެ ޓްވީޓާ އެއްގޮތަށް ޓްރަމްޕް ފޭސްބުކްގައި ވެސް ޕޯސްޓެއް ކުރެއްވި އެވެ. ނަމަވެސް ފޭސްބުކުން އެ ޕޯސްޓާ މެދު ފިޔަވަޅެއް ނާޅަ އެވެ.

2 ކޮމެންޓް, 23 ރިއެކްޝަންސް

icon happy icon happy 74%
icon sad icon sad 0%
icon angry icon angry 26%
icon wow icon wow 0%
icon inlove icon inlove 0%

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ކުޅުދުއްފުށީ މުސްކުޅިބެ

29 May 2020

މީހުންނަށް ބުލީ ކޮށް އަބުރު ކަތިލާ ޕޭޖުތަށް ފޭސްބުކް ފުރިފައި

މހުގތ3

28 May 2020

ރާއްޖޭގަވެސް މިހާރު ތިކަން ކުރަންވެއްޖެ.. ޓްވިޓާ ގަ ގިނަ ފޮލޯވަރުން ތިބޭ މީހުން ދެކޭ ގޮތުގައި އެއީ ވަރަށް މަތީ ބައެއް.. އެމީހުން އެދޭ ކޮންމެ ކަމެއް އެދޭ ގޮތަށް ވާންޖެހޭ.. ނޫނީ ޓްވިޓާގައި ހިތަށް އައިހާ އެއްޗެއް، ހިތަށް އެރި ކޮންމެ މީހަކަށް ގޮވަމުންދަނީ.. އަދި މީހުންގެ އަބުރު ކަތިލަން ކުއްޔަށް ހިފާފައިވާ ޓްވީޓްކުރާ ކުދިން އުޅޭ.. އެކުދިން ކައިބޮއި އުޅެނީ މިހެން.. މީ އެއްވެސް ގޮތަަކަށް މިކަން ވެގެންވާނެ ގޮތެއްނޫން..

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454