30 ޖުލައި 2020 - 10:04
އެމެރިކާގެ މަޝްހޫރު ފާސްޓްފުޑް ޗެއިން ކާއެފްސީން ކުކުޅު މަސްގަނޑެއް ސިފަވާ ގޮތަށް ނެރުނު ފައިވާން ވިއްކަން ފެށިތާ ކުޑަ އިރުކޮޅެއްގެ ތެރޭގައި ހުސްވެއްޖެ އެވެ.
އަންގާރަ ދުވަހު ނެރުނު "ކެންޓަކީ ފްރައިޑް ޗިކެން (ކޭއެފްސީ) ކްރޮކްސް" ވިކި ހުސްވީ ވިއްކަން ފެށިތާ ބައިގަޑިއެއްހާ އިރުގެ ތެރޭގައި ކަމަށް ކޭއެފްސީން ބުންޏެވެ. ލިމިޓެޑް އެޑިޝަނެއްގެ ގޮތުގައި ނެރުނު ރަބަރު ފައިވާނުގައި ކުކުޅު މަހުގެ ވަސް ދުވާ ދެ ފައި ވެސް ހިމެނެ އެވެ.
މި އުފެއްދުން ކޭއެފްސީން ގެނެސްދިނީ ކްރޮކްސް ޝޫޒްއާ ގުޅިގެންނެވެ. މީގެ ބޭނުމަކީ ކޭއެފްސީ ފައުންޑޭޝަނުގެ ދަށުން ކުރިއަށް ގެންދާ އެޑިއުކޭޝަނަލް ގްރާންޓް ޕްރޮގްރާމަށް އެހީވުމެވެ. އެގޮތުން ކެންޓަކީ ފްރައިޑް ޗިކެން (ކޭއެފްސީ) ކްރޮކްސް" ގެ ކޮންމެ ފައިވާނަކުން ތިން ޑޮލަރު ފައުންޑޭޝަނަށް ހަދިޔާކުރަން ވަނީ ނިންމައިފަ އެވެ.
ބައެއް މީހުން ސޯޝަލް މީޑިއާގައި ބުނެފައިވާ ގޮތުގައި ފައިވާން ގަތް ބައެއް މީހުން މިހާރު ވަނީ އެ އެއްޗެހި ބޮޑު އަގުގައި ވިއްކަން އިއުލާންކޮށްފަ އެވެ. އެގޮތުން އީބޭގައި 500 ޑޮލަރަށް ވިއްކަން އިއުލާންކޮށްފައި ހުރި ކަމަށް ވެސް ބުނެފައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މޮޔަ ވެސް
30 July 2020
ބޯ މަހަޖެހޭ ކަމަށް އަހަރެމެން ހީވާ މީހުންގެ ބޯ ހަމަ ޖެހޭ ބާއެވެ.
ހަޖަމްނިސާ
30 July 2020
ވިޔަފާރިޔަކީ ވަރަށް ތަފާތުކަމެއް . އެކި މީހުން ބޭނުންކުރާނީ އެކި އުކުޅު.
މާކެޓިންގް ޕަބްލިސިޓީ ސްޓަންޓް
30 July 2020
ނިސްބަތުން ކުޑަ ހަރަދެއްކޮށް ދުނިޔޭގެ އެތައް ގައުމެއްގެ މީޑިޔާއަށް އަރާ އެތައް މިލިޔަން ބަޔަކަށް ކޭއެފްސީ އިސްތިހާރު ކުރެވުނީމަ އެއީ ވަރަށް ކާމިޔާބު މާކެޓިންގް ސްޓަންޓެއް.
ބަސް
30 July 2020
ވިޔަފާރިވެރިން އެމީހުންގެ ފައިދާއަށް ކުރާކަންތައް. ދެން މިވާގޮތަކީ އެމެރިކާ މީހުން ކުރާ ކޮންމެކަމެއް ރީތިވާ މީހުންވެސް ގިނައީ. އެމީހުން ކޮޕީކުރަމުންގޮސް އަހަރުމެން މިވަނީ ވީހިސާބެއް ނޭގޭ ހިސާބަކަށް ގޮސްފައި.
ައަފުރާސިޔާބު
30 July 2020
މިރާއްޖޭގައި ތިޔަ އެތި އެއަށްވުރެ އަވަހަށް ވިއްކޭނެ. ހެރީޕޮޓަރ ހޯދަންވެސް ރޭގަނޑު ހޭލައި ތިބެގެންވެސް އަގުބޮޑުކޮށް ހޯދިއިރު ހީވަނީ ރަންގަނޑެއް ހޯދަން އުޅުނުހެން.