27 ނޮވެމްބަރ 2020 - 09:53
އިނގިރޭސިވިލާތުގައި އުކާލާ އީ-ވޭސްޓް ނުވަތަ ކަރަންޓް ސާމާނުގެ ކުނިބުނި އިތުރުވަމުން ދިއުމުގެ ޒިންމާ ނަގަން ޖެހޭނީ އެމެޒޯން އާއި އެޕަލް އިން ކަމަށާއި އެ ކުންފުނިންތަކުން ތިމާވެއްޓާ މެދު އަދާކުރަން ޖެހޭ ޒިންމާތަކަށް އިހުމާލުވަމުންދާ ކަމަށް އިނގިރޭސިވިލާތުގެ ގާނޫނު ހަދާ މަޖިލީހުން ބުނެފި އެވެ.
އީ-ވޭސްޓް އިތުރުވާ މައްސަލާގައި ހައުސް އޮފް ކޮމަންސްގެ އެންވަޔަރަމަންޓް އޮޑިޓް ކޮމެޓީ (އީއޭސީ) އިން ކުރިއަށް ގެންދިޔަ އިންކްއަރީއަކަށް ފަހު، އެކުލަވާލައި ބުރާސްފަތި ދުވަހު އާންމުކުރި ރިޕޯޓްގައި ބުނެފައިވާ ގޮތުގައި ކުނީގެ މައްސަލަ ހައްލުކުރަން ޓެކް ކުންފުނިތައް މިހާރަށް ވުރެ ބޮޑަށް ޖަވާބުދާރީ ކުރުވައި އެފަދަ ކުންފުނިތައް ޒިންމާދާރުކުރުވަން ޖެހެ އެވެ.
"މިހާތަނަށް އަހަރެމެންނަށް ފާހަގަކުރެވުނީ ދިގު މުއްދަތަކަށް އެޕަލް އާއި އެމެޒޯނުން އެ މީހުން ނަގަން ޖެހޭ ތިމާވެށީގެ ޒިންމާތައް ބަރާބަރަށް ނުނަގައި ވިޔަފާރި ފުޅާކުރަން މަސައްކަތްކުރާކަން،" އީއޭސީގެ ޗެއާ ޕިލިޕް ޑޫން ވިދާޅުވި އެވެ. "މިއީ އަޅާނުލައި ތިބެވޭ ވަރަށް ވުރެ ބޮޑު މައްސަލައެއް."
#Electronicwaste is the world’s fastest growing waste stream. What can the UK do to help?
— Environmental Audit Committee (@CommonsEAC) November 26, 2020
📟 We publish our report on #EWaste and the Circular Economy today, read the interactive summary 👇🏽 #EACewaste
އޭނާ ވިދާޅުވި ގޮތުގައި އެޕަލް އާއި އެމެޒޯން ފަދަ ކުންފުނިތަކުގެ ވިޔަފާރި ބައްޓަންކޮށްފައި ވަނީ ވެސް އީ-ވޭސްޓް އިތުރުވާ ގޮތަށެވެ. އެގޮތުން އެ ތަންތަނުން ވިއްކާ އެއްޗެހި ހުންނަނީ އަވަސް އަވަހަށް ބަދަލުކުރަން ޖެހޭ ފެންފަރަށް ތައްޔާރުކޮށްފައި ކަމަށާއި މީގެ ސަބަބުން ތަކެތި އުކާލައި އަނެއްކާ ވެސް އާ އެއްޗެހި ގަންނަން މަޖުބޫރުވާ ކަމަށް ފިލިޕް ވިދާޅުވި އެވެ.
"މިކަން މިހެން އޮވެގެން އީ-ވޭސްޓް އިނގިރޭސިވިލާތުން މަދެއް ނުކުރެވޭނެ. މި މައްސަލާގައި އެބަޖެހޭ ޓެކް ކުންފުނިތައް މިހާރަށް ވުރެ ބޮޑަށް ޖަވާބުދާރީކޮށް، އެ މީހުންގެ ނަގަން ޖެހޭ ޒިންމާތައް ނަގާކަން ކަށަވަރުކުރަން،" އޭނާ ވިދާޅުވި އެވެ. "އަދި ތިމާވެށީގެ ހިމާޔަތަށް އެ ކުންފުނިތަކުން މަސައްކަތް ނުކުރާ ނަމަ އިނގިރޭސިވިލާތުގައި ވިޔަފާރިކުރުމުގައި އެބަޖެހޭ ހުރަސްތަކެއް ކުރިމަތިކުރުވަން."
