މައިކްރޮސޮފްޓް އިންޓަނެޓް އެކްސްޕްލޯރާ އަށް އަލްވަދާއު ކިޔަނީ

މައިކްރޮސޮފްޓުން އިންޓަނެޓް އެކްސްޕްލޯރާ ހުއްޓާލަނީ އެވެ. އެ ކުންފުނިން ބުނި ގޮތުގައި، ކުރި އަށް އޮތް އަހަރެއްހާ ދުވަހުގެ ތެރޭގައި، އިންޓަނެޓް އެކްސްޕްލޯރާ މުޅިން ދޫކޮށްލާނެ އެވެ. އެ އަށް ފަހު، 2015 ގައި ނެރުނު "އެޖް ބްރައުޒާ" ވެސް ދޫކޮށްލާނެ އެވެ. މިއީ ވިންޑޯޒް 10 ގައި މިހާރު ބޭނުންކުރާ އެޖް ބްރައުޒާއެއް ނޫނެވެ.


އިންޓަނެޓް އެކްސްޕްލޯރާ ދޫކޮށްލުމުން މައިކްރޮސޮފްޓް ވެބް އެޕްލިކޭޝަންތަކަށް އަންނާނެ ބަދަލުތައް ކިޔައިދެމުން އެ ކުންފުނިން ބުނީ، ތަފާތަކަށް ވާނީ އިންޓަނެޓް އެކްސްޕްލޯރާ 11 ގައި ނުވަތަ އިންޓަނެޓް އެކްސްޕްލޯރާގެ އެއްވެސް އަދަދެއްގައި، މައިކްރޮސޮފްޓް ވެބް އެޕްލިކޭޝަންތައް ބޭނުން ނުކުރެވުން ކަމަށެވެ. އޭގެ ތެރޭގައި މައިކްރޮސޮފްޓް 365 އެޕްތައް ވެސް ހިމެނޭ ކަމަށް އެ ކުންފުނިން ބުނެ އެވެ.

މައިކްރޮސޮފްޓުން ބުނީ، އިންޓަނެޓް އެކްސްޕްލޯރާ ކޮންމެވެސް ވަރަކަށް ބޭނުންކުރެވެނުނު ނަމަވެސް، ވެބް އެޕްލިކޭޝަންތައް ބޭނުންކުރުން ފަސޭހަ ނުވާނެ ކަމަށެވެ. ވެބް އެޕްލިކޭޝަންތަކުން ލިބޭނެ ކަމަށް އިސްތިހާރުކުރާ ހުރިހާ ފަަސޭހައެއް، އެޖް ބްރައުޒާ އަށް ޚާއްސަކުރެވޭނޭ ކަމަށް މައިކްރޮސޮފްޓުން ބުނެ އެވެ.

ވިންޑޯޒް 10 އާ އެކު އެޖް ބްރައުޒާ އަޕްޑޭޓްކުރަމުން ދާނެ ކަމަށް ވެސް މައިކްރޮސޮފްޓުން ބުންޏެވެ. އިންޓަނެޓް އެކްސްޕްލޯރާ އަދި އެޖް ބްރައުޒާގެ މުސްކުޅި އަދަދުތަކަށް އެއްވެސް ކުރިއެރުމެއް ދެން ނުގެންނާނެ ކަމަށާއި އެކަމަކު، މާޗް 9، 2021 އާ ހިސާބަށް އެޖްގެ ގަދީމީ އަދަދު ބޭނުންކުވޭނެ ކަމަށް ވެސް ބުންޏެވެ. އެ އަށް ފަހު މުސްކުޅި ބްރައުޒާތަކަށް ތާއަބަދަށް އަލްވަދާއުކިޔާނެ އެވެ.