"The UK contributes too much to the E-waste problem. We need to stop making electronics that don’t last and can’t be repaired." - @GreenAllianceUK
— Environmental Audit Committee (@CommonsEAC) November 26, 2020
🕹 Our report on #EWaste and the Circular Economy is out now 👉🏼https://t.co/NIKM4eiaQw | #EACewaste 📠 pic.twitter.com/upoqTqf4pS
ޔޫރަޕްގެ އެންމެ ކުރިއަރާފައިވާ އެއް ގައުމު ކަމަށްވާ އިނގިރޭސިވިލާތަކީ މި ވަގުތު ދުނިޔޭގައި އީ-ވޭސްޓް ދެވަނަ އަށް އެންމެ ގިނައިން އުފައްދާ ގައުމު ކަމަށް ދާދި ފަހުން ނެރުނު ގްރީން އެލަޔަންސް ރިޕޯޓްގައި ވެސް ބުންޏެވެ. އެ ގައުމުން އަހަރަކު 150،000 ޓަނަށް ވުރެ ގިނަ އީ-ވޭސްޓް އުފައްދަ އެވެ. އޭގެ ތެރޭގައި ކޮމްޕިއުޓަރާއި ސްމާޓްފޯނާއި އެ ނޫން ވެސް އެކި ބާވަތްތަކުގެ ކަރަންޓް ސާމާނު ހިމެނެ އެވެ. އަދި މި އެއްޗެހި ފައިސާ އިން އަގުކުރާ ނަމަ އިނގިރޭސިވިލާތުން އަހަރަކު 47 އަށް ބިލިއަން ޕައުންޑް (62.5 ބިލިއަން ޑޮލަރު) ގެ އީ-ވޭސްޓް އުފައްދަ އެވެ.
Before lockdown our Chair @Dunne4Ludlow visited @VeoliaUK Bridgnorth where innovative robots dismantle old TVs. The tech industry and gov't should do more to make electronics last longer, and recover their rare materials.
— Environmental Audit Committee (@CommonsEAC) November 26, 2020
📱read the #EACewaste report at https://t.co/diUtk0zKWJ pic.twitter.com/giKgYjsSNj
މީގެ ތެރެއިން ބޮޑު ޕަސެންޓޭޖަށް ނައްތައިލަން ފޮނުވަނީ އެހެން ގައުމުތަކަށެވެ.
އީ-ވޭސްޓްގެ މައްސަލާގައި އީއޭސީ އިން ނެރުނު ރިޕޯޓާ ގުޅިގެން އެޕަލް އިން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.
"ސަބަބަކީ އަހަރެމެންގެ މަސައްކަތްކާއި އުފެއްދުންތައް މިހާރު ބައްޓަންކުރަނީ ކުނިބުނި މަދުވާ ގޮތަށް ބަލައިގެން ކަމަށްވާތީ. ރިސައިލްކުރުމަކީ އެޕަލް އިން ވަރަށް ބޮޑު އިސްކަމެއް އަބަދު ވެސް ދޭ ކަމެއް،" އޭނާ ވިދާޅުވި އެވެ. "އަހަރެމެންގެ އެންމެ މި ފަހުގެ އުފެއްދުންތަކަށް ބެލިޔަސް އެކަން ފާހަގަކުރެވޭނެ."އެމެޒޯނުން ބުނީ އެ ކުންފުނީގެ ވިޔަފާރި ވެސް ބައްޓަންވަމުން އަންނަނީ ކުނި މަދުކުރެވޭ ގޮތަށް ކަމަށެވެ. އެގޮތުން ކަސްޓަމަރުން ވިޔަފާރި ކުރުމުގައި އެމެޒޯންގެ ސެކަންޑް ޗާންސް ވެބްސައިޓަކީ ކުނި މަދުކުރަން އިސްކަން ދީގެން ވިޔަފާރިކުރަން ހިތްވަރުދޭ ގޮތަށް ހިންގާ ޕްލެޓްފޯމެއް ކަމަށް ބުންޏެވެ.
"ހަމައެއާ އެކު އަހަރެމެންނަކީ ރިޔޫޒްކުރުމާއި ރިޕެއާކުރުމާއި ރިސައިލްކުރުމަށް ހިތްވަރުދޭ ބައެއް. އަހަރެމެންގެ ޕްލެޓްފޯމްތަކުން ކަސްޓަމަރުންންނަށް މިފަދަ އެތައް އޮޕްޝަނެއް ހުންނާނެ." އެމެޒޯނުން ބުންޏެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސަލީމު އިދުރީސް
27 November 2020
ކޮބައެއްތޯ ތިމާވެއްޓާ ރައްޓެހިކޮއް ވިއަފާރިކުރަނީ؟ އަގަނޑު މިއާންމުކޮއް އެމެޒޯންނު އެޗެތި ގަންނަފަރާތެއް ކުރިން ކުޑައެއްޗެެއްގަތަސް ބޮޑު ފޮށިގަނޑައްލާފަފޮނުވަނީ އެކަމަކު މީހާރު އެއްގޮތް ބަދަލޫވޭއެބަ!އަބަދު ބޮޑުކުފުންޏަކުން އެއްޗެތިގަނެ އެކަކު މުސްހަދި ކޫރާހިއް ނުވިއަސް އެކުންފުނީގެއުސޫތައް ކަސްޓަމަރުނައް ފަސޭހަ! އޯޑަރުކުރާ ގިނައެއްޗެތި 24ގަޑިއިރު ނުވަނީސްލިބޭ ގިނަވެގެން ނަގަނީތިންދުވަސް!އެޗެއްހަލާކުވެފަ އޮތަސް އެހާފަސޭހަ ކާމާއެކު އަނެއްއެތި ލިބޭ